މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރާއްޖޭގެ މޫސުން

359 Stories filed
''ފްލޯޓިން ބާ''އެއްގެ ގޮތުގައި މާފުށީ ބޭރުގައި އަޅާފައި އޮންނަ ސަފާރީ ފުނޑުފުނޑުވެއްޖެ
Raajje

''ފްލޯޓިން ބާ''އެއްގެ ގޮތުގައި މާފުށީ ބޭރުގައި އަޅާފައި އޮންނަ ސަފާރީ ފުނޑުފުނޑުވެއްޖެ

ފްލޯޓިން ބާއެއްގެ ގޮތުގައި ކ. މާފުށީ ބޭރުގައި އަޅާފައި އޮންނަ ސާފާރީ މިއަދުގެ ގަދަ ވިއްސާރާގައި އެރަށު ބަނދަރުގެ ބޭރު ތޮށިގަނޑާ ދިމާލުން ފަރުމައްޗަށް ލައްވެ ފުނޑުފުނޑުވެއްޖެއެވެ. މި ހާދިސާއާއި ގުޅޭގޮތުން ރަސްމީ ފަރާތްތަކުން އަދި އެއްޗެއް ނުބުނެއެވެ. ނަމަވެސް ދައުރުވަމުން އަންނަ ”އެމްވީ ކްރައިސިސްގެ” ވީޑިއޯއިން އެ ސަފާރީ އެރަށު ބަނދަރުގެ ބޭރު ތޮށިގަނޑާ ދިމާލުން ފަރުމައްޗަށް ލައްވާ މަންޒަރު ފެނެއެވެ. އަދި އެ އުޅަނދު ލައްވިތާ ކުޑަ ހިނދުކޮޅެއްތެރޭ ފުނޑުފުނޑުވަމުންދާ މަންޒަރު ފެނެއެވެ. ވީޑިއޯ އިން […...

ހއ.އަތޮޅުން ފެށިގެން އައްޑޫ އާއި ހަމައަށް މޫސުން ގޯސް
Raajje

ހއ.އަތޮޅުން ފެށިގެން އައްޑޫ އާއި ހަމައަށް މޫސުން ގޯސް

މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ރޭ ބުނެފައިވާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމީ ސަމާލުތައް މިއަދު ވަނީ ނެރެފައެވެ. މިގޮތުން ހއ. އަތޮޅުން ފެށިގެން މ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މިވަގުތު އޮތީ ރީނދޫ ސަމާލު ނެރެފައެވެ. މީގެ އިތުރުން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ ހިމެނޭ ސަރަހައްދުތަކަށް އޮތީ ހުދު ސަމާލު ނެރެފައެވެ. ފަހުން މެޓް އޮފީހުން ވަނީ […]

ހުކުރު ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ: މެޓް
Raajje

ހުކުރު ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ: މެޓް

ހުކުރު ދުވަހު (މާދަމާ) ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނެފިއެވެ. މެޓް އޮފީހުން މިއަދު ނެރުނު ސަމާލުގެ މެސެޖެއްގައި ބުނެފައި ވަނީ ހުޅަނގު މޫސުމާއި ގުޅިގެން ރާއްޖޭގެ އުތުރާއި ދެކުނުގައި ލޯޕްރެޝަރ ޓަރަފްއެއް އުފެދިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުން އަންނަކަމަށް މެޓުން ބުނެއެވެ. އެހެންވެ، ކުރިއަށް އޮތް ހުކުރު ދުވަހު، 31 […]

އުތުރާއި މެދުރާއްޖެތެރެއަށް ރީންދޫ ސަމާލު
Raajje

އުތުރާއި މެދުރާއްޖެތެރެއަށް ރީންދޫ ސަމާލު

ރާއްޖޭގެ މޫސުން ގޯސްވެ، އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ރީންދޫ ސަމާލު ނެރެފިއެވެ. މި އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށެވެ. މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި އެލާޓް ނެރެފައިވަނީ މިރޭ ދަންވަރު 00:15 އިން ފެށިގެން ފަތިހު 04:15 އާ ހަމައަށެވެ. މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި […]

