ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގެ ނޮލެޖް ސެންޓަރާއި ޕަބްލިކް ލައިބްރަރީގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އެ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.

މި ދެ ލޯގޯ ފަރުމާ ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި އެ ސިޓީގެ ނޮލެޖް ސެންޓަރާއި ޕަބްލިކް ލައިބްރަރީގެ މަސައްކަތްތައް ރަމްޒުކޮށްދިނުމާއި، އެ ސިޓީގެ ތާރީހާއި ސަގާފަތާއި އާދަކާދައާއި މަސައްކަތްތެރިކަމާއި ހުނަރު ރަމްޒުކޮށްދިނުން ހިމެނެއެވެ.

Ad
rt

މި ދެ ގެ ލޯގޯ ފަރުމާކުރުމަށް ރާއްޖޭގެ ޑިޒައިނަރުންނަށާއި ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށާއި ސްޓޫޑިއޯތަކަށް ހުޅުވާލާފައިވާއިރު، ހުށަހަޅާ ލޯގޯތައް އިވަލުއޭޓް ކުރުމަށް ފަހު އެއްވަނައަށް ދާ ލޯގޯ ފަރުމާކުރި ފަރާތައް އިނާމެއްގެ ގޮތުގައި 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ ބައިވެރިއަކަށް ވެސް ހުށައެޅީނީ ގިނަވެގެން ހުށަހެޅޭނީ ދެ ލޯގޯއެވެ. އެއީ ނޮލެޖް ސެންޓަރަށް ލޯގޯއަކާއި ޕަބްލިކް ލައިބްރަރީއަށް ލޯގޯއެކެވެ. ފަރުމާކުރާ ލޯގީ

ފަރުމާކޮށްފައިވާ ލޯގީ އަންނަ ޖޫން މަހުގެ 2 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުމަށް އެ ސިޓީ ކައުންސިލުން އެދެއެވެ.