ޗާގޯސް މައްސަލައިގައި ޕްރޮގްރެސިވް ކޯލިޝަންގެ މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކޮށްފިއެވެ.
އިދިކޮޅު ޕީޕީއެމް، ޕީއެންސީ އަށް ނިސްބަތްވާ މެމްބަރުން އިހުތިޖާޖު ކޮށްފައިވަނީ ޗާގޯސްގެ މައްސަލައިގައި ރާއްޖެއިން ބައެއް ދޫކޮށްލުމަށް މި ސަރުކާރުން އެއްބަސްވެފައިވާކަމަށް ބުނެއެވެ.
މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި އިދިކޮޅު ކޯލިޝަނުގެ ބައެއް އެހެން މެމްބަރުން ވަނީ ޗާގޯސްއާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދު މޮރިޝަސް އާ ފުށުއަރާ މައްސަލައާ ގުޅިގެން ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ ހާމަކުރަން ގޮވާލާފައެވެ.
މިއަދުގެ ޖަލްސާގައި ހުޅުމާލޭ ދާއިރާގެ މެމްބަރު ވާހަކަ ދައްކަވަނިކޮށް، މެމްބަރު ޝިޔާމް ވަނީ އަޑުގަދަ ކުރައްވައި، އެ މައްސަލައިގާ ނުރުހުން ފާޅުކުރައްވައިފައެވެ.
އެހެންވެ މަޖިލީހުގެ ރައީސް ނަޝީދު ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. ނަމަވެސް، ޝިޔާމް އެކަން ތަކުރާރުކޮށް ކުރައްވަމުން ގެންދަވާތީ، ނަޝިދު ވަނީ ޝިޔާމްގެ ނަންއިއްވަވާފައެވެ.
ޗާގޯސް މައްސަލައާ ގުޅިގެން އިދިކޮޅުން މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ މަޖިލީހުން ވަނީ ބަލައިގަނެފައެވެ.
މިއަދު އޮތީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހުޖަލްސާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!