ސަރުކާރުން ދިނީ ސުޕަރ މެޖޯރިޓީ ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމުގެ ޔަޤީންކަން
ރައްޔިތުންގެ މަޖިލީހުގެ ‘ސުޕަރ މެޖޯރިޓީ’ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ލިބިފައިވީނަމަވެސް އޭގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމުގެ ޔަޤީންކަން ސަރުކާރުން މިއަދު ދީފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަންގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު، އެންސްޕާގެ ސިއީއޯގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ހީނާ ވަލީދު މިއަދު ވަނީ ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލުކުރައްވާފައެވެ. މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިއެއް ކުރެއްވި ސުވާލަކަށް ޖ...