ކުޅުދުއްފުށި ސިޓީގައި ތަރައްގީކުރާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް އަންނައަހަރު ފަށަން ނިންމައިފި

ހައުސިން ޔުނިޓްތައް ހަވާލުކުރުމަށް ކުޅުދުއްފުށީ ސިޓީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް
ހައުސިން ޔުނިޓްތައް ހަވާލުކުރުމަށް ކުޅުދުއްފުށީ ސިޓީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް

  • 400 ހައުސިންގ ޔުނިޓުގެ މަސައްކަތް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފަށާނެ
  • ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް އެންމެ ބޮޑު އެއްމައްސަލައަކަށް ދިމާވެފައިވަނީ ބޯހިޔަވަހިކަމުގެ މައްސަލަ
  • މަސައްކަތް ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ

ކުޅުދުއްފުށި ސިޓީގައި ސަރުކާރުން އިމާރާތް ކުރި 165 ހައުސިން ޔުނިޓްތައް ލިބުނު ފަރާތްތަކާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ.

އެ ހައުސިން ޔުނިޓްތައް ރަސްމީކޮށް ހަވާލުކުރީ އެކަމަށްޓަކައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގެ ބަންޑާރަ ހިޔާ ސަރަހައްދުގައި ކުރިއަށް ދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ހައުސިން ޔުނިޓް ތައް ހަވާލުކޮށް ދެއްވާފައި ވަނީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ދެއްކެވި ވާހަކާގައި ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ރާއްޖޭގެ އެހެން ސަރަޙައްދުތަކެކޭ ވެސް އެއްފަދައިން ކުޅުދުއްފުށީ ގައި ވެސް ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އެގޮތުން އެ ސިޓީގައި ތަރައްގީކުރަން ހަމަޖެހިފައިވާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފަށްޓަވާނެކަމަށް ވިދާޅުވި އެވެ.

މަސައްކަތް ހަވާލުކޮށްފައިވާ 400 ޔުނިޓުގެ ޑިޒައިން މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ޑިޒައިން ނިންމާ އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް އެންމެ ބޮޑު އެއްމައްސަލައަކަށް ދިމާވެފައިވަނީ ބޯހިޔަވަހިކަމުގެ މައްސަލަ ކަމަށާއި ކުޅުދުއްފުށި ސިޓީގައި މިވަގުތު ވެސް 1200 އަށްވުރެ ގިނަ މީހުން ބޯހިޔާވަހިކަމަށް ބޭނުންވެފައި އެބަތިބިކަން ވަނީ ފާހަގަކުރައްވާފަ އެވެ.

ޑިޒައިން އެންޑް ބިލް އުސޫލުން ކުޅުދުއްފުށީގައި ތަރައްގީކުރުމަށް މިސަރުކާރުން ޢިއުލާންކުރި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި