މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރާއްޖެ - ޗާގޯސް މައްސަލަ

44 Stories filed
ހަގީގަތުގައި ރިފްއަތުގެ ކަރުގައި އަޅުވަންވީ މާފަށްޗެއް: މަހްލޫފް
Raajje

ހަގީގަތުގައި ރިފްއަތުގެ ކަރުގައި އަޅުވަންވީ މާފަށްޗެއް: މަހްލޫފް

ހަގީގަތުގައި އެޓާނީޖެނެރަލް އިބްރާޙީމް ރިފްއަތުގެ ކަރުގައި އަޅުވަންވީ މާފައްޗެއް ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހްދު މަހްލޫފް ވިދާޅުވެއްޖެއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އިއްތިހާދެއް އުފައްދާފައެވެ. މި އިއްތިހާދުގެ ޖޮއިންޓު ޕާލިމެންޓްރީ ގްރޫޕުން މިއަދު ވަނީ އ...

ގައުމުގެ ހައްގުގައި ތެދުވާނެ ދިވެހިން އަބަދު ވެސް ތިބޭނެ، މި ފެންނަނީ އެ މަންޒަރު: އަދުރޭ
Raajje

ގައުމުގެ ހައްގުގައި ތެދުވާނެ ދިވެހިން އަބަދު ވެސް ތިބޭނެ، މި ފެންނަނީ އެ މަންޒަރު: އަދުރޭ

ގައުމާއި ރައްޔިތުންގެ ހައްގުގައި ތެދުވެ، ބަސް ބުނާނެ ދިވެހިން އަބަދުވެސް ތިބޭނެކަމަށާއި، ފެންނަމުން ދަނީ އެ މަންޒަރުކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނ...

ޗާގޯސް މައްސަލައިގާ އިދިކޮޅު ކޯލިޝަނުން ރައީސް ނަޝީދު އާ ބައްދަލުކޮށްފި
Raajje

ޗާގޯސް މައްސަލައިގާ އިދިކޮޅު ކޯލިޝަނުން ރައީސް ނަޝީދު އާ ބައްދަލުކޮށްފި

ޗާގޯސް މައްސަލައިގާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެގ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާ ބައްދަލުކޮށްފިއެވެ. އެ މައްސަލައިގާ ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބުު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އެވެ. މި ބައްދަލުކުރެއްވުމުގައި ނަޝީދުގެ އިތުރުން ފިކުރެއްގެ ދިރުމުން ބައިވ...

ޗާގޯސް މައްސަލަ ރާއްޖެކޮޅަށް ނިމުނީި ރައީސްގެ ދުރުވިސްނުންފުޅުގެ ސަބަބުން: ހޯރަފުށި ކައުންސިލް
Thiladhunmathi News

ޗާގޯސް މައްސަލަ ރާއްޖެކޮޅަށް ނިމުނީި ރައީސްގެ ދުރުވިސްނުންފުޅުގެ ސަބަބުން: ހޯރަފުށި ކައުންސިލް

ޗާގޮސް މައްސަލަ ރާއްޖެކޮޅަށް ނިމުނީި ރައީސްގެ ހިކުމަތާއި ދުރުވިސްނުންފުޅުގެ ސަބަބުން ކަމަށް ތިލަދުންމަތި އުތުރުބުރީ ހޯރަފުށި ކައުންސިލުން ބުނެފިއެވެ. އެކައުންސިލުން މިހެން ބުނީ ރާއްޖެއާއި މޮރިޝަސް އާއި ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ 58 އަހަރަށްފަހު، ދިވެހިން ބޭނުންވިގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމުމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ. އިޓްލޮސްގެ ނިންމުމާއި ގުޅިގެން 4687 އަކަ ކިލޯ މީޓަރުގެ ބޮޑުބައެއް ރާއްޖެއަށް ވަނީ ލިބިފައެވެ. […]

ޗާގޯސް މައްސަލައިގާ އިދިކޮޅުން ފެތުރީ އަސްލެއް ނެތް ވާހަކަތަކެއް: އެމްޑީޕީ
Raajje

ޗާގޯސް މައްސަލައިގާ އިދިކޮޅުން ފެތުރީ އަސްލެއް ނެތް ވާހަކަތަކެއް: އެމްޑީޕީ

ޗާގޮސް މައްސަލައިގާ އިދިކޮޅުން ދިޔައީ ހަގީގަތާ ހިލާފު އަސްލެއް ނެތް ވާހަކަތައް ފަތުރަމުން ކަމަށް ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މައްސަލާގައި ސަރުކާރުން ރާއްޖޭގެ މަސްލަހަތު ދިފާއުކުރަމުން ދިޔައިރު، ސިޔާސީ އިދިކޮޅު ފަރާތްތަކުން ދިޔައީ ހަގީގަތާ ހިލާފު އަސްލެއް ނެތް ވާހަކަތައް ފަތުރަމުން ކަމަށެވެ. އަދި ރާއްޖޭގެ ތާރީހުން ވެސް ފެންނަން ނެތް ވާހަކަތައް ފަތުރައި ފިތުނަ އުފައްދައި މަސްލަހަތު […]

