18 އޭޕްރީލް 2025 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ވެއްޓުނު ހާދިސާ ތަޙުޤީޤުކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އުފެއްދެވި ''ޚާއްޞަ ކޮމިޝަން" އެ މަނިކުފާނު އިއްޔެ އުވައިލައްވައިފިއެވެ.

އެމަނިކުފާނު އިއްޔެ އެ ކޮމިޝަން އުވައިލައްވައިފައިވަނީ، ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގައިވާ ގޮތުގެ މަތީން، އެކަމަށްޓަކައި ނެރުއްވި ޤަރާރަކުންނެވެ. ރައީސް އެ ކޮމިޝަން އުފެއްދެވީ، 27 އެޕްރީލު 2025 ގައެވެ.

Ad
rt

އެ ކޮމިޝަނާ މަތިކުރެއްވީ، 18 އެޕްރީލު 2025 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަޙުޤީޤެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ކޮށް، ރައީސަށް ލަފާއެރުވުމަށެވެ.

ޔުމްނު ވެއްޓުނު މައްސަލަ: ކޮމިޝަންގެ ރިޕޯޓު ތަންފީޒުކުރަން ރައީސް އަންގަވައިފި

ކޮމިޝަނުގެ ތަހުޤީޤު ރިޕޯޓު ޢާންމުކުރައްވާފައިވަނީ 17 ޖޫން 2025 ގައެވެ. އަދި ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއަށާއި، ޞިއްޙީ ވުޒާރާއަށް، ރައީސް ވަނީ 23 ޖޫން 2025 ގައެވެ.

ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި, ބަޔަކު އޭނާ އިމާރާތުން ވައްޓާލީ ކަމަށް ނުބެލެވޭ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. ކޮމިޝަންގެ ރިޕޯޓުގައިވަނީ ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވައްޓާލީ ކަމަށް ބެލެވޭނެ ހެއްކެއް ނެތް ކަމަށާއި އަދި ރައުދު ނުވަތަ އެހެން މީހަކު ގަސްދުގައި އެފަދަ އަމަލެއް ހިންގާފައިވާ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ޔުމްނުގެ ބަޔާނެއް މިހާތަނަށް ވެސް ނުލިބޭތީ, އޭނާ ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ކޮމިޝަންގެ ނިންމުމުގައިވެ އެވެ.