މައި ޚަބަރަށް ދިޔުމަށް
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
މާފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށައި، ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި
Raajje

މާފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށައި، ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ނ. މާފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށައި އެރަށުގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނ.އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ މަންޒިލެއްގެ ގޮތުގައި މާފަރަށް ވަޑައިގެންފައިވާއިރު، މާފަރުގައި ސަރުކާރުން ޤާއިމްކުރި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އެ މަނިކުފާނެވެ. މާފަރުގެ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ މާލޭ ވޯޓަރ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވ...

ރައީސް ނ. އަތޮޅަށް، ފުރަތަމަ މަންޒިލަކީ މާފަރު
Raajje

ރައީސް ނ. އަތޮޅަށް، ފުރަތަމަ މަންޒިލަކީ މާފަރު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނ. އަތޮޅުގެ ރަށްރަށަށް ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ. ރައީސް މިދަތުރުފުޅުގައި ނ. އަތޮޅުން ފުރަތަމަ ވަޑައިގެންނެވީ މާފަރަށެވެ. މި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ކަމަށްވާ، ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދޫ ޒިޔާރަތްކުރައްވާނެކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ. ރައީސް އެ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ […]

އިގްތިސޯދީ ވަޒީރު ސައީދުގެ ބައްޕަ ނިޔާވެއްޖެ
Thiladhunmathi News

އިގްތިސޯދީ ވަޒީރު ސައީދުގެ ބައްޕަ ނިޔާވެއްޖެ

އިގްތިސޯދީ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދުގެ ބައްޕަ ސަޢީދު ޢަބްދުﷲ، ވިނަރެސް / ހއ.ތުރާކުނު ނިޔާވެއްޖެއެވެ. ސައީދު ޢަބުދުﷲ ވަނީ ތުރާކުނުގެ ކުޑަ ކަތީބުގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވުމުގެ އިތުރުން ތުރާކުރުނުގެ އިދާރީ ހިންގުމުގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރަށްވާފައެވެ. ސައީދު ޢަބުދުﷲ ނިޔާވުމާއި ގުޅިގެން ތައުޒިޔާ ވިދާޅުވެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޚަބަރު އަޑުއެއްސެވީ ނުހަނު ފުންހިތާމައާއެކުގައި ކަމަށެވެ. ‏’’މަރުޙޫމް ސަޢީދު...

ރައީސް އިނގިރޭސިވިލާތު ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި
Raajje

ރައީސް އިނގިރޭސިވިލާތު ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ ފަސްދޮޅަސް އަހަރު ފުރުން ފާހަގަކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ މައިގަނޑު މަޤްޞަދުގައި ކުރެއްވި ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ، އިނގިރޭސިވިލާތުގެ އިސް އޮފިޝަލުންނާ...

ރައީސް މުޢިއްޒު ކޮމަންވެލްތުގެ އެސްޖީއާ ބައްދަލުކުރައްވައިފި
Raajje

ރައީސް މުޢިއްޒު ކޮމަންވެލްތުގެ އެސްޖީއާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އޮނަރަބަލް ޝަރލީ އަޔޯކޯ ބޮޗްވޭއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް އޮފީހުން މަޢުލޫމާތުދިން ގޮތުގައި، މި ބައްދަލުވުމުގައި، ރާއްޖެއަށް ކޮމަންވެލްތުން މުހިންމު ދާއިރާތަކުން އެހީތެރިކަން ދިނުން ކުރިއަށްދާނެކަމުގެ ޔަގީންކަން ސެކްރެޓަރީ ޖެނެރަލް ވަނީ ދެއްވާފައެވެ. ރައީސް ޑރ. މުޢިއްޒު ވަނީ ބައިނަލްއަޤްވާމީ މަސްރަޙުގައި ކުދ...

މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގެންފި
Raajje

މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގެންފި

އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި “މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް”ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. މި ފޯރަމަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ސިލްސިލާ ފޯރަމްގެ 8 ވަނަ ބައްދަލުވުމެވެ. ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ އިޤްތިޞާދީ ގުޅުންތައް ހަރުދަނާކުރުމަށް އަމާޒުކޮށްގެން ބޭއްވުނު މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށް ދިވެހިރާއްޖޭ...

މަސްވެރިކަމުގެ އަމިއްލަ ދިވެހި ބްރޭންޑް އިފްތިތާހްކޮށްފި
Raajje

މަސްވެރިކަމުގެ އަމިއްލަ ދިވެހި ބްރޭންޑް އިފްތިތާހްކޮށްފި

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ އަމިއްލަ ބްރޭންޑް “ފްރޮމް މޯލްޑިވްސް” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަސްމީކޮށް އިއްޔެ އިފްތިތާހުކޮށްދެއްވައިފިއެވެ. ރައީސް މި ބްރޭންޑް އިފްތިތާހްކޮށްދެއްވާފައި ވަނީ އިނގިރޭސިވިލާތުގައި އިއްޔެ ބޭއްވި ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ތެރޭގައެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ބްރޭންޑްގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ގުޅުވާލުމާއި، ބައިނަލްއަގުވާމީ ވިޔަފާރީގެ ފައިދާ މުޖުތަމ...

ސްކޮލާޝިޕްގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފި
Raajje

ސްކޮލާޝިޕްގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފި

ތަޢުލީމާއި ސްކޮލާޝިޕްގެ ފުރުޞަތުތައް އިތުރުކުރުމަށް ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިނގިރޭސިވިލާތަށް ކުރަށްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގެ ތެރެއިން އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒް (ފޮރިން ސެކްރެޓަރީ) ރައިޓް ޑޭވިޑް ލެމީ އެމް.ޕީ އިއްޔެ ވަނީ ރައީސް މުޢިއްޒާއި ބައްދަލުކުރަށްވާފައެވެ. ރައީސް އޮފީހުން ބުނިގޮތުގައި މިއަދުގެ މި ބައްދ...

