ކޯވިޑް ބަލީގެ އިތުރު ދެމަރު، މިފަހަރު އޭދަފުށިންނާއި މާފުށިން!

Eydhafushi

ރާއްޖެއިން ކޯވިޑް-19 ބަލީގައި އިތުރު ދެމީހަކު ނިޔާވެއްޖެ އެވެ.

މިފަހަރު މީހުން ނިޔާވީ ދެ ރަށަކުން ނެވެ. އެއީ ބ. އޭދަފުށިންނާއި ކ. މާފުށިންނެވެ.

ބ. އޭދަފުށިން ނިޔާވީ މިއަދު ހެނދުނު އޭދަފުށީ ހޮސްޕިޓަލަށް ގެންދެވުނު އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ ހެނދުނު 8:30 ގައެވެ. އެއީ ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި 86 ވަނަ މީހާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމިހާ ހޮސްޕިޓަލަށް ގެނދިޔައިރުވެސް ވަނީ ނިޔާވެފަ އެވެ. އޭނާ ޓެސްޓްކުރި އިރު ކޮވިޑަށް ޕޮޒިޓިވް ވީއެވެ.

ކޯވިޑް ބަލި ޖެހިގެން ކ. މާފުށިން ނިޔާވީ 74 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއްވައެވެ. އޭނާ ނިޔާވީ ހެނދުނު 9:45 ގައެވެ.

މިއީ މިއަދު ރާއްޖެއިން ކޯވިޑު ބަލިގައި ނިޔާވި 3 ވަނަ މީހާ އެވެ. އަދި ރާއްޖެއިން ނިޔާވި 87 ވަނަ މީހާ އެވެ.

މިއަދު ފުރަތަމަ މީހަކު ނިޔާވީ މާލޭ ސިޓީންނެވެ. އެއީ އަޖީއެމްއެޗްގެ އީއާރުގައި ފަރުވާ ދެމުންދިޔަ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވީ ފަތިހު 4 ޖަހާއިރު އެވެ.

ރާއްޖޭގައި ކޯވިޑް ބަލީގައި ފުލުފުލުގައި މީހުން ނިޔާވަމުންދާއިރު، ޕޮޒިޓިވް ރޭޓް ހުރީ ވަރަށް މަތީގައެވެ. އިއްޔެ ވެސް 1091 މީހަކު މި ބަށްޔަށް ޕޮޒިޓިވްވެފަ ވެއެވެ. އެއީ  މާލޭ ސަރަހައްދުން ބަލި ޖެހުނު 933 މީހުންނާއި، އަތޮޅުތަކުގެ ތެރެއިން ޕޮޒިޓިވްވި 147 މީހުންނެވެ. ރިސޯޓްތަކުން 6 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ރާއްޖޭގައި މީހުންނަށް ރެޔާ ހަމައށް މިބަލިޖެހިފަވާއިރު 250 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

ޕޮޒިޓިވް ރޭޓް އަތްނުފޯރާ ހަމައަށް ގޮސްފައިވާއިރު، ހޮސްޕިޓަލްތައް ފުރި ސިއްހީ ނިޒާމަށް ނުކުތާވަރުވެއްޖެ ނަމަ މިބަލީގައި އެތައް ފުރާނައެއް ގެއްލުމުގެ ފުރުޞަތު ބޮޑުވެގެން ދާނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި