މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރިޔާސީ އިންތިޚާބު

256 Stories filed
މުއިއްޒުގެ ވެރިކަމެއްގައި ޔާމީނަށް ތާއީދުކުރާ އެންމެން ބާކީވާނެ: ބޮންޑެ
Raajje

މުއިއްޒުގެ ވެރިކަމެއްގައި ޔާމީނަށް ތާއީދުކުރާ އެންމެން ބާކީވާނެ: ބޮންޑެ

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ އެންމެން ބާކީވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބޮންޑެ ވިދާޅުވީ ދަ ޑިމޮކްރެޓްސް އިން ބޭނުން ވަނީ ރާއްޖޭގެ ރައްޔިތުންނަށް ކުރިމަގުގައި ވެރިކަން ކުރެވޭނެ ގޮތެއް ކަމަށެވެ. އަދި ޑިމޮކްރެޓްސް އިން ބޭނުން ވަނީ ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ނ...

ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމަން ދިޔަ ހަރަދު ދޭނަން: މުއިއްޒު
Raajje

ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމަން ދިޔަ ހަރަދު ދޭނަން: މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ފިނިޝިން ނިންމަން ރައްޔިތުން ކުރި ހަރަދު އޭނާގެ ވެރިކަމެއްގައި ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ހުޅުމާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން އެ އަވަށުގައި ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ފިނިޝިން ނުނިންމާ މި ސަރުކާރުން ހަވާލު ކުރުމުން އާއްމުން ދަރަނިވެރިވެ، ވަރަށް ބޮޑު ތަކުލީފެއް ޖެހުނު ކަމަށާއި އޭނާގެ ވެރި...

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުން ފަސްކޮށްފި
Raajje

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުން ފަސްކޮށްފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމާނެ ގޮތަކާ މެދުގައި މަޝްވަރާ ކުރަން މިއަދަށް ތާވަލް ކުރި ކައުންސިލް ބައްދަލުވުން ފަސްކޮށްފިއެވެ. “ތިލަދުން” އަށް އެނގިފައިވާ ގޮތުގައި ކައުންސިލް ބައްދަލުވުން ފަސް ކުރީ ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާތައް އަދިވެސް ނިމިފައި ނުވާތީއެވެ. ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ގާސިމްގެ އަރިހަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފާއި […...

ކޮންމެ ޕާޓީއަކާ ވެސް މަޝްވަރާ ކުރަން ޔާމީންގެ ރުހުން އެބައޮތް: އަދުރޭ
Raajje

ކޮންމެ ޕާޓީއަކާ ވެސް މަޝްވަރާ ކުރަން ޔާމީންގެ ރުހުން އެބައޮތް: އަދުރޭ

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް ހުރިހާ ޕާޓީތަކާ އެކު މަޝްވަރާ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރުހުން ލިބިފައިވާ ކަމަށް ޕްރޮގްރެސިވް ކޯލިޝަން ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އަދުރޭ ވިދާޅުވީ އެކުގައި މަސައްކަތްކުރަން ތިބި ކޮންމެ ޕާޓީއަކާއެކު ވެސް މަަސައްކަތްކުރ...

ޕީއެންސީގެ އިސްބޭފުޅުންގެ ވަފުދެއް ގާސިމާ ބައްދަލުކުރަން ވިލާ ޕާކަށް
Raajje

ޕީއެންސީގެ އިސްބޭފުޅުންގެ ވަފުދެއް ގާސިމާ ބައްދަލުކުރަން ވިލާ ޕާކަށް

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެގިނަ ވޯޓު ހޯއްދެވި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ވަފުދެއް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއެކު މަޝްވަރާ ބައްދަލުވުންތަކެއް ފަށައިފިއެވެ. މި ބައްދަލުވުމާއި ގުޅޭގޮތުން ޖޭޕީގެ މީޑިއާ ޓީމުން މިހައިތަނަށް އެއްޗެއް ވިދާޅުވެފައި ނުވިނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި މިއީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން ބާއްވާ މަޝްވަރާތަކެކެވެ. ގާސ...

އެމްއެންޕީ އިން ޕީއެންސީ އާއެކު ކޯލިޝަން ހަދައިފި
Raajje

އެމްއެންޕީ އިން ޕީއެންސީ އާއެކު ކޯލިޝަން ހަދައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ޕީއެންސީ އާއެކު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މީރުމާ މާލަމުގައި ކުރިއަށް ގެންދާ ރަސްމިއްޔާތެއްގައި ޕީޕީއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ. އެމްއެންޕީން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު، ނާޒިމާއި އަބްދުއްރަހީމް ވެސް ވިދާޅުވީ، އެއްބ...

ރިޔާސި އިންތިހާބު 2023: ވޯޓު ލާ ވަގުތު އިތުރުކޮށްފި
Raajje

ރިޔާސި އިންތިހާބު 2023: ވޯޓު ލާ ވަގުތު އިތުރުކޮށްފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ ވަގުތު އިތުރުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގރ ނައިބު ރައީސް އިސްލާމިލް ހަބީބު ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8 ން ހަވީރު 5 ޖެހުމާއި ހަމައަށް ކަމަށެވެ. މިގޮތަށް ނިންމީ ނިމިދިޔަ ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ނިސްބަތް އެހެން އިންތިހާބުތަކާއި އަޅާބަލާއިރު، މަދުވުމާއި އެކު ވީހާވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ހައްގު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. މީގެ […]

ސުވާލެއް ނެތް މިންވަރަށް އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
Raajje

ސުވާލެއް ނެތް މިންވަރަށް އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ދަ ޑިމޮކްރެޓްސް އުފައްދަވާ ވިދާޅުވިގޮތަށް ސުވާލެއް ނެތް މިންވަރަށް އެމްޑީޕީ ރޫޅާލެވިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ޑިމޮކްރެޓްސް އުފެދުނުތާ މަދު ދުވަސްތެރޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި ހޯދި ކާމިޔާބީއަކީ ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި ވާދަކުރި މަގުސަދާއި ހާސިލް ކުރަން ބޭނުންވި ކަންތައް ވެސް ހާސިލު […]

ދެވަނަ ބުރުގައި ނިންމާނެ ގޮތަކާ މެދު ޖޭޕީން މާދަމާ މަޝްވަރާ ކުރަނީ
Raajje

ދެވަނަ ބުރުގައި ނިންމާނެ ގޮތަކާ މެދު ޖޭޕީން މާދަމާ މަޝްވަރާ ކުރަނީ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމާނެ ގޮތަކާ މެދުގައި މާދަމާ އެ ޕާޓީގެ ކައުންސިލްގައި މަޝްވަރާ ކުރަން ހަމަޖެހިއްޖެއެވެ. “ތިލަދުން” އަށް އެނގިފައިވާ ގޮތުގައި، ޖޭޕީގެ ލީޑަޝިޕްގެ ބޭފުޅުން ގާސިމްއާ ވަނީ ބައްދަލު ކުރައްވައިފައެވެ. ސަން އައިލެންޑް ރިސޯޓުގައި ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ގާސިމް ވަނީ ވަކިވަކިން ލީޑަޝިޕްގެ ބޭފުޅުންނާ ބައްދަލު ކުރައްވައި ވިސްނުން ހުރި ގޮތް އޮޅުން ފިލުއްވައިފައެވެ. ބައެއް ބޭފުޅުން ދެވަނަ ބުރުގައި ތާއީދު ކުރައްވަނީ ރައީސް […]

މުއިއްޒުގެ ވައުދެއް: މާލެ ތެރޭގައި ބިން އުފައްދައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުން
Raajje

މުއިއްޒުގެ ވައުދެއް: މާލެ ތެރޭގައި ބިން އުފައްދައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުން

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، މާލޭގައި ހުރި ސަރުކާރުގެ ކުންފުނިތަކުގެ ބިންތައް އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކޮށް ހުސް ބިންތަކުގައި ކުޅިވަރު ފެސިލިޓީތައް ގާއިމުކުރައްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މާފަންނުގައި ހުރި ކަމްޕޭން ޖަގަހައެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާލެ އިން ޖާގަތައް އުފައްދައި ޒުވާނުންނަށްޓަކައި ކުޅިވަރު ފެސިލިޓީތައް ގާއިމު ކުރުމަކީ ކުރީގެ ރައީސް...

ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ޕާޓީއެއް ވަރަށް އަވަހަށް ނިންމާނަން: ޖޭޕީ
Raajje

ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ޕާޓީއެއް ވަރަށް އަވަހަށް ނިންމާނަން: ޖޭޕީ

މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކޯލިޝަން ހަދާނެ ސިޔާސީ ޕާޓީއެއް ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށް ފަހު، ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 5،000 އަށް ވުރެ ގިނަ ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ %2 ވޯޓެވެ. ރިޔާސީ […]

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފި
Raajje

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފި

މި ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ކުރައްވާފައިވާ ވަގުތީ ނަތީޖާގައިވާ ގޮތުން ފުރަތަމަ ބުރުގައި 101635 ވޯޓާއެކު ކުރީގައި އުޅުއްވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. ދެވަނައިގައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑަގެންފައިވަނީ 86161 ވޯޓެވެ. ދެން އެންމެގިނަ ވޯޓު ލިބ...

ކައުންސިލުގެ މަޝްވަރާއަށް ފަހު، ދެވަނަ ބުރުގައި ނިންމާގޮތެއް ވަރަށް އަވަހަށް އަންގާނަން: ޖޭޕީ
Raajje

ކައުންސިލުގެ މަޝްވަރާއަށް ފަހު، ދެވަނަ ބުރުގައި ނިންމާގޮތެއް ވަރަށް އަވަހަށް އަންގާނަން: ޖޭޕީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ދޭތެރޭ ގޮތެއް ނިންމާނީ ކައުންސިލުގެ މަޝްވަރާއަށް ފަހު ކަމަށާއި އެ ނިންމުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ނިމިގެންދިޔަ އިންތިހާބުގައި ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް، ގައުމުގެ އިސްލާހަށާއި ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެ ޕާޓީން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމަށެވެ. އަދި ގައުމުގެ ހަމަޖެހުމާއި ސަލާމަތަށް ކުރަންޖެހޭ ކޮންމެ ކަމއެއްގައި ވެސް ދެމިތި...

މުއިއްޒުގެ ކެމްޕެއިން ޓީމުން ދޮރުން ދޮރަށް ހަރަކާތް މިއަދު ފަށަނީ
Raajje

މުއިއްޒުގެ ކެމްޕެއިން ޓީމުން ދޮރުން ދޮރަށް ހަރަކާތް މިއަދު ފަށަނީ

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެގިނަ ވޯޓު ހޯއްދަވައިގެން އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވި ޕީއެންސީ، ޕީޕީއެމްގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޓީމުން ދޮރުން ދޮރަށް ހަރަކާތް މިއަދު ފެށުމަށް ނިންމައިފިއެވެ. އެ ކޯލިޝަނުން ބުނީ ދެވަނަ ބުރުގައި މުއިއްޒުއަށް ކާމިޔާބީ ހޯދައިދިނުމަށް ކެމްޕެއިން ޓީމާއި ސަޕޯޓަރުން ވަނީ އަތުކުރި އޮޅައިލާފައި ކަމަށެވެ. “އަޅުގަނޑުމެންގެ ޓީމުން މިވަނީ ކެމްޕެއިން އިތުރަށް ވަރުގަދަ ކުރުމަށް އަތުކުރި އޮޅާ...

ބައެއް ޕާޓީތަކުން ކޯލިޝަން ހަދަން ފެހި ސިގްނަލް އޮތީ ދީފައި: ރައީސް
Raajje

ބައެއް ޕާޓީތަކުން ކޯލިޝަން ހަދަން ފެހި ސިގްނަލް އޮތީ ދީފައި: ރައީސް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވި ސިޔާސީ ޕާޓީތަކާއި ކޯލިޝަން ހެއްދެވުމަށް މަޝްވަރާތައް ކުރައްވަމުން އަންނަ ކަމަށާއި ބައެއް ޕާޓީތަކުން ސަރުކާރާ އެކު ކޯލިޝަން ހެދުމަށް ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ. “ރާއްޖެ ޓީވީ” އަށް ދެއްވި އިންޓަވިއުގައި ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ހެއްދެވިފައިވާ ގޯސްތައް ދެނެގަނެ އެކަންކަން ރަނގަޅުކޮށްގެން ދެވަނަ ބުރާ ކުރިމަތިލުމުން ކާމި...