މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ރައީސް ބޭނުންފުޅުނުވާކަމެއް ޕީއެންސީގައި ނުހިނގާނެ: ފަލާހް
Raajje

ރައީސް ބޭނުންފުޅުނުވާކަމެއް ޕީއެންސީގައި ނުހިނގާނެ: ފަލާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުނުވާ އެއްވެސް ކަމެއް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތެރޭގައި ނުހިނގާނެ ކަމަށާއި، އެ ޕާޓީން އެންމެ ފަހުން ބޭއްވި ސެނެޓް ބައްދަލުވުމަށް އެމަނިކުފާނު ވަކި ކަމެއް ހުށަހަޅުއްވާފައި ނުވާ ކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ފަލާހު މިހެން ވިދާޅުވީ، ޕީއެންސީގެ ރައީސް ޑރ. މުޢިއްޒު ހުށަހެޅުއްވި ހުށަހ...

ފިތުނަ އުފައްދައިގެން ޕީއެންސީ ބައިބައެއް ނުކުރެވޭނެ: އަބުދުއްރަޙީމް
Raajje

ފިތުނަ އުފައްދައިގެން ޕީއެންސީ ބައިބައެއް ނުކުރެވޭނެ: އަބުދުއްރަޙީމް

ފިތުނަ ފަސާދަ އުފައްދައިގެން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ބައިބައި ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީއެންސީގެ ތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އަބްދުއްރަހީމް މިފަދައިން ވިދާޅުވީ ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް އެ ޕާޓީގެ ސެނެޓުން ދެކޮޅު ހަދާފައިވާ ކަމަށް ބުނ...

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް
Raajje

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާއިރު، މި ދުވަސްވަރަކީ ޙައްޖު ދުވަހާއި ބޮޑު ޢީދާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްވަރެކެވެ. މެއި މަހުގެ 24 ވާ އާދީއްތަ ދުވަހާއި، އެ މަހުގެ 25 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވުމާއެކު، މެދުނުކެނޑޭ ގޮތަށް މެއި 22 އިން 30 އަށް ދިގު […]

ޗައިނާގައި ހިނގި ގޭސް އެކްސްޕްލޯޝަންގެ ޙާދިސާއާއި ގުޅިގެން ރައީސް މުޢިއްޒުގެ ތަޢުޒިޔާ
International

ޗައިނާގައި ހިނގި ގޭސް އެކްސްޕްލޯޝަންގެ ޙާދިސާއާއި ގުޅިގެން ރައީސް މުޢިއްޒުގެ ތަޢުޒިޔާ

ޗައިނާގެ ޝާންޝީ ޕްރޮވިންސްގެ ލިއުޝެންޔޫ ކޯލް މައިންގައި ހިނގި ނުރައްކާތެރި ގޭސް އެކްސްޕްލޯޝަންގެ ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހާދިސާގައި އެތައް ބަޔަކު މަރުވެ، އަދި ގިނަ ބަޔަކަށް އަނިޔާ ލިބިފައިވާތީ އެކަމާ ހިތާމަ ކުރައްވާކަމުގައި ބަޔާން ކުރައްވާފައިވެއެވެ. އަދި މިހާދިސާގައި މަރުވި މީހުންގެ ޢާއިލާ ތަކަށާއި، ޗައިނާ ސަރުކާރަށާ ރައްޔިތުންނަށް، ދިވެހި ސަރުކާރާ...

ނަނާ ހުވަފެން ނުދައްކަވާ، ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ: އަބުދުއްރަހީމް
Politics

ނަނާ ހުވަފެން ނުދައްކަވާ، ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ: އަބުދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް އިދިކޮޅު އެމްޑީޕީއަށް ނުނެގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އަބްދުއްރަޙީމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) ގެ ކެމްޕެއިން އިފްތިތާޙްކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރަށްވާ އ...

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް 63 ޒުވާނަކު ދަަސްވެނިވެއްޖެ
Raajje

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް 63 ޒުވާނަކު ދަަސްވެނިވެއްޖެ

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް 63 ޒުވާނަކު މިއަދު ދަސްވެނިވެއްޖެއެވެ. މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދަސްވެނިވި ހުރިހާ ޒުވާނުންނަށް މަރުޙަބާ ވިދާޅުވެފައެވެ. މި ފަހަރު ދަސްވެނިވި ޒުވާނުންގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ 37 ޒުވާނުންނާއި، 18 އަހަރުގެ 24 ޒުވާނުން އަދި 19 އަހަރުގެ 2 ޒުވާނުންނެވެ. ރައީސްގެ މެސެޖުގައި މި މުނާސަބަތުގައި ހުރިހާ ދަސްވެނިންނަށާއި، އެ […]

ވަކިވެ ދިޔައީ އެންމެންނާ ރަޙްމަތްތެރި، އޯގާތެރި މިތުރެއް، ރައީސްގެ ތައުޒިޔާ
Raajje

ވަކިވެ ދިޔައީ އެންމެންނާ ރަޙްމަތްތެރި، އޯގާތެރި މިތުރެއް، ރައީސްގެ ތައުޒިޔާ

ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރައްވައިފައިވާ އަލްމަރްޙޫމް ޢަލީ ޒުބައިރު ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތައުޒިޔާ ފޮނުއްވައިފިއެވެ. މީސްމީޑިއާ މެދުވެރިކުރައްވައި، މަރްޙޫމް ޢަލީ ޒުބައިރުގެ ލޮބުވެތި ޢާއިލާއަށާއި މާލެ ސިޓީގެ ރައްޔިތުންނަށާއި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ތައުޒިޔާ ފޮނުއްވަމުން  ރައީސް މުޢިއްޒު ވިދާޅުވީ އަލްމަރްޙޫމް ޢަލީ ޒުބައިރަކީ ދައުލަތަށް 43 އަހަރާއި 11 މަހަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅެއް ކ...

މިނިސްޓްރީތަކަށް ގެންނެވި ބަދަލާއި އެކު އެކަމުގެ ހެޔޮ ނަތީޖާ ފެނޭ: ރައީސް
Raajje

މިނިސްޓްރީތަކަށް ގެންނެވި ބަދަލާއި އެކު އެކަމުގެ ހެޔޮ ނަތީޖާ ފެނޭ: ރައީސް

ވަޒީރުންގެ މަޖިލީހަށާއި ސަރުކާރުގެ ވުޒާރާތަކަށް ގެންނެވި ބަދަލުތަކާއެކު، ސަރުކާރުގެ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އަލަށް ފެށި “ނޭޝަން ޗެޓް” ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ރައްޔިތުން ބުނެދިނީ އެމަނިކުފާނު ބަދަލުތައް ގެންނަވަންޖެހޭ ކ...

ރައްޔިތުންގެ ޝަކުވާތައް ހުށަހަޅާ އޮފީސް ޖުލައި 26 ގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރަނީ
Raajje

ރައްޔިތުންގެ ޝަކުވާތައް ހުށަހަޅާ އޮފީސް ޖުލައި 26 ގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރަނީ

ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި ޚާއްޞަކޮށްގެން އުފައްދާ “ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ” ކުރިއަށް އޮތް މިނިވަން ދުވަސް، ނުވަތަ ޖުލައި މަހުގެ 26 ގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އަލަށް ފެށި “ނޭޝަން ޗެޓް” ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މުޅި ސަރުކާރުގެ ނިޒާމުގެ ތެރޭގައ...

ސިޔާސީ ހަމަޖެހުން ގެނެސްދީފިން، އެއްވެސް މީހަކު ބިރުގަންނާކަށް ނުޖެހޭނެ: ރައީސް
Raajje

ސިޔާސީ ހަމަޖެހުން ގެނެސްދީފިން، އެއްވެސް މީހަކު ބިރުގަންނާކަށް ނުޖެހޭނެ: ރައީސް

އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް، ރާއްޖޭގައި މިއަދު ސިޔާސީ އެއްވެސް މީހަކު ޖަލަށްލާފައި ނުވާނެ ކަމަށާއި، ކޮންމެ މީހަކަށްވެސް ސިޔާސީ މަސައްކަތް ކުރުމުގެ މަގު ފަހިވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އަލަށް ފެށި “ނޭޝަން ޗެޓް” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ކުރިން އޮތް ސިޔާސީ ބަދަލުހިފުމާއި ސިޔާސީ މީހުން ޖަލަށްލުމުގެ ސަގާފަތް މިހާރު ނިމުމަކަށް ގެނެސްފައިވާ ކަ...

