ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާދީއްތަ ދުވަހު ވަނީ އިންޑިއާ އަށް ވަޑައިގެންފައެވެ.
އެ ޤައުމުން ރައީސްގެ ދެ ކަނބަލުންނަށް ރަސްމީކޮށް މަރުޙަބާ ދަންނަވައި، ދެ ޤައުމުގެ ރަސްމީ ވާހަކަތައް ބޭއްވީ އިއްޔެއެވެ.
މިދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ވަނީ އާގަރާއަަށް ވަޑައިގެން އެރަށުގައި ހުންނަ ތާރީޚީ މުހިންމު ބިނާއެއް ކަމުގައިވާ ތާޖް މަހަލަށް ޒިޔާރަތް ކުރަށްވާފައެވެ.
އާގަރާއަށްފަހު އެމަނިކުފާނު ވަޑައިގަތީ އެ ޤައުމުގެ ވިޔަފާރީގެ މަރުކަޒު މުމްބާއީ އަށެވެ. މުމްބާއީ އަށް ވަޑައިގެން މިއަދު ހަވީރު ވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިންނާއެކު ވަގުތުކޮޅެއް ހޭދަކުރަށްވާފައެވެ.
މުމްބާއީގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ބޭއްވި އިވެންޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ބޮލީވުޑްގެ ބައެއް ސްޓާރުން ބައްދަލުކުރައްވަނީ. pic.twitter.com/NY6FM0jyWt
— Congress PG Media (@CongressPGMedia) October 8, 2024
ތާޖް މަހަލް ޕެލަސްގައި ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖޭގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް ބޮލީވުޑްގެ ފިލްމުތައް ރާއްޖޭގައި ޝޫޓް ކުރުމަށްވެސް ރައީސް ވަނީ ދައުވަތު ދެއްވާފަ އެވެ. އަދި ބޮލީވުޑްގެ ތަރިން ރާއްޖެއަށް ޒިޔާރަތްކޮށް އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ.
މިބައްދަލުކުރެއްވުމުގައި ބައިވެރި ތަރިންގެ ތެރޭގައި ޝިލްޕާ ޝެޓީ އާއި، ސޮނާކްޝީ ސިންހާ އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ޒަހީރް އިގްބާލް އާއި، އަރްބާޒް ހާން އާއި އޭނާގެ އަންހެނުން އަދި މޭކަޕް އާޓިސްޓް ޝުރާ ހާން އާއި ކަރިޝްމާ ކަޕޫރުގެ އިތުރުން ސަނީ ކައުޝަލް ހިމެނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!