ދުވާފަރުން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ
ރ. ދުވާފަރު ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ދުވާފަރު ސިއްހީ މަރުކަޒުން ވިދާޅުވީ، މާލެއިން އެ ރަށަށް ދަތުރުކޮށް ހޯމް ކަރަންޓީނުގެ 10 ދުވަސް ފުރިހަމަ ކުރި 5 މީހެއްގެ ކަރަންޓީނުން ވީއްލުމުގެ ކުރިން ނަގަންޖެހޭ ސާމްޕަލް މި މިމަހުގެ 25 ވަނަ ދުވަހު ނެގިފައިވާ ކަމަށެވެ. އޭގެތެރެއިން އެކަކުގެ ނަތިޖާ ޕޮޒިޓިވް ކަމަށް އެ މަރުކަޒުން ވިދާޅުވިއެވެ. އެރަށުގައި ހޯމްކަރަންޓީނުގައި ތިބި ެމީހުން ހޯމްކަރަންޓީނުގެ އުސޫލާއެއްގޮތަށް އަމަލުކޮށްފައި ވުމުން އިތުރު މީހަކާބައްދަލުވެފައި [...