މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
އޮމަދޫ ރައްޔިތުންނަށް ނަފާ ލިބިދިނުމަށް އެރަށަށް ތިން ފަޅު ދީފި
Raajje

އޮމަދޫ ރައްޔިތުންނަށް ނަފާ ލިބިދިނުމަށް އެރަށަށް ތިން ފަޅު ދީފި

އދ. އަތޮޅުގެ ތިން ފަޅެއް އެއަތޮޅު އޮމަދޫގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. ރައީސް އޮމަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވީ އެއަތޮޅު ކުޑަދޫފަޅު ހިމެނޭހެން އިތުރު ދެ ފަޅެކެވެ. އެއީ އެއަތޮޅު ކޯޑު ނަންބަރު RF1329 ފަޅާއި ކޯޑު ނަންބަރު RF1330 ފަޅެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ފަޅުތައް ދީފައި ވަނީ އޮމަދޫގައި ފަތުރުވެރިކަން ހިމެނޭގޮތުން އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް މަންފާވާނެފަދަ ތަރައްޤީގެ މަސައްކަތްތައް ހިންގުމަށްޓަކައެވެ. މިއީ ރައީސްގެ ވަޢުދުފުޅެކ...

ރައީސް އދ.އަތޮޅަށް ފުރާވަޑައިގެންފި
Raajje

ރައީސް އދ.އަތޮޅަށް ފުރާވަޑައިގެންފި

އަރިއަތޮޅު ދެކުނުބުރީ (އދ.އަތޮޅު)ގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް މުޙައްމަދު މުޢިއްޒު، ފުރާވަޑައިގަންނަވައިފިއެވެ، ރައީސްގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ ރަށްރަ...

ހާއްސަ ލުއިތަކާއެކު ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމުގެ މަޝްރޫޢުއެއް
Raajje

ހާއްސަ ލުއިތަކާއެކު ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމުގެ މަޝްރޫޢުއެއް

ރާއްޖޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް އަމާޒުކޮށް، ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢަކީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި، ކެރިފޯރުންތެރި އަދި ދެމެހެއްޓެނިވި ހައުސިންގ މާކެޓެއް އުފެއްދުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން، އިމާރާތްކުރާ ފަރާތްތަކަށް ޚާއްޞަ ލުއިތަކެއް ދިނުމާއެކު، އެ ފަރާތްތަކު...

އައްޑޫގައި ނަގާ ރިފަރަންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއްނެތް: ރައީސް
Raajje

އައްޑޫގައި ނަގާ ރިފަރަންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއްނެތް: ރައީސް

އައްޑޫގައި ނަގާ ރިފަރަންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއްނެތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެންނަން ބޭނުންވާކަމަށް އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާ ގުޅިގެން، އެ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރިފަރަންޑަމްއެއް ބޭއްވުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ ނިންމާފައެވެ. މިކަމާ ގުޅިގެން ރައީސް މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އައްޑޫގެ ފޭދޫ، ހު...

މުދައްރިސުންގެ ހިންމަތަކީ ދުނިޔެއާއި އާޚިރަތުގެ މަންފާ އެކުލެވިފައިވާ ފަޚުރުވެރި ޚިދުމަތެއް: ރައީސް
Raajje

މުދައްރިސުންގެ ހިންމަތަކީ ދުނިޔެއާއި އާޚިރަތުގެ މަންފާ އެކުލެވިފައިވާ ފަޚުރުވެރި ޚިދުމަތެއް: ރައީސް

މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެއާއި އާޚިރަތުގެ މަންފާ އޭގައި އެކުލެވިފައިވާ، މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ، ޤަދަރުވެރި، ފަޚުރުވެރި ޚިދުމަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބައިނަލްއަޢުވާމީ މުދައްރިސުންގެ ދުވަހާއި ގުޅިގެން، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ، މި ޤައުމުގެ ދިދަ މާދަމާ އުފުލާނެ ޢަޒުމު ވަރުގަ...

''އަންހެނުންނަކީ ސުލްހަ މަސަލަސްކަން ޙިމާޔަތްކޮށް، މުޖުތަމަޢުގައި ޤާބިލުކަން އިތުރުކޮށްދޭ ރަމްޒެއް''
Raajje

''އަންހެނުންނަކީ ސުލްހަ މަސަލަސްކަން ޙިމާޔަތްކޮށް، މުޖުތަމަޢުގައި ޤާބިލުކަން އިތުރުކޮށްދޭ ރަމްޒެއް''

އަންހެނުންނަކީ ސުލްހަ މަސަލަސްކަން ޙިމާޔަތްކޮށް، މުޖުތަމަޢުގައި ޤާބިލުކަން އިތުރުކޮށްދޭ ވަރުގަދަ ރަމްޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ހެނދުނު ބޭއްވުނު “މޯލްޑިވްސް ވިމެން އިން ޕޮލީސިންގް ސަމިޓް 2025” ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި، ސިފައިންނާއި ކަސްޓަމްސްއާއި، އިމިގްރޭޝަނާއި އަދި މިނޫންވެސް، ޔުނިފޯމުއަޅައިގެން ޚިދުމަތްކުރ...

އިސްލާމީ އޮނިގަނޑަށް ފެތޭ ދިވެހިވަންތަ ޕްރޮގްރާމްތައް އުފެއްދުން ބްރޯޑްކާސްޓަރުންގެ ޢަޒުމަކަށް ހަދަންޖެހޭ: ރައީސް
Raajje

އިސްލާމީ އޮނިގަނޑަށް ފެތޭ ދިވެހިވަންތަ ޕްރޮގްރާމްތައް އުފެއްދުން ބްރޯޑްކާސްޓަރުންގެ ޢަޒުމަކަށް ހަދަންޖެހޭ: ރައީސް

ބްރޯޑްކާސްޓަރުންގެ އަމާޒަކަށް ވާންޖެހޭނީ އިސްލާމީ އޮނިގަނޑަށް ފެތޭ ދިވެހިވަންތަ ޕްރޮގްރާމްތައް އުފެއްދުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޤައުމީ ބްރޯޑްކާސްޓިންގ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚާއްޞަ މެސެޖުގައެވެ. ރައީސްގެ މެސެޖުގައި، ބްރޯޑްކާސްޓިންގ ދާއިރާގެ އެންމެހާ މުވައްޒަފުންނަށް ތަހުނިޔާ އަރިސްކުރައްވަމުން، މި ދާއިރާއަކީ ޚަބަރާއި މަޢުލޫމާތު އަދި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއ...

ސްކޭޓިން އެރީނާއާއެކު ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް ފަހިވާނެ: ރައީސް
Raajje

ސްކޭޓިން އެރީނާއާއެކު ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް ފަހިވާނެ: ރައީސް

މާލޭ އުސްފަސްގަނޑުގައި ތަރައްގީކުރާ ސްކޭޓް އެރީނާގެ ސަބަބުން ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް ފަހިވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި އެރީނާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އިއްޔެ ހަވީރު ވަނީ ބާއްވާފައެވެ. މި މުހިންމު މަޝްރޫޢުއާ ގުޅޭގޮތުން ރައީސް މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އުސްފަސްގަނޑު ސަރަހައްދުގައި ޤާއިމްކުރެވޭ ދާއިމީ ސްކޭޓިން އެރީނާއަކީ ކުޅިވަރާއި އިޖުތިމާޢީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ މުހިންމު މަޝްރޫޢުއެއް ކަމަށެވެ. “މި...

މާލޭގައި ތަރައްގީކުރާ ސްކޭޓް އެރީނާގެ ބިންގާ އަޅައިފި
Raajje

މާލޭގައި ތަރައްގީކުރާ ސްކޭޓް އެރީނާގެ ބިންގާ އަޅައިފި

ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސްކޭޓް ކުޅިވަރަށް ޚާއްސަ މައިދާނެއްގެ ބޭނުން ހިފޭނެގޮތަށް، މާލޭ އުސްފަސްގަނޑުގައި ތަރައްގީކުރާ ސްކޭޓް އެރީނާގެ ބިންގާ އިއްޔެ އަޅައިފިއެވެ. މި އެރީނާގެ ބިންގާ އަޅުއްވައިދެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ޢަބްދުﷲ ރާފިޢުއާއި، މަސައްކަތުގެ ކޮންޓެކްޓަރ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އާދަމް ރަޙީމް އެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައި...

ރައީސް، ނޭޝަނަލް ސަރފިންގ ސްޓޭޑިއަމްގެ މަސައްކަތް ބައްލަވައިލައްވައިފި
Raajje

ރައީސް، ނޭޝަނަލް ސަރފިންގ ސްޓޭޑިއަމްގެ މަސައްކަތް ބައްލަވައިލައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނޭޝަނަލް ސަރފިންގ ސްޓޭޑިއަމްގެ މަސައްކަތް އިއްޔެ ހަވީރު ބައްލަވާލައްވައިފިއެވެ. ނޭޝަނަލް ސަރފިންގ ސްޓޭޑިއަމް ތަރައްގީކުރަމުން އަންނަނީ މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަޙައްދުގައެވެ. މިތަން ތަރައްގީކުރުމުގެ މަސައްކަތް ބައްލަވައިލެއްވުމަށް ރައީސް އިއްޔެ ހަވީރުކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ މަސައްކަތް ކުރިއަށްދާ ގޮތުގެ އަދާހަމަ މަޢުލޫމާތު ހޯއްދަވައިފައެވެ. މި ޒިޔާރަތުގައި ރައީސްގެ އަރިހުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެނ...

ވިޔަފާރިތަކުން ހުށަހަޅާފައިވާ ބިލުތަކަށް 5 ހަފްތާ ތެރޭ ފައިސާދީ ނިންމަނީ
Raajje

ވިޔަފާރިތަކުން ހުށަހަޅާފައިވާ ބިލުތަކަށް 5 ހަފްތާ ތެރޭ ފައިސާދީ ނިންމަނީ

ސަރުކާރުން ރާއްޖޭގެ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ކުރިއަށް އޮތް 5 ހަފްތާގެ ތެރޭގައި އެއްކޮށް ދީ ނިންމަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، 17 ނޮވެމްބަރު 2023 ގައި އެމަނިކުފާނު ސަރުކާރު ހިންގުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާފައިވާ މަސައްކަތްތަކަށް ފައިސާ ނުދީ ހުރި އެތައް ހާސް ބިލުތަކެއް ހުރި ކަމަށެވެ. “ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢ...

ރާއްޖޭގެ ފުޓުބޯޅައަށް ޚާއްޞަ އަހައްމިޔަތުކަމެއް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
Raajje

ރާއްޖޭގެ ފުޓުބޯޅައަށް ޚާއްޞަ އަހައްމިޔަތުކަމެއް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ކުޅިވަރު ކުރިއެރުވުމުގައި ރާއްޖޭގެ ފުޓުބޯޅައަށް ޚާއްޞަ އަހައްމިޔަތުކަމެއް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. މި ޔަގީންކަން އެމަނިކުފާނު ދެއްވާފައިވަނީ މިއަދު ހަވީރު ސިޓްރަން ރެސްޓޯރަންޓްގައި ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމާއެކު ބޭއްވި ޚާއްޞަ ސައިފޮދެއްގައި ބައިވެރިވެވަޑައިގެން، ޓީމުގެ ކުޅުންތެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ ފުޓުބޯޅައަކީ ހުރިހާ ދިވެހިން އަދި ޚުދު އެމަނިކުފާނުވެސް އެންމެ ޝައުޤުވެރިވެވަޑައިގަންނަވާ އަދި ބައްލަވާހިތްޕުޅުވާ ކު...

ފްލޮޓީލާއަށް ހުރަސްއެޅުމަކީ ބައިނަލްއަޤްވާމީ ޤާނޫނަށް ކުރެވޭ ނުރައްކާތެރި ފުރައްސާރައެއް: ރައީސް
Raajje

ފްލޮޓީލާއަށް ހުރަސްއެޅުމަކީ ބައިނަލްއަޤްވާމީ ޤާނޫނަށް ކުރެވޭ ނުރައްކާތެރި ފުރައްސާރައެއް: ރައީސް

ޣައްޒާއަށް އިންސާނީ އެހީ ހިފައިގެންދާ ގްލޯބަލް ސުމޫދު ފްލޮޓިލާގެ އުޅަނދުތަކަށް އިޒްރޭލުން ހުރަސްއެޅުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. މި މައްސަލައާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ބައިނަލްއަޤްވާމީ ކަނޑުގައި ދަތުރުކުރަމުންދިޔަ، ހަތިޔާރު ނުގެންގުޅޭ މަދަނީ އުޅަނދުތަކެއް ކަމުގައިވާ ގްލޯބަލް ސުމޫދު ފްލޮޓިލާ އިޒްރޭލުން ހުއްޓުވާލުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ބިރުދެއްކުންތ...

މި އަހަރު މާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢުއެއް ފަށަނީ
Raajje

މި އަހަރު މާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢުއެއް ފަށަނީ

މި އަހަރު ނިމުމުގެ ކުރިން މާލޭގައި 3،000 ހައުސިން ޔުނިޓްގެ މަޝްރޫޢުއެއް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެ އެވެ. ރައީސް މި ކަން އިޢުލާނު ކުރެއްވީ ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މި ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ އިންޑިއާގެ ލޯނު އެހީގައި މާލެ ސަރަޙައްދުގައި އިތުރު 4،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތްވެސް ފައްޓަވާނެ ކަމަށެވެ. “ބޯހިޔާވަހިކަމުގެ ދާއިރާއަށް ބެލިނަމަވެސް […]

ވަޠަނީ ޚިދުމަތް އިފްތިތާހުކޮށްފި
Raajje

ވަޠަނީ ޚިދުމަތް އިފްތިތާހުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ވަޠަނީ ޚިދުމަތް މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ. ޅ. މާފިލާފުށީގައި ހުންނަ ދިވެހި ޤައުމީ ދިފާޢީ ބާރުގެ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ދިވެހި ވަޠަނީ ޚިދުމަތް އިފްތިތާޙުކޮށްދެވުމަށްފަހު، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ވަޠަނީ ޚިދުމަތުގެ ދިދަ ހަވާލުކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ފުރ...