ބ. ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން މިއަދު ފާހަގަކޮށްފިއެވެ.

ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން މިއަދު ފާހަގަކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރޭގައެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން އެރަށުން ގިރާފައިވާ ސަރަހައްދުގެ ވެލިގަނޑު އިއާދަކުރުމަށް ވެލި އަޅައި، 548 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ވަނީ ލާފައެވެ.

15.6 މިލިއަން ރުފިޔާގެ މި މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ އެމްޓީ ހޯގާޑާ ހަވާލުކޮށްގެންނެވެ. ސަރުކާރުން މި މަޝްރޫޢު އެމްޓީ ހޯގާޑާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ.

ރައީސްގެ ދަތުރުފުޅުގެ ތެރެއިން ކިހާދޫ ސްކޫލްގެ އެކްސްޓެންޝަން އިމާރާތުގެ މަޝްރޫޢުގައި ވެސް ވަނީ ސޮއިކޮށްފައެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެރަށުގައި ޤާއިމުކުރި އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް ވަނީ ފަށާފައެވެ.