އުރީދޫ މޯލްޑިވްސްގެ ފަރާތުން ރާއްޖޭގެ އުތުރަށް އަމާޒުކޮށްގެން އެސްއެމްބީގެ ނަމުގައި ފޯރަމެއް ރޭ ކުޅުދުއްފުށީގައި ބާއްވައިފިއެވެ.

މި ފޯރަމްގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވަނީ އުރީދޫ މޯލްޑިވްސްގެ އެސްއެމްބީ ވެބްސައިޓް އިފްތިތާޙް ކޮށްދެއްވާފައެވެ. މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ އާއި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

އެސްއެމްބީ ފޯރަމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް، ބަވަނަވަމުންދާ ދުނިޔޭގެ ބާޒާރަށް އަހުލުވެރިކޮށް، އެކަމަށް ހުރި މަގުތައް ވިޔަފާރިވެރިންނަށް އޮޅުންފިލުވައިދީ އުރީދޫ މޯލްޑިވްސްއާ ގުޅިގެން އެފަދަ ވިޔަފާރިތައް ފުޅާކުރެވޭނެ ގޮތްތަކަށް ވިޔަފާރިވެރިން އަހުލުވެރި ކޮށްދިނުމުގެ މަގުސަދުގައި ބޭއްވި ފޯރަމެކެވެ.

މިފޯރަމްގައި ކުޅުދުއްފުށީގެ އެކި ދާއިރާތަކުގެ ވިޔަފާރިވެރިން ބައިވެރިވިއެވެ.

އުރީދޫ އިން އަންނަނީ އެ ކުންފުނީގެ އީކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް ވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.