މައި ޚަބަރަށް ދިޔުމަށް
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމަވައިފި
Raajje

ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމަވައިފި

ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސް މުޢިއްޒު މުޢިއްޒު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަން ޢިއުލާން ކުރަށްވާފައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައި ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު...

''ނަތީޖާ ނެރެދޭ މީހަކަށްވުމުގައި ނަފުސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރޭ''
Raajje

''ނަތީޖާ ނެރެދޭ މީހަކަށްވުމުގައި ނަފުސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރޭ''

ނަތީޖާ ނެރެދޭ މީހަކަށްވުމުގައި އިންސާނާގެ ނަފުސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަ ކުރަމުންދާ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން، “އެކްސް” ގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާާޅުވީ، ސަލާމަތް ޞިއްޙަތުގެ ދެބައިކުޅަ އެއްބަޔަކީ ނަފުސާނީ ދުޅަހެޔޮކަން ކަމަށެވެ. ރައީސް ވިދާޅުވެފައިވާގޮތުގައި އުފެއްދުންތެރި، މުރާލި އަދި ނަތީޖާ ނެރެދޭ މީހަކަށްވުމުގައި އިންސާނާގެ...

އިންޑިއާ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
Raajje

އިންޑިއާ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އަވަށްޓެރި އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އަދި މިއީ ރައީސް އިންޑިއާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި މަހުގެ 6 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅު މިއަދު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމުން ރައީސްގެ ދެކަނބަލުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެ...

''އެއްބަސްވީ ފެންނަން އޮންނާނެ އެއްޗަކަށް، އެހެން ޤައުމެއްގެ ސިފައިން ދެނެއް ނުތިބޭނެ''
Raajje

''އެއްބަސްވީ ފެންނަން އޮންނާނެ އެއްޗަކަށް، އެހެން ޤައުމެއްގެ ސިފައިން ދެނެއް ނުތިބޭނެ''

ދިވެހިރާއްޖެއާއި އިންޑިއާ ޢަމަލުކުރަން އެއްބަސްވެ ޢިއުލާންކޮށްފައިވާ “ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ”އަކީ އަކުރުން ފިއްޔަށް ލިޔެފައި އޮތް ފެންނަން އޮންނާނެ އެއްޗެއް ކަމަށާއި، އެހެން ޤައުމެއްގެ ސިފައިން ދެން ރާއްޖޭގައި ނުތިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން  ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއެކު ރޭ ބޭއްވެވި ބައްދަ...

ޚާރިޖީ ސިޔާސަތު ކުރިއަށް ދާނީ ދައްކާ ވާހަކައާއި އެއްގޮތަށް: ރައީސް
Raajje

ޚާރިޖީ ސިޔާސަތު ކުރިއަށް ދާނީ ދައްކާ ވާހަކައާއި އެއްގޮތަށް: ރައީސް

މަސައްކަތްކުރާގޮތް ފެންނާނެކަމަށާއި، ޚާރިޖީ ސިޔާސަތު ކުރިއަށް ދާނީ ދައްކާ ވާހަކައާއި އެއްގޮތަށްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން  ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއެކު ރޭ ބޭއްވެވި ބައްދަލުކޮށްލެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިންޑިއާާާ އާއި ރާއްޖެއާއި ދެ ޤައުމުގެ ގުޅުން ވަރުގަދަކޮށް އޮވެ، މި ސަރަހައްދު...

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު އުތުރުގެ ފަތުރުވެރިކަން ފުޅާވެގެންދާނެ: ރައީސް
Raajje

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު އުތުރުގެ ފަތުރުވެރިކަން ފުޅާވެގެންދާނެ: ރައީސް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު އުތުރަށް ފަތުރުވެރިކަން ފުޅާވެގެން ދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދައުވަތަކަށް އެ ޤައުމަށް ކުރަށްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މުމްބާއީގައި ބޭއްވި “އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް” ގައި ވާހަކަފުޅުދައްކަވަމުންނެވެ. މިފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދިވެހިރާއްޖޭގައި މިހާރު ފަހިވެފައިވާ އިންވެސްޓްމަންޓް ފުރުސަތުތަކުގެ އިތުރުން ރާއްޖޭ...

ރައީސް ބޮލީވުޑް ތަރިންނާއެކު، ފިލްމުތައް ރާއްޖޭގައި ޝޫޓް ކުރުމަށް ދައުވަތު
Thiladhunmathi News

ރައީސް ބޮލީވުޑް ތަރިންނާއެކު، ފިލްމުތައް ރާއްޖޭގައި ޝޫޓް ކުރުމަށް ދައުވަތު

ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ. އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާދީއްތަ ދުވަހު ވަނީ އިންޑިއާ އަށް ވަޑައިގެންފައެވެ. އެ ޤައުމުން ރައީސްގެ ދެ ކަނބަލުންނަށް ރަސްމީކޮށް މަރުޙަބާ ދަންނަވައި، ދެ ޤައުމުގެ ރަސްމީ ވާހަކަތައް ބޭއްވީ އިއްޔެއެވެ. މިދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ވަނީ އާގަރާއަަށް ވަޑައިގެން އެރަށުގައި ހުންނަ  ތާރީޚީ މުހިންމު ބިނާއެއް ކަމުގައިވާ ތާޖް މަހަލަށް ޒިޔާރަތް […...

