މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް އޮފިސް

40 Stories filed
ރައީސްގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
Raajje

ރައީސްގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް، ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި ރައީސް ޞާލިޙްގެ ދަޢުވަތަކަށް، ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ކުރަށްވާ މި ރަސްމީ ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި މިދަތުރުފުޅު ނިންމަވާލައްވަން ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރުގެ...

އެންމެ އިސް ސިޔާސަތަކީ، އަސާސީ ޚިދުމަތްތައް ދިނުމުގައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން: ރައީސް
Raajje

އެންމެ އިސް ސިޔާސަތަކީ، އަސާސީ ޚިދުމަތްތައް ދިނުމުގައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން: ރައީސް

އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ދިވެހި ދައުލަތުގެ އެންމެ އިސް ސިޔާސަތަކީ، އަސާސީ ޚިދުމަތްތައް ދިނުމުގައި ދިވެހި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސް ޞާލިޙް ވިދާޅުވީ، އިންސާނީ ޙައްޤުތަކުގެ އަސާސަކީ ހަމައެކަނި ޙައްޤުތަކެއް ލިބުމެއް ނޫން ކަމަށެވެ. އަދި އަސާސީ ކޮންމެ ޙައްޤަކާއެކު އުފުލަންޖެހޭ...

އޯއޭސީޕީއެސް ގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް
Raajje

އޯއޭސީޕީއެސް ގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް

އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އިއްޔެ ހަމަޖެހިއްޖެއެވެ. އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް ލިބުނީ އެ ޖަމިއްޔާގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި އެ ޖަމިއްޔާގެ ފުރިހަމަ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެވުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް މެންބަރު ޤައުމުތަކުން ތާއީދު ކުރުމުންނެވެ. އެންގޯލާގެ ލުއާންޑާގައި މި ޑިސެންބަރު މަހުގެ 6 އިން 9 އަށް ކުރިޔަށްދާ މި ސަމިޓްގައި އޯއޭސީޕީ...

ޓެކްސް ބޮޑުކުރުމަކުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެ: މިޢުވާން
Raajje

ޓެކްސް ބޮޑުކުރުމަކުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެ: މިޢުވާން

ޓެކްސް ބޮޑުކުރުމަކުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. ކޮންމެ ހަފުތާއެއްގެ ބްރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރީ ސަރުކާރުން މި ހިންގަމުން ދާ މަޝްރޫއުތަކާއި ރައްޔިތުންނަށްދޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އިގްތިސޯދު މެނޭޖުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން މި ނ...

ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ޓީޓީ ހޯލް ހުޅުވައިފި
Raajje

ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ޓީޓީ ހޯލް ހުޅުވައިފި

”މާލެ ޓީޓީ ހޯލް” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހަވީރު ހުޅުވައިދެއްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި މިއީ ކުޅިވަރުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ދިވެހިރާއްޖޭގައި މިހާތަނަށް ހަދާފައިވާ ޖާގައިގެ ގޮތުން އެންމެ ތަނަވަސް ޓީޓީ ހޯލެވެ. މާލެ ޓީޓީ ހޯލު ރަސްމީގޮތުން ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ބައިވެރ...

އޮސްޓްރޭލިއާގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
Raajje

އޮސްޓްރޭލިއާގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޕޯލް ވެސްލީ ސްޓެފަންސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ. އޮސްޓްރޭލިއާގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތަށްފަހު، އޮސްޓްރޭލިއާގެ ސަފީރާ ބައްދަލުކުރައްވައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ދެމެދު އޮތް ބަދަހި ގުޅުމަކީ ރާއްޖެއިން ވަރަށް އިސްކަންދޭ މުހިންމު ގުޅުމެއްކަން ވަނީ ފާހ...

ރައީސްގެ ދެކަނބަލުން "ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރ" އަށް ޒިޔާރަތްކުރައްވައިފި
Raajje

ރައީސްގެ ދެކަނބަލުން "ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރ" އަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްޓެލްކޯގެ “ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރ” އަށް ޒިޔާރަތްކުރައްވައިފިއެވެ. ރައީސްގެ ދެކަނބަލުން ވަނީ މިއަދު ސްޓެލްކޯގެ “ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރ” އަށް ޒިޔާރަތް ކުރައްވައި، އެތަނުގައި ތިބި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައި އަދި އެ ޗައިލްޑްކެއަރ ސެންޓަރ ބައްލަވާލައްވައިފިއެވެ. ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރަކީ، ސަރުކާރުން ރައްޔިތުންނަށް އިޖްތިމާޢީ ހަމަޖެހުން ގެނެސްދިނުމަށާއި، އަންހެނުން...

ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖެ-ޕާކިސްތާނުގެ ގުޅުން ވަނީ ވަރަށް ބަދަހިވެފައި: ރައީސް
Raajje

ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖެ-ޕާކިސްތާނުގެ ގުޅުން ވަނީ ވަރަށް ބަދަހިވެފައި: ރައީސް

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ޕާކިސްތަނުގެ ސަފީރުގެ މަޤާމުގައި ހުންނަވައި، ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބަދަހި ކުރެއްވުމަށް އެމަނިކުފާނު ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތައް ފާހަގަކުރައްވައ...

ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 29 ބޭފުޅަކަށާއި 3 ފަރާތަކަށް
Raajje

ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 29 ބޭފުޅަކަށާއި 3 ފަރާތަކަށް

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 29 ބޭފުޅަކަށާއި، 3 ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ. މިރޭގެ ޖަލްސާގައި ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް އަދި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށާއި، 3 ފަރާތަކަށް ދެއްވާފަ ވެއެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެން...

ކީރިތި ރަސޫލާގެ ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި އެއް ފިލާވަޅަކީ ތަފާތު ޚިޔާލުތަކުގެ މީހުންނާ އެކުގައި އުޅުން: ރައީސް ޞާލިޙް
Raajje

ކީރިތި ރަސޫލާގެ ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި އެއް ފިލާވަޅަކީ ތަފާތު ޚިޔާލުތަކުގެ މީހުންނާ އެކުގައި އުޅުން: ރައީސް ޞާލިޙް

ކީރިތި ރަސޫލާގެ ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި އެއް ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ޚިޔާލުތަކުގެ މީހުންނާ އެކުގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތަހުނިޔާގެ ޚިޠާބުގަ އެވެ. ރައީސްގެ ޚިޠާބުގައި ވިދާޅުވީ، މައުލިދުއް ނަބަވީގެ ވަސްމީރު ޒިކުރާ އަޅުގަނޑުމެން އާކުރަނީ، އެކަލޭގެފާނުގެ ނ...