މިރެޔާއި މާދަމާ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެ: މެޓް
Raajje

މިރެޔާއި މާދަމާ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެ: މެޓް

މިރެޔާއި މާދަމާ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވެ، މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނެފިއެވެ. މެޓް އޮފީހުން މިއަދު ނެރުނު ސަމާލުގެ މެސެޖެއްގައި ވަނީ ވޭތުވި 24 ގަޑިއިރު އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކުގެ ބޮޑު ބަޔަކަށް ގަދަ ވިއްސާރަކުރިކަން ފާހަގަކޮށްފައެވެ. މި ވިއްސާރާގައި އެންމެ ގިނައިން ވާރޭ ވެހިފައިވާކަމަށް ރެކޯޑް ކުރެވައި ވަނީ އއ.ތޮއްޑޫ އަށް ކަމަށް މެޓުން ބުންޏެވެ....

ކުރިއަށް އޮތް ފަސް ދުވަހު ބޮޑު ބަޔަކަށް ވައިގަދަވެ ވިއްސާރަވާނެ: މެޓް
Raajje

ކުރިއަށް އޮތް ފަސް ދުވަހު ބޮޑު ބަޔަކަށް ވައިގަދަވެ ވިއްސާރަވާނެ: މެޓް

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިރޭ އިލްތިމާސްކޮށްފިއެވެ. މެޓް އޮފީހުން މިރޭ ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައި ވަނީ ކުރިއަށް އޮތް ފަސް ދުވަހު (މިމަހުގެ 9 އިން 13އަށް) ރާއްޖޭގެ އެކި ހިސާބުތަކަށް އާންމުގޮތެއްގައި ވައިބާރުވެ، ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި […]

ޖޫން މަހުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ވާރޭވެހޭ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑު: މެޓް
Raajje

ޖޫން މަހުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ވާރޭވެހޭ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑު: މެޓް

މިއަހަރުގެ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭވެހޭ މިންވަރު އިތުރުވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ. މެޓް އޮފީހުން މިކަން ހާމަކުރީ ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ މޫސުން ލަފާކުރާ ގޮތުގެ ރިޕޯޓު އާންމުކުރަމުންނެވެ. މެޓް އޮފީހުން ބުނި ގޮތުގައި، އަންނަ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ އާންމުކޮށް މި ދުވަސްވަރު ވެހޭ […]

ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ހއ. އިން ފެށިގެން ބޮޑު ބަޔަކަށް ހުދު ސަމާލު
Raajje

ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ހއ. އިން ފެށިގެން ބޮޑު ބަޔަކަށް ހުދު ސަމާލު

ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ މެންދުރު 14:00 އިން ފެށިގެން މިރޭ 20:00 އާއި […]

ވިއްސާރަވެ ހޮނުއެޅުމުގެ ސަބަބުން ކަރަންޓު ކެނޑޭނަމަ ޑީ-ބޯޑު ޗެކްކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
Raajje

ވިއްސާރަވެ ހޮނުއެޅުމުގެ ސަބަބުން ކަރަންޓު ކެނޑޭނަމަ ޑީ-ބޯޑު ޗެކްކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

މާލެ ސަރަހައްދަށް މިރޭ ކުރަމުންދާ ގަދަ ވިއްސާރައިގައި ގުގުރައި ހޮނު އެޅުމުގެ ސަބަބުން، ބައެއް ގޭގޭގެ ކަރަންޓު ކެނޑެމުންދާތީ އެކަމަށް ސަމާލުވުމަށް މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތްދޭ ކުންފުނި، ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ. ސްޓެލްކޯއިން ބުނީ މިރޭ ކުރަމުންދާ ވިއްސާރައިގައި ގުގުރައި ހޮނު އެޅުމުގެ ސަބަބުން، ބައެއް ގޭގޭގެ އީ.އެލް.ސީ.ބީ ޓްރިޕްވެ ކަރަންޓު ކެނޑެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މިފަދަ ހާލަތެއް މެދުވެރިވެ ކަރަންޓު ހިނގައްޖެނަމަ، ގޭ ތެރޭގެ ނުވަތަ އެޕާޓްމަންޓުގެ...