އިންޑިއާއަކީ ދެގޮތެއްނުވާ ބައިވެރިއެެއްކަން އަންނަނީ ސާބިތުކޮށްދެމުން: ރައީސް
Raajje

އިންޑިއާއަކީ ދެގޮތެއްނުވާ ބައިވެރިއެެއްކަން އަންނަނީ ސާބިތުކޮށްދެމުން: ރައީސް

އިންޑިއާއަކީ ދެގޮތެއްނުވާ ރާއްޖޭގެ ބައިވެރިއެއްކަން އެޤައުމުން އަބަދުވެސް ސާބިތުކޮށްދެމުން އަންނަކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރޭގަނޑުގެ ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މިޖާފަތުގައި ބައިވެރިވެވަޑައިގެން ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެ އާއި އިންޑިއާގެ ދިގު ދެމިގެންދާ ގުޅުން ބިނާވެފައިވަނީ ދެގައުމުގެ ތާރީޚާއި ދެޤައުމުން ގަބޫލުކުރާ ހަމަތަކާއި ހިއްސާކު...

ރައީސް، އިންޑިއާގެ ރައީސާއި ބައްދަލުކުރަށްވައިފި
Raajje

ރައީސް، އިންޑިއާގެ ރައީސާއި ބައްދަލުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމަށް ރައީސާއި، ރައީސްގެ އަރިހުގައި އިންޑިއާ އަށް ދަތުރުކުރެއްވި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދު އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަން އަށް ވަޑައިގަތުމުން ރައީސް މުރްމޫ ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ބައްދަލުވުމުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ވަނީ، ދިވެހިރާއްޖެއަކީ އިންޑިއާގެ އަސާސީ ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، އިންޑިއާއިން ގ...

ރާއްޖެ ވަޑައިގަތުމަށް މޯދީއަށް ރައީސް ދެއްވި ދައުވަތު ގަބޫލުކުރައްވައިފި
Raajje

ރާއްޖެ ވަޑައިގަތުމަށް މޯދީއަށް ރައީސް ދެއްވި ދައުވަތު ގަބޫލުކުރައްވައިފި

ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ދައުވަތު ގަބޫލުކުރައްވައިފިއެވެ. އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ އޮފީސް، ހައިދަރުއާބާދު ހައުސްގައި  އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއިއެކު ރައީސް ޑރ. މުޢިއްޒު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެދި ރައީސް މުޢިއްޒު ވަނީ މޯދީ އަށް ދައުވަތު ދެއްވާފައެވެ. އެއީ، އަންނަ އަހަރަކީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު ސިޔާސީ ގުޅުން ގާ...

އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރަން ފަށައިފި
Business

އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރަން ފަށައިފި

ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަން މިއަދު އިފްތިތާހްކޮށްފިއެވެ. އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ދަށުން ރުޕޭ ކާޑު ރާއްޖެއަށް ތައާރަފްކޮށްފައި ވަނީ  ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާ އަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ކާޑު ތައާރަފްކުރުމަށްފަހު އެންމެ ފުރަތަމަ ޓްރާންސެކްޝަން ކާޑު ބޭނުންކޮށްގެން ކޮށްފައިވަނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއްގައެެވެ. އެ ކާޑު ރާއްޖޭގ...

ހަނިމާދޫ އެއާޕޯޓުގައި ތަރައްގީކުރި ރަންވޭ ރަސްމީކޮށް އިފްތިތާހްކޮށްފި
Thiladhunmathi News

ހަނިމާދޫ އެއާޕޯޓުގައި ތަރައްގީކުރި ރަންވޭ ރަސްމީކޮށް އިފްތިތާހްކޮށްފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރި ރަންވޭ ރަސްމީކޮށް މިއަދު އިފްތިތާހްކޮށްފިއެވެ. މުޅި އުތުރުގެ އުންމީދާއި ގުޅިފައިވާ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 18 ޖެނުއަރީ 2023 ގައެވެ. މި މަޝްރޫޢުގެ ދަށުން ތަރައްގީކުރި އައު ރަންވޭ މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާ އަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އިންޑިއާގެ...

އިންޑިއާ އާއިއެކު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް
Raajje

އިންޑިއާ އާއިއެކު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް

ދިވެހިރާއްޖެއިން އިންޑިއާ އާއިއެކު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ އިންޑިއާ އަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގެ ތެރެއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއެކު ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ. ރައީސް މުޢިއްޒު، މޯދީ އާއި ބައްދަލުކުރައްވައިފި ދެ ޤައުމުގެ ދެމ...

އައްޑޫ އާއި ބެންގަލޫރުގައި ކޮންސިއުލޭޓް ގާއިމުކުރަން މަޝްވަރާކޮށްފި
Raajje

އައްޑޫ އާއި ބެންގަލޫރުގައި ކޮންސިއުލޭޓް ގާއިމުކުރަން މަޝްވަރާކޮށްފި

ދިވެހި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް އަދި އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރަން މިއަދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައެވެ. ރައީސް އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމުގެ އިތުރުން ދެޤައުމުގެ ދެމެދު ރަސްމީވާހަކަތައް ވެސް މިހާރު ވަނީ ބާއްވާފައެވެ. ރައީސް ޑރ. މު...

ރައީސް މުޢިއްޒު، މޯދީ އާއި ބައްދަލުކުރައްވައިފި
Raajje

ރައީސް މުޢިއްޒު، މޯދީ އާއި ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ އޮފީސް، ހައިދަރުއާބާދު ހައުސްގައެވެ. މި ބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ސިޔާސީ ގުޅުމާއި ދެ ޤައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅެގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ވެސް މިއަދު ވަނީ ބާއްވާފައެވެ. Taking forward – special ties! PM @narendramodi warmly […]