އެންމެ ދެކުނުގެ ދެ ސިޓީ އަށް ރައީސް ފުރާވަޑައިގެންފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ ފުވައްމުލަކާއި އައްޑު އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށް ރައީސް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ހިމެނޭ ދަތުރުފުޅެކެވެ. މި ދެ ދުވަހުގެ ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ފުވައްމުލައް އަދި އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައެވެ. މި ދަތުރ...