މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
އައު މާލީ ވަޒީރަކަށް ޒަރީރު
Raajje

އައު މާލީ ވަޒީރަކަށް ޒަރީރު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް، މީރާގެ ކުރީގެ ވެރިޔާ ޙަސަން ޒަރީރު މިއަދު ޢައްޔަންކުރައްވައިފިއެވެ. ޒަރީރަށް ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޙަސަން ޒަރީރަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މު...

''މަސްވެރިކަމާއި ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމަށް ދުރާލައި ރޭވިފައިވާ މަސައްކަތްތަކެއް ދަނީ ކުރެވެމުން''
Raajje

''މަސްވެރިކަމާއި ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމަށް ދުރާލައި ރޭވިފައިވާ މަސައްކަތްތަކެއް ދަނީ ކުރެވެމުން''

ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމުގެ އިތުރުން މުރަކަ އާލާކުރުމަށް ދުރާލައި ރޭވިފައިވާ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސ މުޢިއްޒުގެ ޕޯސްޓުގައި ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ކަނޑުތަކުގެ ދުވަހުން އަންގައިދެނީ ދިރުންތަކަށާއި ދުނިޔޭގެ މުސްތަޤުބަލަށް ދުޅަހެޔޮ ކަނޑުތަކަކީ ކޮންމެހެން ބޭނުންތެރި އެއްޗ...

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް: ''ރާއްޖެ އޮތީ ޣައްޒާ އާއި ނުރައްކާތެރި ޙާލަތްތަކުގައި ދިރިއުޅެމުންދާ މުޖުތަމަޢުތަކާ އެކު''
Raajje

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް: ''ރާއްޖެ އޮތީ ޣައްޒާ އާއި ނުރައްކާތެރި ޙާލަތްތަކުގައި ދިރިއުޅެމުންދާ މުޖުތަމަޢުތަކާ އެކު''

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖެ މިއަދު އޮތީ ޣައްޒާ ހިމެނޭހެން ނުރައްކާތެރި ޙާލަތްތަކުގައި ދިރިއުޅެމުންދާ މުޖުތަމަޢުތަކާ އެކުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓްގައި ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ނައްތާލުމަށާއި، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި ރައްކާތެރި ކާބޯތަކެތީ...

މަރްޙޫމް ރަޝާދަކީ މުރާލިކަމާއި ތެދުވެރިކަމުގެ ލާމަސީލު ނަމޫނާއެއް: ރައީސް
Politics

މަރްޙޫމް ރަޝާދަކީ މުރާލިކަމާއި ތެދުވެރިކަމުގެ ލާމަސީލު ނަމޫނާއެއް: ރައީސް

ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ޢިއްޒަތްތެރިޔާ، މއ. އަލިތަރި އިބްރާހީމް ރަޝާދު އަވަހާރަވުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އިބްރާހީމް ރަޝާދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 78 އަހަރެވެ. މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރްޙޫމް އިބްރާހީމް ރަޝާދަ...

ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތަށް ގްރީން ފަންޑުން އަހަރަކު 7،000،000ރ. ޚަރަދުކުރަނީ
Raajje

ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތަށް ގްރީން ފަންޑުން އަހަރަކު 7،000،000ރ. ޚަރަދުކުރަނީ

ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް މޯލްޑިވްސް ގްރީން ފަންޑުން ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިކަން އިޢުލާނު ކުރެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ޚިޠާބުގައެވެ. ރައީސް ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޒަމާނުންސުރެ އޮތް އެންމެ ބޮޑު ހުރަހަކީ އެކަށީގެންވާ މިންވަރަށް މާލީ ވަސީލަތްތައް ނުލިބުމާއި، އަހަރުން އަހަރަށް ޔަޤީންކަމާއެކު ލ...

''މޫސުމީ ބަދަލުތަކުގެ އަސަރުތައް ކުޑަކުރެވޭނީ ގުޅިގެން ބައިނަލްއަޤުވާމީ ގޮތުން އަޅާ ފިޔަވަޅުތަކުން''
Raajje

''މޫސުމީ ބަދަލުތަކުގެ އަސަރުތައް ކުޑަކުރެވޭނީ ގުޅިގެން ބައިނަލްއަޤުވާމީ ގޮތުން އަޅާ ފިޔަވަޅުތަކުން''

މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވޭނީ ބައިނަލްއަޤުވާމީ ފެންވަރުގައި އެންމެން ގުޅިގެން އަޅާ ހަރުދަނާ ފިޔަވަޅުތަކުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ، ދުނިޔޭގެ މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރުކަމަށްވާ “އަ ގްލޯބަލް ކޯލް ފޯރ ކްލައިމެޓް އެކްޝަން” އަކީ، ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ކަންބޮޑުވުންތަކާ ނުހަނު ގުޅިފައިވާ ޝިޢާ...

''ތަރައްގީ އާއި އެކީގައި ތިމާވެށި ވެސް ހިމާޔަތްވާންޖެހޭ''
Raajje

''ތަރައްގީ އާއި އެކީގައި ތިމާވެށި ވެސް ހިމާޔަތްވާންޖެހޭ''

ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާއިރު، ތިމާވެށި ހިމާޔަތްކުރުމަކީ އަސާސީ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށާއި، ތަރައްގީއާއެކު ތިމާވެށި ވެސް ހިމާޔަތްވާންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުން އަލަށް ފެށި “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ ފުރަތަމަ އެޕިސޯޑުގައި ހުކުރު ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރައްވާފައިވަނީ ތިމާވެށި ހިމާޔަތްކުރުމަށް އިސްކަނ...

''ރާއްޖެއަކީ ތިމާވެށީގެ ކަންކަމުގައި ވެސް ލީޑަރޝިޕް ނަގާ ޤައުމެއް''
Raajje

''ރާއްޖެއަކީ ތިމާވެށީގެ ކަންކަމުގައި ވެސް ލީޑަރޝިޕް ނަގާ ޤައުމެއް''

ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ކުރިމަތީގައި ގޮތް ހުސްވެފައި އޮތް ޤައުމެއްގެ ބަދަލުގައި، ތިމާވެށީގެ ކަންކަމުގައި ދުނިޔޭގެ ފެންވަރުގައި ލީޑަރޝިޕް ނަގާނެ ޤައުމެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުން އަލަށް ފެށި “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ މި ޕޮޑްކާސްޓްގައި ރައީސް ވަނީ ތިމާވެއްޓާ ގުޅޭގޮތުން އާންމު ރައްޔިތުން ފ...

ރައީސް އޮފީހުން 'ދަ ޕަލްސް'ގެ ނަމުގައި އައު ޕޮޑްކާސްޓެއް
Raajje

ރައީސް އޮފީހުން 'ދަ ޕަލްސް'ގެ ނަމުގައި އައު ޕޮޑްކާސްޓެއް

ރައްޔިތުންގެ ވިންދާ ގުޅޭ މުހިންމު ދާއިރާތަކާމެދު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި ސަރުކާރުގެ ސިޔާސަތުތައް ހާމަކުރުމަށްޓަކައި، “ދަ ޕަލްސް” ގެ ނަމުގައި އައު ޕޮޑްކާސްޓް ސިލްސިލާއެއް ރަސް އޮފީހުން މިއަދު ފަށައިފިއެވެ. މި ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރުފަހު ވަނީ ރައީސް އޮފީހުގެ މީސްމީޑިއާ މަންސަތަކުގައި އާންމުކޮށްފައެވެ. މި ޕޮޑްކާސްޓް ފަރުމާކުރެވިފައިވަނީ ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަރީފާ ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާ ގޮތަށާއި، ޒިންމާދާރު ނޫސްވެރިއެ...

ފާގަތި މުސްތަގުބަލަކަށް ތިމާވެށި ހިމާޔަތް ކުރުމަށް ގުޅިގެން މަސައްކަތްކުރަން ރައީސްގެ އިލްތިމާސް
Raajje

ފާގަތި މުސްތަގުބަލަކަށް ތިމާވެށި ހިމާޔަތް ކުރުމަށް ގުޅިގެން މަސައްކަތްކުރަން ރައީސްގެ އިލްތިމާސް

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ރައީސްޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި، އަޅުގަނޑުމެންގެ މުސްތަޤުބަލް ބިނާވެފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުޅަހެޔޮކަމުގެ މައްޗަށްކަން ހަނދާންކޮށްދެއްވައިފިއެވެ. ރައީސް ވިދާޅުވީ ރާއްޖެއަކީ ތިމާވެށީގެ ނުރައްކާތަކާ ކުރިމަތިލާންޖެހިފައިވާ ކުޑަ ޖަޒީރާ ޤައުމަކަށްވާއިރު، ތިމާވެށި ހިމާޔަތްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު ކަމެއް ކަމަށެވެ. ރާއްޖެއިން ތިމާވެށީގެ ކަންކަމުގައި ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކަށް އަލިއަޅުއްވާލައް...

''ރާއްޖެއަށް ލިބުނު ގޮނޑިއަކީ ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ހައްގުގައި ވަކާލާތު ކުރުމަށް ލިބުނު ވަރުގަދަ ޕްލެޓްފޯމެއް''
Raajje

''ރާއްޖެއަށް ލިބުނު ގޮނޑިއަކީ ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ހައްގުގައި ވަކާލާތު ކުރުމަށް ލިބުނު ވަރުގަދަ ޕްލެޓްފޯމެއް''

އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގެ މެންބަރަކަށް ރާއްޖެ ވީތާ 60 އަހަރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އދ.ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އީކޯސޮކް) ގެ މެންބަރުކަމަށް ރާއްޖެ އިންތިޚާބުވެފައިވާއިރު، އީކޯސޮކްގައި ރާއްޖެއަށް ލިބުނު ގޮނޑިއަކީ ކުދި ޖަޒީރާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ހައްގުގައި ވަކާލާތު ކުރުމަށް ލިބުނު ވަރުގަދަ ޕްލެޓްފޯމެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ރައީސް ޑރ.މުޢިއްޒު މީސްމީޑިއާގައި ކު...

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފި
Raajje

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފި

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް އިން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން މިއަދު މަތިކޮށްފިއެވެ. ފިޗުން ނެރުނު އެންމެ ފަހުގެ ރިޕޯޓުގައި ރާއްޖޭގެ ‘ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއާ ޑިފޯލްޓް ރޭޓިން’ ވަނީ ‘ސީސީ’ އިން ‘ސީސީސީ-‘ އަށް ބަދަލުކޮށްފައެވެ. ފިޗުން ބުނި ގޮތުގައި މި ނިންމުން ނިންމި މައިގަނޑު ސަބަބަކީ ކުރީގެ ސަރުކާރުން ނަގާފައިވާ ސުކޫކް މިދިޔަ އޭޕްރިލް މަހު ރާއްޖެއިން ކާމިޔާބުކަމާއެކު ދައްކައި ނިންމުމެވެ. މީގެ ސަބަބުން […]

ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނަށް 50 ރަށަކަށް ނިސްބަތްވާ 77 ޒުވާނުން
Raajje

ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނަށް 50 ރަށަކަށް ނިސްބަތްވާ 77 ޒުވާނުން

ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނު ފުރިހަމަކުރި 77 ޒުވާނަކު، އެ ޕްރޮގްރާމްގެ ފަންނީ ތަމްރީނުތައް ފެށުމަށްޓަކައި މިއަދު ފުރައިފިއެވެ. މި ޒުވާނުން ފުރާފައިވަނީ ބ. ކިހާދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް އަށެވެ. މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ތަމްރީނުގައި ބައިވެރިވަނީ ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ، އުމު...

ކުރީގެ ހަ ރައީސުންނަށް ޚިދުމަތްކޮށްދެއްވި ހަލީމް ނިޔާވުމުން ރައީސްގެ ތައުޒިޔާ
Raajje

ކުރީގެ ހަ ރައީސުންނަށް ޚިދުމަތްކޮށްދެއްވި ހަލީމް ނިޔާވުމުން ރައީސްގެ ތައުޒިޔާ

ކުރީގެ ހަ ރައީސުންގެ ޚިދުމަތުގައި ރިޔާސީ ގަނޑުވަރު މުލީއާގޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މ. ފަތްކޯނި، އިބްރާހީމް ޙަލީމް މިއަދު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މީސްމީޑިއާގައި ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ޙާޞިލުކުރަައްވައިފައިވާ އިބްރާހީމް ޙަލީމް އަވަހާރަވުމުގެ ހިތާމައިގައި އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި ބައި ގަރުނަށްވުރެ ދިގު މުއްދަތެއްގެ އިޚުލާޞްތެރި ޚިދު...

ރައީސް އާއި ޢާއިލާގެ ދަތުރުފުޅުތަކާއި ގުޅުވައި ފަތުރަނީ ދޮގެއް: އިގްބާލް
Raajje

ރައީސް އާއި ޢާއިލާގެ ދަތުރުފުޅުތަކާއި ގުޅުވައި ފަތުރަނީ ދޮގެއް: އިގްބާލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ ޢާއިލާއިން ކުރައްވަމުން ގެންދަވާ އަމިއްލަފުޅު އެކިއެކި ދަތުރުފުޅުތަކާއި ގުޅުވައިގެން ބައެއް ފަރާތްތަކުން ފަތުރާ ޚަބަރުތަކަކީ ދޮގު ޚަބަރުތަކެއްކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓްތަކެއްގައި އިޤްބާލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ކުރައްވަމުން ގެންދަވާ އަމިއްލަފުޅު އެކިއެކި ދަތުރުފުޅުތަކާއި ގުޅު...