ގަދަނުވާ ވަރަށް ބަލިވުމުން މިހާރު ޕެންޝަން ފައިސާ ބޭނުންކުރެވޭނެ
Raajje

ގަދަނުވާ ވަރަށް ބަލިވުމުން މިހާރު ޕެންޝަން ފައިސާ ބޭނުންކުރެވޭނެ

އަހަރަކަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދެއް ނެތް މީހުންނަށް ޕެންޝަން އެކައުންޓްގައި ހުރި ފައިސާ ބޭނުންކުރެވޭގޮތަށް ފާސްކޮށްފައިވާ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ މިދިޔަ މޭ މަހުގެ 14 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި އިޞްލާޙުގެ ދަށުން ޕެންޝަން ނިޒާމަށް […]

ރައީސް ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޕްރޮގްރާމެއް މިރޭ ފަށަނީ
Raajje

ރައީސް ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޕްރޮގްރާމެއް މިރޭ ފަށަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޕްރޮގްރާމެއް ދައުލަތުގެ މީޑިއާއިން މިރޭ ގެނެސްދޭން ފަށާނެކަމަށް އެ ކުންފުނިން ބުނެފިއެވެ. މި ޕްރޮގްރާމަށް ދީފައި ނަމަކީ “ނޭޝަން ޗެޓް” އެވެ. މި ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑް މިރޭ 9:00 ގައި އެސްއެމް ނިއުސްގެ އިތުރުން ޓީވީއެމް އަދި ދިވެހިރާއްޖޭގެ އަޑުން ވެސް ބްރޯޑްކާސްޓް ކުރާނެކަމަށް ޕީއެސްއެމުން ވަނީ ބުނެފައެވެ. މި ޕްރޮގްރާމަކީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ކުރިއަށްގ...

ރައްޔިތުންގެ ޝަކުވާތައް ހުށަހެޅުމަށް އުފެއްދި އޮފީހުގެ ވެރިޔަކަށް މާހިދު
Raajje

ރައްޔިތުންގެ ޝަކުވާތައް ހުށަހެޅުމަށް އުފެއްދި އޮފީހުގެ ވެރިޔަކަށް މާހިދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމުކުރެއްވި “ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ” ނުވަތަ ރައްޔިތުންގެ ޝަކުވާތަކާ ބެހޭ އޮފީހުގެ ވެރިޔަކަށް، މ. ވެލަގަލި، ޑރ. މުޙައްމަދު މާހިދު ޝަރީފު މިއަދު އައްޔަންކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަޤާމަށް ޑރ. މާހިދު އައްޔަންކުރައްވާފައިވަނީ މިނިސްޓަރުގެ ފެންވަ...

ތުރާކުނުގެ ޚިދުމަތްތެރިޔާ ޖަލީލު ނިޔާވުމުން ރައީސްގެ ތައުޒިޔާ 
Thiladhunmathi News

ތުރާކުނުގެ ޚިދުމަތްތެރިޔާ ޖަލީލު ނިޔާވުމުން ރައީސްގެ ތައުޒިޔާ 

ހއ. ތުރާކުނު ކުޑަކަތީބުކަމާއި ކަތީބުކަން ކުރެއްވި، އެރަށު ނޫރަންވިލާ ޢަބްދުﷲ ޖަލީލް ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ޖަލީލު ނިޔާވެފައި ވަނީ އަންގާރަ ދުވަހުގެރޭ އުމުރުން 84 އަހަރުގައި އައިޖީއެމްއެޗް ހޮސްޕިޓަލްގައެވެ. ޖަލީލްގެ ވަކިވުމާއި ގުޅިގެން ރައީސް މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ތަޢުޒިޔާގެ މެސެޖެއްގައި ވިދާޅުވީ، ޢަބްދުﷲ ޖަލީލަކީ 46 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަ...

ރާއްޖޭގެ ކަނޑުމަހުން ނަގާ ޑިއުޓީ ކަނޑާލަން އިނގިރޭސި ވިލާތުން ނިންމައިފި
Raajje

ރާއްޖޭގެ ކަނޑުމަހުން ނަގާ ޑިއުޓީ ކަނޑާލަން އިނގިރޭސި ވިލާތުން ނިންމައިފި

ރާއްޖޭގެ ކަނޑުމަހުގެ އިމްޕޯޓް ޑިއުޓީ ނުވަތަ ޓެރިފް ކަނޑާލުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ. މި ނިންމުމާ ގުޅިގެން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ ނިކް ލޯ ވިދާޅުވީ، މިއީ ބްރިޓިޝް ކަސްޓަމަރުންނާއި ދިވެހި މަސްވެރިންނަށް ލިބުނު ވަރަށް އުފާވެރި ޚަބަރެއް ކަމަށެވެ. މި ބަދަލާއެކު އިނގިރޭސިވިލާތުގެ ބާޒާރުގައި މަހުގެ އަގުތައް ހެޔޮވެ، ދިވެހި މަހަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަން އޭނާ ވަނީ ފާހަގަކުރަށްވާފައެވެ. މި މުހިންމު ނިންމުމަށް މަރުހަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙ...