ރައީސް ''އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް'' ޒިޔާރަތްކުރަށްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ. އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ މި ސެންޓަރަށް ރައީސް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރގެ ހެޑް، ޓްރިން ޔޯސާރެއާއި އިންޓަނޭޝަނަލް ސަރވިސަސް ޑިވިޜަންގެ އެކްޓިންގ ހެޑް އަދި އެސްޓޯނިއަން އިންވެސްޓްމަންޓް އޭޖެންސީ، އެންޓަރޕްރައިޒް އެސްޓޯނިއާގެ ޑިރެކްޓަރ، ޔޯނަސް ވަންޓޯއެވެ. މި ޒިޔާރަތުގައި، ރައީސް މުޢިއްޒު އަށާއި، ދިވެހި ވަފުދަށް އެސްޓޯނިއާގ...