މައި ޚަބަރަށް ދިޔުމަށް
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ރައީސް ނ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
Raajje

ރައީސް ނ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ކުރެއްވި ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ. މި ޖުލައި 21 ވަނަ ދުވަހު ރައީސް ފެއްޓެވި މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ނ.މާފަރަށެވެ. ފަހު މަންޒިލެއް ގޮތުގައި މިއަދު ހެނދުނު ވަޑައިގަތީ ޅޮއްސަށެވެ. ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި، ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީތަކާ ބައްދަލ...

ޅޮހީގައި ބައިނަލްއަޤްވާމީ ރާޅާއަޅާ ސަރަޙައްދެއް ހެދުމުގެ މަސައްކަތް ލަސްތަކެއްނުވެ ފަށަނީ
Raajje

ޅޮހީގައި ބައިނަލްއަޤްވާމީ ރާޅާއަޅާ ސަރަޙައްދެއް ހެދުމުގެ މަސައްކަތް ލަސްތަކެއްނުވެ ފަށަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނ. ޅޮއްސަށް މިއަދު ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ޅޮހީގައި ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ރާޅާއަޅާ ސަރަޙައްދެއް ހެދުމުގެ މަސައްކަތް ލަސްތަކެއްނުވެ ފެށޭނެ ކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.   ރައީސް ވިދާޅުވީ ރައްޔިތުން އެދިވަޑައިގެންނެވި ތަރައްޤީގެ އެހެން މަޝްރޫޢުތައްވެސް މާ ލަހެއް ނުވެ ފަށައި ނިންމަވައިދެއްވާނެ ކަމަށެވެ. ރައީސް މުޢިއްޒު ޅޮއްސަށް ކުރެއްވި މި ދަތުރުފުޅުގައި، ރަށުގެ ތަރައްޤީއަށް މުހިއްމު ގިނަ ކަންކަނ...

ރައްޔިތުންނަށް ޚިދުމަތްކުރުމަށް ނިސްބަތްވާ ސިޔާސީ ޕާޓީ ހުރަހަކަށް ވެގެންނުވާނެ: ރައީސް
Raajje

ރައްޔިތުންނަށް ޚިދުމަތްކުރުމަށް ނިސްބަތްވާ ސިޔާސީ ޕާޓީ ހުރަހަކަށް ވެގެންނުވާނެ: ރައީސް

ރައްޔިތުން އިންތިޚާބުކޮށްފައި ތިއްބަވާ ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީއަކީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މި މޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ، އެ މަނިކުފާނު ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތައް ކުރެއްވި ދަތުރުފުޅުގައި، ނ. ވެލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ތަރައްޤީ އަށް ކުރާ މަސައްކަތްތައް...

ރައީސް ދެއްވީ ނ.މަގޫދޫ އަށް ވެވަޑައިގެން ހުރިހާ ވަޢުދެއް ފުއްދަވާނެކަމުގެ ޔަގީންކަން
Raajje

ރައީސް ދެއްވީ ނ.މަގޫދޫ އަށް ވެވަޑައިގެން ހުރިހާ ވަޢުދެއް ފުއްދަވާނެކަމުގެ ޔަގީންކަން

ނ.މަގޫދޫ އަށް ވެވަޑައިގެން ހުރިހާ ވަޢުދެއް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ދެއްވައިފިއެވެ. ރައީސް މިޔަގީންކަން ދެއްވީ ނ.އަތޮޅަށް ކުރަށްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި އިއްޔެ މަގޫދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވިވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި ސަރުކާރުން އެކިކަހަލަ މަސައްކަތްތައް ކުރެއްވީ، ރަށްރަށުގައި މަޝްރޫޢުތައް ހިންގޭނެ ގޮތަށް ކަންކަން ތަރުތީބުކުރުމަށްޓަކައި ކަމަށެވެ....

މިލަދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި މަގު ހެދުމުގެ މަސައްކަތް އޯގަސްޓްގައި ފަށަނީ
Raajje

މިލަދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި މަގު ހެދުމުގެ މަސައްކަތް އޯގަސްޓްގައި ފަށަނީ

ނ. މިލަދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި މަގު ހެދުމުގެ މަސައްކަތް އަންނަ އޯގަސްޓް މަހު ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު،ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު އިޢުލާންކުރެއްވީ މިލަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ. އާ، އަދި މަގު ހެދުމުގެ މަސައްކަތް އާރް.ޑީ.ސީ. އާ ޙަވާލުކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވިގޮތުގައި ގިރާ ސަރަޙައްދުގެ މަސައްކަތް ކުރިއަށްގެންދަވާނީ ރައ...

ފޮއްދިއްޕަރު ފަޅުގެ ނަފާ ފޮއްދޫ ކައުންސިލަށް ލިބޭނެގޮތަށް ހަދަނީ
Raajje

ފޮއްދިއްޕަރު ފަޅުގެ ނަފާ ފޮއްދޫ ކައުންސިލަށް ލިބޭނެގޮތަށް ހަދަނީ

ނ. ފޮއްދިއްޕަރު ފަޅުގެ ނަފާ ފޮއްދޫ ކައުންސިލަށް ލިބޭނެގޮތަށް ކަންކަން ހަމަޖެއްސަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ފޮއްދިއްޕަރު ފަޅަކީ ފޮއްދޫ ކައިރީގައި އޮންނަ ހިމާޔަތްކުރެވިފައިވާ ފަޅެކެވެ. ރައީސް މިފަދައިން ވިދާޅުވީ ނ.އަތޮޅަށް ކުރަށްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި މިއަދު ހެނދުނު ފޮއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވިވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އެފަޅަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވ...

ނިޢުމާތުގެ މަޤާމުގެ މުއްދަތު 5 އަހަރު ދުވަހަށް އިތުރުކުރައްވައިފި
Raajje

ނިޢުމާތުގެ މަޤާމުގެ މުއްދަތު 5 އަހަރު ދުވަހަށް އިތުރުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމުގައި ހުންނެވި މާފަންނު މާފުށީގެ ނިޢުމާތު ޝަފީޤުގެ މަޤާމުގެ މުއްދަތު 5 (ފަހެއް) އަހަރު ދުވަހަށް މިއަދު އިތުރުކުރައްވައިފިއެވެ. ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަޤާމަށް ނިޢުމާތު ޝަފީގު އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު 23 ޖުލައި 2020 ގައެވެ. ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަޤާމުގެ ދައުރެއްގެ މުއްދަތަކީ 5 އަހަރެވެ. ނިޢުމާތުގެ މަޤާމުގެ ފުރަތަމަ ދައުރުގެ މުއްދަތު، މި މަހުގެ 23 ވަނަ ދުވަހު ހަމ...

ސިޔާސީ އޮއިވަރެއްގައި ޤައުމު ޖެއްސުމުގެ އާދަ މި ސަރުކާރުން ވަނީ ނައްތާލާފައި: ރައީސް
Raajje

ސިޔާސީ އޮއިވަރެއްގައި ޤައުމު ޖެއްސުމުގެ އާދަ މި ސަރުކާރުން ވަނީ ނައްތާލާފައި: ރައީސް

ސިޔާސީ އޮއިވަރެއްގައި ޤައުމު ޖެއްސުމުގެ އާދަ މި ސަރުކާރުން ވަނީ ނައްތާލާފައިކަމަށް ރައީސް ޑރ. މިހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، 2040 ވަނަ އަހަރު އަންނަ އިރު ދިވެހިރާއްޖެ އަކީ ތަރައްޤީވެފައިވާ ޤައުމެއްކަމުގައި ހެދުމަށް ހިފާފައިވާ އަމާޒަށް ވާޞިލުވެވޭނީ، ދިވެހި ހުރިހާ ރައްޔިތުން، އެއް ވިސްނުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި...

ނ. ވިހަފަރުގައި އެއާޕޯޓެއް ތަރައްޤީކުރަނީ
Raajje

ނ. ވިހަފަރުގައި އެއާޕޯޓެއް ތަރައްޤީކުރަނީ

ނ. ވިހަފަރުގައި ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފައްޓަވާނޭކަމަށް ރައީސް މުޙައްމަދު މުޢިއްޒު އިއްޔެ އިޢުލާންކުރަށްވައިފިއެވެ. ރައީސް ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ނ. އަތޮޅު މާފަރުގައި ވައިގެބަނދަރެއް އޮތްކަމުގައި ވިޔަސް، ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ ހިމެނޭ ސަރަޙައްދުގައި އިތުރު ވައިގެބަނދަރެއް އޮތުން މުހިންމުކަމަށް ދެކެވަޑައިގަންނަވާކަމ...

