އަށް ޓީމާއިއެކު ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފެށުން އޮގަސްޓް 5 ވަނަ ދުވަހު
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024” ފުޓްބޯޅަ މުބާރާތް އަންނަ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ. މި އަހަރުގެ މުބާރާތުގައި އަށް ޓީމެއް ވާދަކުރެއެވެ. އެ ޓީމްތަކުގެ ތެރޭގައި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި، އެންމެ ފަހުގެ ރަނަރަޕް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ހިމެނެއެވެ. މީގެއިތުރުން ކުޅުދުއްފުށީ ކްލަބް ކޮރަލްސްއާއި ކުޅުދުއްފުށީގައި ހިންގާ މާއްޓޭ އެކަޑަމީގެ ޓީމެއް ހިމެނެއެވެ. [...