ޗާގޯސް މައްސަލާގައި ޤާސިމްގެ ސިޓީއެއް އިޓޮލްސް އަށް
Raajje

ޗާގޯސް މައްސަލާގައި ޤާސިމްގެ ސިޓީއެއް އިޓޮލްސް އަށް

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލާގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާހިމް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ސިޓީއެއް މިއަދު ފޮނުއްވައިފިއެވެ. ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލާގައި ރާއްޖެ ގަޑިން މިއަދު 14:00 ގައި އިޓްލޮސްގެ ނިންމުން ހާމަކުރާނެއެވެ. އިޓްލޮސްއަށް ގާސިމް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އެސިޓީފުޅަކީ، ޗާގޯސް މައްސަލާގައި ދިވެހި […]

ޗާގޯސް މައްސަލާގައި އިދިކޮޅުން އުޅެނީ ރައްޔިތުންނަށް އޮޅުވާލައި، ސިޔާސީ މަންފާ ހޯދަން: ސަރުކާރު
Raajje

ޗާގޯސް މައްސަލާގައި އިދިކޮޅުން އުޅެނީ ރައްޔިތުންނަށް އޮޅުވާލައި، ސިޔާސީ މަންފާ ހޯދަން: ސަރުކާރު

ޗާގޯސް މައްސަލާގައި އިދިކޮޅުން އުޅެނީ ރައްޔިތުންންނަށް އޮޅުވާލައި، ސިޔާސީ މަންފާ ހޯދަން ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ. ސަރުކާރުން މިހެން ވިދާޅުވީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައާ ގުޅޭގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ނެރެފައިވާ ބަޔާނާ ގުޅޭގޮތުން ނެރުއްވި ނޫސް ބަޔާނުގައެވެ. މި މައްސަލާގައި ރައީސް ޢަމަލުކުރައްވާފައިވަނީ އެމަނިކުފާނަށް ޤާނޫނު އަސާސީން ދީފައިވާ ބާރުތަކުގެ ބޭރުންކަމަށް އެ ކޯލިޝަނުން ކޮށްފައިވާ ތުހުމަތުތައް ސަރުކާރުން...

ޗާގޯސްގެ މައްސަލައިގައި އުމަރު ސްޕްރީމް ކޯޓަށް
Raajje

ޗާގޯސްގެ މައްސަލައިގައި އުމަރު ސްޕްރީމް ކޯޓަށް

ޗާގޯސްގެ މައްސަލައިގާ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ސިޓީފުޅެއް ފޮނުއްވާފައިވާނަމަ، އެ ސިޓީފުޅު ބާތިލުކުރުމަށް އެދި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އުމަރު މި ސިޓީ ސްޕްރީމް ކޯޓަށް ހުށަހެޅީ ހ. ދޮންޖޭމުގޭ އުމަރު ނަސީރު، ޖަންކަރު، މުހައްމަދު މުސްތާގު، ލ. ކާނަލް (ރޓޑ) ޒުބައިރު އަހްމަދު މަނިކު ހިމެނޭހެން، މި ތިންބޭފުޅުންގެ ނަމުގައެވެ. އެ މައްސަލައިގާ ބުނެފައިވަނީ ޗާގޮސް މައްޗަށް މޮރިޝަސްއިން ކުރާ ސިޔާދ...

ޗާގޯސް މައްސަލައިގައި އިދިކޮޅު ކޯލިޝަންގެ މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކޮށްފި
Raajje

ޗާގޯސް މައްސަލައިގައި އިދިކޮޅު ކޯލިޝަންގެ މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކޮށްފި

ޗާގޯސް މައްސަލައިގައި ޕްރޮގްރެސިވް ކޯލިޝަންގެ މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކޮށްފިއެވެ. އިދިކޮޅު ޕީޕީއެމް، ޕީއެންސީ އަށް ނިސްބަތްވާ މެމްބަރުން އިހުތިޖާޖު ކޮށްފައިވަނީ ޗާގޯސްގެ މައްސަލައިގައި ރާއްޖެއިން ބައެއް ދޫކޮށްލުމަށް މި ސަރުކާރުން އެއްބަސްވެފައިވާކަމަށް ބުނެއެވެ. މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި އިދިކޮޅު ކޯލިޝަނުގެ ބައެއް އެހެން މެމްބަރުން ވަނީ ޗާގޯސްއާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދު މޮރިޝަސް އާ ފުށުއަރާ މަ...