ރައީސް، އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ ''އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕް''ގެ މެންބަރުންނާ ބައްދަލުކުރައްވައިފި
News

ރައީސް، އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ ''އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕް''ގެ މެންބަރުންނާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕް (އޭ.ޕީ.ޕީ.ޖީ)ގެ ބައްދަލުކުރެއްވުމެއްގައި ބައިވެރިވެވަޑައިގެންފިއެވެ. މި ބައްދަލުކުރެއްވުމުގައި، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލާފައިވާއިރު، އޭ.ޕީ.ޕީ.ޖީގެ ކޯ-ޗެއަރ، ޔާސްމީން ޤުރެއިޝީ އެމް.ޕީ، ބައްދަލުވުން ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީވަމުން...

ރައީސް މުޢިއްޒާއި އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ބައްދަލުކުރަށްވައިފި
Raajje

ރައީސް މުޢިއްޒާއި އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ބައްދަލުކުރަށްވައިފި

އިނގިރޭސިވިލާތުގެ ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސް، ރައިޓް ސަރ ލިންޑްޒޭ ހޮޔިލް އެމް.ޕީ އާއި މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރަށްވައިފިއެވެ. ރައީސް މިހާރު އިނގިރޭސިވިލާތަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުގެ އަރިހަށް ސަރ ލިންޑްޒޭ ހޮޔިލް އެމް.ޕީ ވަނީ އިހްތިރާމްގެ ޒިޔާރަތެއް ކުރަށްވާފައެވެ. މި ޒިޔާރަތުގެ ތެރެއިން ދެބޭފުޅުން ވަނީ ބައްދަލުކުރަށްވައި މުހިންމު މަޝްވަރާތަކެއް ކުރަށްވާފައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސްގެ ރަސްމ...

ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި
Raajje

ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅަކީ މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވާ ދަތުރުފުޅެއްކަމަށެވެ. މި ދަތުރުފުޅުގައި، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުކުރެއްވުންތަކެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. ރައީސްއޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުނ...

''އާ ޓާމިނަލް މަސައްކަތް ތިން ރައީސެއްގެ ވެރިކަމުގައި ކުރެވުނު، އެއިން ކޮންމެ ރައީސަކަށް ވެސް ކްރެޑިޓް ދޭންޖެހޭނެ''
Raajje

''އާ ޓާމިނަލް މަސައްކަތް ތިން ރައީސެއްގެ ވެރިކަމުގައި ކުރެވުނު، އެއިން ކޮންމެ ރައީސަކަށް ވެސް ކްރެޑިޓް ދޭންޖެހޭނެ''

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތްތައް ތިން ރައީސެއްގެ ވެރިކަމުގައި ކުރެވިފައިވާތީ، އެއިން ކޮންމެ ރައީސަކަށް ވެސް އެކަމުގެ ޑިއު ކްރެޑިޓް ދޭންޖެހޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. އާ ޓާމިނަލްގެ ކްރެޑިޓް ދޭންވީ ކޮން ރައީސަކަށްތޯ ދެކެވޭ ވާހަކަތަކާއި ގުޅިގެން ޕްރެޒެންޓަރ ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅ...

އަލްސަންގެ އާއިލާއަށް ރައީސްގެ ތައުޒިޔާ، ޖަނާޒާ އަސުރުނަމާދަށްފަހު
Raajje

އަލްސަންގެ އާއިލާއަށް ރައީސްގެ ތައުޒިޔާ، ޖަނާޒާ އަސުރުނަމާދަށްފަހު

ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުޙައްމަދުގެ އާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ. ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. ”މަރްޙޫމް ޔޫސުފް އަލްސަން މުޙައްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަން. އެ މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން. އަދި، މި އެކްސިޑެންޓުގައި ހާނީއްކަވެ ފަރުވ...

ޔުމްނު ވެއްޓުނު ހާދިސާ ތަހްގީގުކުރަން އުފެއްދި ކޮމިޝަން އުވާލައްވައިފި
Raajje

ޔުމްނު ވެއްޓުނު ހާދިސާ ތަހްގީގުކުރަން އުފެއްދި ކޮމިޝަން އުވާލައްވައިފި

18 އޭޕްރީލް 2025 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ވެއްޓުނު ހާދިސާ ތަޙުޤީޤުކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އުފެއްދެވި ”ޚާއްޞަ ކޮމިޝަން” އެ މަނިކުފާނު އިއްޔެ އުވައިލައްވައިފިއެވެ. އެމަނިކުފާނު އިއްޔެ އެ ކޮމިޝަން އުވައިލައްވައިފައިވަނީ، ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގައިވާ ގޮތުގެ މަތީން، އެކަމަށްޓަކައި ނެރުއްވި ޤަރާރަކުންނެވެ. ރައީސް އެ ކޮމިޝަން އުފެއްދެވީ، 27 އެޕްރީލު 2025 ގައެވެ. އެ ކޮމިޝަނާ މަތިކުރެއްވީ، 18 އެޕްރީލު 2025 ވަނަ ދުވަހު މާލޭގެ ގެއެއްގެ […]

އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް
Raajje

އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް” (އެމް.އެމް.ޕީ.އާރު.ސީ) ގެ ނަން “ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް” އަށް މިއަދު ބަދަލުކުރައްވައިފިއެވެ. މި ބަދަލު ގެންނަވައި، މި ބަދަލު ގެންނެވި ރައީސްގެ ޤަރާރުގައި ވިދާޅުވެފައިވާ ގޮތުގައި މި ކުންފުންޏަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުންއަންނަ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖެ ފަތުރުވެރިކަމ...