ރ. ދުވާފަރު ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ދުވާފަރު ސިއްހީ މަރުކަޒުން ވިދާޅުވީ، މާލެއިން އެ ރަށަށް ދަތުރުކޮށް ހޯމް ކަރަންޓީނުގެ 10 ދުވަސް ފުރިހަމަ ކުރި 5 މީހެއްގެ ކަރަންޓީނުން ވީއްލުމުގެ ކުރިން ނަގަންޖެހޭ ސާމްޕަލް މި މިމަހުގެ 25 ވަނަ ދުވަހު ނެގިފައިވާ ކަމަށެވެ. އޭގެތެރެއިން އެކަކުގެ ނަތިޖާ ޕޮޒިޓިވް ކަމަށް އެ މަރުކަޒުން ވިދާޅުވިއެވެ.

Ad
rt

އެރަށުގައި ހޯމްކަރަންޓީނުގައި ތިބި ެމީހުން ހޯމްކަރަންޓީނުގެ އުސޫލާއެއްގޮތަށް އަމަލުކޮށްފައި ވުމުން އިތުރު މީހަކާބައްދަލުވެފައި ނުވާކަމަށް ވެސް އެ ސިއްހީ މަރުކަޒުން ވިދާޅުވިއެވެ.

ދުވާފަރު ސިއްހީ މަރުކަޒުން ވަނީ ހޯމްކަރަންޓީނުގައި ތިބޭ މީހުން އެޗްޕީއޭގެ ގައިޑްލައިނަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާއެއްގޮތަށް އަމަލުތައް ބަހައްޓައިދިނުމަށް އެދިފައެވެ.

މީގެކުރީން ވެސް އެ ރަށުން ވަނީ ޕޮޒިޓިވް ކޭސްތައް ފެނިފައެވެ. އެ އެންމެން ވެސް ވަނީ ބަލިން ރަނގަޅުވެފަ އެވެ.