ޗާގޯސް މައްސަލައިގައި އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ހުށަހެޅި މައްސަލައަށް ބަހުސްކުރަން ފާސްކޮށްފި
Raajje

ޗާގޯސް މައްސަލައިގައި އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ހުށަހެޅި މައްސަލައަށް ބަހުސްކުރަން ފާސްކޮށްފި

ޗާގޯސް މައްސަލައިގައި އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ހުށަހެޅި މައްސަލައަށް ބަހުސްކުރަން ފާސްކޮށްފިއެވެ. ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ. އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލޭ ފަދަ ގޮތަށް ސަރުކާރުން މޮރިޝަސް އަށް ފޮނުއްވި ސިޓީ ރައްޔިތުންނަށް ހާމަ ކުރުމަށް ވަނީ ގޮވައިލާފައެވެ. އަދި ރާއްޖޭގެ ސަރަަހައްދެއް ވިއްކާލުމަށް “ޑީލް” ހަދާފައިވާ މައްސަލައާ މެދު ސަރުކާރާ މެ...

ޗާގޯސް މައްސަލައިގާ އިންޑިއާ ސަރުކާރުން އެއްވެސް މަޝްވަރާއެއް ނުކެރޭ، ކުރާކަށް ނުވެސް ޖެހޭ: ޝާހިދު
Raajje

ޗާގޯސް މައްސަލައިގާ އިންޑިއާ ސަރުކާރުން އެއްވެސް މަޝްވަރާއެއް ނުކެރޭ، ކުރާކަށް ނުވެސް ޖެހޭ: ޝާހިދު

ޗާގޯސް މައްސަލައިގާ އިންޑިއާ ސަރުކާރުން، ދިވެހި ސަރުކާރާ އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާ ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހާރިޖީ ވަޒީރާއި ބަންޑާރަ ނައިބު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި “ތިލަދުން” ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. ޝާހިދު ވިދާޅުވީ އެފަދަ މަޝްވަރާއެއް އިންޑިއާ ސަރުކާރާ ކުރަން ވެސް ނުޖެހޭ ކަމަށެވެ. އެއީ ރާއްޖޭގެ ސިޔާދަތީ މައްސަލައެއް ކަމަށާއި މިކަންކަން ކުރިއަށް ގެންދަނީ މިނިވަން ގައުމެއްގެ […]

ޗާގޯސް މައްސަލައިގައި ރައީސްގެ ފުރަތަމަ ބަސްފުޅު: ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް ނުނިންމާނަން
Raajje

ޗާގޯސް މައްސަލައިގައި ރައީސްގެ ފުރަތަމަ ބަސްފުޅު: ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް ނުނިންމާނަން

މިފަހަކަށް އައިސް އެންމެ ހޫނު، ބަހުސެއްގެ ގޮތުގައި ކުރިއަށްދާ ޗާގޯސްގެ މައްސަލައިގާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވައިފިއެވެ. ރާއްޖޭ އިސްލާމް ވީ ދުވަހުގެ މުނާސަބާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ މައްސަލަ ޙައްލުކުރުމަށް މީގެ 30 އަހަރު ކުރިން، 1992 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަސައްކަތްކޮށް އޭރު އެއްބަސްވެފައި ވަނީ ފުށުއަރާ ސަރަޙައްދު ދެ ޤައުމަށް ހަމަހަމަވާ ގ...

އިޓްލޮސް ގެ ނިންމުމަކުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދެއް ނުގެއްލޭނެ: ޕްރޮފެސާ ޕަޔަމް
Raajje

އިޓްލޮސް ގެ ނިންމުމަކުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދެއް ނުގެއްލޭނެ: ޕްރޮފެސާ ޕަޔަމް

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާ ނިންމުމަކުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދެއް ނުގެއްލޭނެ ކަމަށް ރާއްޖެ އާއި މޮރިޝަސްގެ އިމުގެ މައްސަލާގައި ރާއްޖޭގެ ފަރާތުން މަސައްކަތްކުރައްވާ ގާނޫނީ ޓީމުގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަހަވަން ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަރޗުވަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ ދެ ޤައުމުގެ އިޤްތިސާދީ ސަރަޙައްދު ފުށުއަރާ ހިސާބު ބަހާނެ...

މި ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ސަރުކާރު އިސްތިއުފާ ދިނުން: މުނައްވަރު
Raajje

މި ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ސަރުކާރު އިސްތިއުފާ ދިނުން: މުނައްވަރު

ސަރުކާރު މިހާރު އުޅެނީ ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން ކަމަށާއި މި ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުން ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ. ޑރ. މުނައްވަރު އިއްޔެ ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މޮރިޝަސްއަށް ރާއްޖޭގެ ދެކުނު ކަނޑުން ބައެއް ލިބިއްޖެނަމަ އެކަން ވެގެން ދާނީ މުޅި ދެކުނުގެ މަސްވެރިކަމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަކަށް ކަމަށެވެ. އަދި މޮރިޝަސް އަކީ އެ ގައުމުގެ ކަނޑުގެ ސަރަހައްދުން […]