14 އަތޮޅަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްފި
Raajje

14 އަތޮޅަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްފި

ހއ. އަތޮޅުން ފެށިގެން ދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށްލަފާކޮށް އެ ސަރަހައްދުތަކަށް މޫސުމީ ސަމާލުގެ ހުދު ސަމާލު މިއަދު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދު ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް މި ސަމާލު ނެރެފައި ވަނީ ހެނދުނު […]

ވައި ނުސާފުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރަނީ
Raajje

ވައި ނުސާފުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރަނީ

މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައި ނުސާފުވެ، ދުންފުނީގެ އަސަރު ކުރަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރަމުންދާ ކަމަށް ޚާރިޖީ ވުޒާރާއިން މިއަދު ބުނެފިއެވެ. ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ވައި ނުސާފުވުމުގެ ހާލަތަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށާއި، ގައުމުގެ އިގްތިސާދުގެ އިތުރުން ސިއްހ...

ނުރައްކާތެރި މިންވަރަށް ވައި ނުސާފު، ކުޅުދުއްފުއްޓާއި ވިލިނގިލި ހިމެނޭ ސަރަހައްދު ރެޑް އެލާޓްގައި
Thiladhunmathi News

ނުރައްކާތެރި މިންވަރަށް ވައި ނުސާފު، ކުޅުދުއްފުއްޓާއި ވިލިނގިލި ހިމެނޭ ސަރަހައްދު ރެޑް އެލާޓްގައި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވެސް ދުންފުނީގެ (Haze) އަސަރުކޮށް، ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަސްގެ ތަފާސް ހިސާބުތަކާ ހަވާލާދީ އެޗްޕީއޭ އިން ބުނީ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިކަމުގެ އަސަރު ކުރާނެ ކަމަށެވެ. ވައިގެ ކޮލިޓީ ހުރި މިންވަރު އެޗްޕީއޭ އިން އާންމުކުރި މައުލޫމާތަށް ބަލާއިރު، ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ...

ބޯކޮށް ވާރޭ ވެހުމާއެކު ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ނިމުތުކޮށްފި
Raajje

ބޯކޮށް ވާރޭ ވެހުމާއެކު ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ނިމުތުކޮށްފި

މިއަދު ވެސް ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ނިމުތުކޮށްފި އެވެ. މެޓް އޮފީހުން ނެރުނު އެލާޓްގައި ލަފާކޮށްފައިވާ ގޮތުގައި ޅ.އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ އެވެ. އަދި އެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އެލާޓްގައި ލަފާކޮށްފައިވެ އެވެ. މެޓުން ބުނީ، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް މިއަދު […]

ކުރިއަށް އޮތީ މޫސުންގޯސް ތިން ދުވަސް، ކަނޑު ދަތުރުކުރާއިރު ސަމާލުވުމަށް އިލްތިމާސް
Raajje

ކުރިއަށް އޮތީ މޫސުންގޯސް ތިން ދުވަސް، ކަނޑު ދަތުރުކުރާއިރު ސަމާލުވުމަށް އިލްތިމާސް

މުޅި ރާއްޖެއަށް ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު  ރާއްޖޭގެ އެކި ހިސާބުތަކަށް އާންމުގޮތެއްގައި ވައިބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ. މެޓް އޮފީހުން ވަނީ މި ތިންދުވަހު އެކި ހިސާބުތަކަށް ގުގުރައި، ބައެއް ރަށްތ...

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސް، އުތުރަށް ޔެލޯ އެލާޓް
Raajje

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސް، އުތުރަށް ޔެލޯ އެލާޓް

މޫސުން ގޯސްވުމާ ގުޅިގެން ރާއްޖޭގެ އުތުރުގެ ބައެއް ސަރަޙައްދުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ. މި އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މި ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 14:00 އާ ހަމައަށެވެ. މި ސަރަޙައްދުތަކުގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ. މެޓުން […]