ކުޅުދުއްފުށީގައި އެޅި 165 ހައުސިން ޔުނިޓް ހަވާލުކޮށްފި، 400 ހައުސިން ޔުނިޓް އަޅަން އަންނަ އަހަރު ފަށަނީ
ކުޅުދުއްފުށި ސިޓީގައި ސަރުކާރުން އިމާރާތް ކުރި 165 ހައުސިން ޔުނިޓްތައް ލިބުނު ފަރާތްތަކާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ. އެ ހައުސިން ޔުނިޓްތައް ރަސްމީކޮށް ހަވާލުކުރީ އެކަމަށްޓަކައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގެ ބަންޑާރަ ހިޔާ ސަރަހައްދުގައި ކުރިއަށް ދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ހައުސިން ޔުނިޓް ތައް ހަވާލުކޮށް ދެއްވާފައި ވަނީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ދެ...