ތޮޅެންދޫ، މާޅެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ޤާނޫނީ ހައްލެއް ހޯދަނީ
Raajje

ތޮޅެންދޫ، މާޅެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ޤާނޫނީ ހައްލެއް ހޯދަނީ

ތޮޅެންދޫ އަކީ މާޅެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ޤާނޫނީ ހައްލެއް ހޯދަން މަސައްކަތްކުރަށްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.   އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ނޫނު އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މާޅެންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވިގޮތުގައި ތޮޅެންދޫ، މާޅެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް އެ މަނިކުފާނު ނިންމަވާފައިވީނަމަވެސް ކޯޓު މަރުޙަލާގައި މައްސަލައެއް އޮތުމުން،...

ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ރައީސް ނިންމަވައިފި
Raajje

ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ރައީސް ނިންމަވައިފި

މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ކުރިމަތިލައި ޝަރުތު ހަމަވި ހުރިހާ ދަރިވަރިންނަށް ވެސް ލޯނު ދިނުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓް އާންމުކޮށްފައެވެ. މިއަހަރު ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ހުޅުވާލި 500 ފުރުޞަތަށް ޖުމްލަ 1338 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. މި ދަރިވަރުންގެ ތެރެއިން...

ދެ އަހަރަށް ބަހާލައިގެން ހުރިހާ ވަޢުދެއްގެ މަސައްކަތް ފަށައި ނިންމާނަން: ރައީސް
Raajje

ދެ އަހަރަށް ބަހާލައިގެން ހުރިހާ ވަޢުދެއްގެ މަސައްކަތް ފަށައި ނިންމާނަން: ރައީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންނަށް ވެފައިވާ ހުރިހާ ވަޢުދެއްގެ މަސައްކަތް ދެ އަހަރަށް ބަހާލައިގެން ފަށާނެކަމަށާއި، އެކަން ނިންމާނެކަމާމެދު އެއްވެސް ޝައްކެއް ނުކުރަށްވާކަމަށް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ނޫނު އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މަނަދޫ އަށް ވަޑައިގެން ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުން ހަމަ ޕްލޭންކޮށްފައި އޮތްގޮތަށް މި އަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ފަށައި، އަދި އަންނަ އަހަރު ދެން...

ކެނދިކުޅުދޫ މެންގްރޫވް އައިލޭންޑް ކޮންސެޕްޓަށް ތަރައްޤީކުރުމަށް މަސައްކަތްކޮށްދޭނަން: ރައީސް
Raajje

ކެނދިކުޅުދޫ މެންގްރޫވް އައިލޭންޑް ކޮންސެޕްޓަށް ތަރައްޤީކުރުމަށް މަސައްކަތްކޮށްދޭނަން: ރައީސް

ކެނދިކުޅުދޫ މެންގްރޫވް އައިލޭންޑް ކޮންސެޕްޓަށް އިކޯ ޓޫރިޒަމް ތަރައްޤީކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ނ.އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކެނދިކުޅުދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ކެނދިކުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށުގައި ހުންނަ ގުދުރަތީ ރީތިކަމުގެ ފައިދާ އެރަށްރަށުންވެސް ބޭނުންވާ...

މުޅި ރާއްޖޭގައި މަގުހެދުމުގެ މަޝްރޫޢު މި އަހަރު ފަހުކޮޅު ފެށޭނެ: ރައީސް
Raajje

މުޅި ރާއްޖޭގައި މަގުހެދުމުގެ މަޝްރޫޢު މި އަހަރު ފަހުކޮޅު ފެށޭނެ: ރައީސް

މުޅި ރާއްޖޭގައިވެސް މަގު ހެދުމުގެ މަޝްރޫޢު މި އަހަރު ފަހުކޮޅު ފަށައި، މިއަންނަ އަހަރު ތެރޭގައި ގިނަ ރަށްރަށުގެ މަގުހެދުމުގެ މަސައްކަތްތައް ކުރަން ކަނޑައަޅާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ނ.އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ މަންޒިލެއްގެ ގޮތުގައި މާފަރަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، މަގުހެދުމަކީ އެމަނިކުފާނު ރައްޔިތުންނަށް ވެފައިވާ ވަޢުދެއްކަމަށ...

މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް ހޮޓަލެއް ތަރައްޤީކުރަނީ
Raajje

މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް ހޮޓަލެއް ތަރައްޤީކުރަނީ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ބޮޑުކޮށް،  ފަތުރުވެރިން މަޑުކޮށްލާނެ ހޮޓަލެއް ތަރައްގީކުރަށްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނުކުފާނު މިއަދު ނ.އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ މަންޒިލެއްގެ ގޮތުގައި މާފަރަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އަޕްގްރޭޑް ކުރުމަށްފަހު މިމަހުގެ 8 ވަނަ ދުވަހުވަނީ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފައ...