ކުޅުދުއްފުށި ސިޓީގެ ކޮމިއުނިޓީ ސެންޓަރުގެ ހަތަރު ތަނަކަށް ގެއްލުންދެމުންދާތީ އެފަދަ ކަންކަން ނުކުރުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
ސިޓީ ކައުންސިލުން މި އިލްތިމާސްކޮށްފައި ވަނީ އެ ކައުންސިލްގެ ރަސްމީ ފޭސް ބުކް ޕޭޖު އަދި އެކްސް ހޭންޑްލްގައި ކޮށްފައިވާ ޕޯސްޓެއް މެދުވެރިކޮށެވެ.
އެ ޕޯސްޓްގައި ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ކުޅުދުއްފުށި ކޮމިއުނިޓީ ސެންޓަރުގައި ޤާއިމް ކުރެވިފައިވާ ޕޫލް ރޫމް، ޓޭބަލް ޓެނިސް ރޫމް، ޖިމް އަދި ބެޑްމިންޓަން ކޯޓަށް ބައެއްފަރާތްތަކުން ގަސްތުގައި ގެއްލުންދެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
އެހެންކަމުން މިފަދަ ޢަމަލުތައް އެއްވެސް ފަރާތަކުން ނުކުރުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
ސިޓީ ކައުންސިލުން ވަނީ އެތަންތަނަށް ގެއްލުންދީފައިވާ ތަން ފެންނަ ފޮޓޯތަކެއް ވެސް އާންމުކޮށްފައެވެ.
ކުޅުދުއްފުށީ ސިޓީއަކީ ތަފާތު ގިނަ ކުޅިވަރުތައް ފުޅާދާއިރާއެއްގައި ކުޅޭ، ކުޅިވަރަށް ވަރަށް ލޯބިކުރާ ހުނަރުވެރި ޒުވާނުންތަކެއް ދިރިއުޅޭ ސިޓީ އެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!