މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް އޮފީސް

465 Stories filed
ކުވޭތުގެ އަމީރު އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަނީ
Raajje

ކުވޭތުގެ އަމީރު އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަނީ

ކުވޭތުގެ އަމީރު އަވަހާރަވުމާ ގުޅިގެން، ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވީ މިއަދު އެވެ. މިކަމުގެ ހިތާމާގައި  17 ޑިސެންބަރު 2023 އިން ފެށިގެން 19 ޑިސެންބަރު 2023 އަށް ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު […]

ރައީސްގެ ތުރުކީ، ޔޫއޭއީ ދަތުރުފުޅަށް ޚަރަދުވީ 3.4 މިލިއަން ރުފިޔާ
Raajje

ރައީސްގެ ތުރުކީ، ޔޫއޭއީ ދަތުރުފުޅަށް ޚަރަދުވީ 3.4 މިލިއަން ރުފިޔާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތުރުކީ ވިލާތަށާއި، އެކުވެރި އަރަބި ޢިމާރާތް، ޔުނޭޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދު ސަރުކާރުން މިއަދު ހާމަކުރައްވައިފިއެވެ: މިއީ، ރާއްޖޭގެ ރައީސެއްގެ ރަސްމީ ދަތުރުފުޅުތަކުގެ ތަފްސީލް ސަރުކާރުން މިގޮތައް ހާމަކުރެއްވި ފުރަތަމަ ފަހަރެވެ. ރައީސް ވަނީ އެމަނިކުފާނު އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުގެ ޚަރަދުތައް އެދަތުރެއް ނިންމަވައި ވަޑައިގަންނަވާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަ ކުރައްވަން ނިންމަވައި، އެކަ...

ސްޓޭޓް މިނިސްޓަރުކަމަށް އިތުރު 13 ބޭފުޅަކު ޢައްޔަނު ކުރައްވައިފި
Raajje

ސްޓޭޓް މިނިސްޓަރުކަމަށް އިތުރު 13 ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒު ސްޓޭޓް މިނިސްޓަރުންގެ މަގާމަށް އިތުރު 13 ބޭފުޅަކު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. މިއަދު ޢައްޔަނުކުރެއްވި ސްޓޭޓް މިނިސްޓަރުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ރައީސް އޮފީހުގައެވެ. މިގޮތުން، ރައީސް މިއަދު ޢައްޔަނުކުރެއްވި ސްޓޭޓް މިނިސްޓަރުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް – ޝެރީނާ ޢަބްދުއްޞަމަދު، ސ. މަރަދޫ، ސަނީޑޭލް. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް – ޒިދުނާ އިބްރާހީމް، ސ. ހުޅުދޫ، ޖަމްނާ. […]

ސަރުކާރުގެ ތަރުޖަމާނަކަށް ޝަހީބު
Raajje

ސަރުކާރުގެ ތަރުޖަމާނަކަށް ޝަހީބު

ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން ނުވަތަ ރައީސް އޮފީހުގެ ތަރުޖަމާނަކަށް ނޫސްވެރިކަމުގެ ދާއިރާގައި 30 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މުހައްމަދު ޝަހީބް އައްޔަން ކުރައްވައިފިއެވެ. ޝަހީބް މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ. ޝަހީބު އެންމެ ފުރަތަމަ ސަރުކާރަށް ހިދުމަތް ކުރައްވަން ފައްޓަވާފައި ވަނީ  1987 ވަނަ އަހަރު ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އެޓާޗޭގެ މަގާމުންނެވެ. އޭގެ ފަހުން، ޝަހީބު ވަނީ ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވައިފައެވެ...

ނައިބު ވަޒީރުކަމުގެ މަގާމަށް 9 ބޭފުޅަކު ޢައްޔަނު ކުރައްވައިފި
Raajje

ނައިބު ވަޒީރުކަމުގެ މަގާމަށް 9 ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ ނައިބުގެ މަގާމަށް އިތުރު 9 ބޭފުޅުން ޢައްޔަނުކުރައްވައިފިއެވެ. މިގޮތުން ޢައްޔަނުކުރެއްވި ބޭފުޅުންނަކީ؛ ޚާރިޖީ ވުޒާރާގެ ނައިބުގެ މަގާމަށް- ޢަލީ ޖަނާހް، ހއ. ބާރައް، ސައުދީ މަންޒިލް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ނައިބުގެ މަގާމަށް- މުޙައްމަދު ޢާރިފް، ށ. ކަނޑިތީމު، ރަތްވިލާގެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ނައިބުގެ މަގާމަށް- އަލްއުސްތާޛާ މަރްޔަމް ޝިފާނާ ޢަލީ ސަލީމް، ހ. މެލްބަން މާލީ ވުޒާރާގެ […]

ރާއްޖޭގެ ނައިބު ހުސެން ޗައިނާއަށް
Raajje

ރާއްޖޭގެ ނައިބު ހުސެން ޗައިނާއަށް

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ރަސްމީ ދަތުރުފުޅެއްގައި ހޯމަ ދުވަހުގެރޭ ޗައިނާއަށް ފުރާވަޑައިގެންފިއެވެ. މިއީ އެ ޤައުމުގައި އޮންނަ “ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން” ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ހިނގާ ޑިސެމްބަރު 7-8 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި އޮންނަ މި ފޯރަމަކީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ.) އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމެކެވެ. ނައިބު ރައީސްގެ މި ދަތު...

ކޮޕް28 ފަށައިފި، ރައީސް މުޢިއްޒުގެ ތަޤްރީރު މިއަދު
Raajje

ކޮޕް28 ފަށައިފި، ރައީސް މުޢިއްޒުގެ ތަޤްރީރު މިއަދު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ވޯލްޑް ލީޑާސް ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި، ކޮޕް28 ބައްދަލުވުމުގައި މިއަދު ރައީސް ތަޤުރީރު ކުރައްވާނެއެވެ. މިއީ ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް ކުރައްވާ މިފަދަ ފުރަތަމަ ތަޤްރީރެވެ. ކޮޕް28 ބައްދަލުވުން ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ރާވާފައިވާ ކަ...

17 ނައިބު ވަޒީރަކު ޢައްޔަނު ކުރައްވައިފި
Raajje

17 ނައިބު ވަޒީރަކު ޢައްޔަނު ކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ ނައިބުގެ މަގާމަށް އިތުރު 17 ބޭފުޅުން ޢައްޔަނުކުރައްވައިފިއެވެ. މިގޮތުން ޢައްޔަނުކުރެއްވި ބޭފުޅުންނަކީ؛ މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބު- އިބްރާހީމް ޝާޒް ޙަބީބު، ހ. ޖާވާ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބު- އަމާނީ މުޙައްމަދު، މަތިމަރަދޫ. ރޯޒީސައިޑް، ލ.ގަން މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު- އާމިނަތު ނާޡިމާ، ހ. ފައިންޕާރކް މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު- އާމިނަތު މާރިޔާ، މ. ހަވާއީ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ [...

ނައިބު ވަޒީރުކަމުގެ މަގާމަށް 26 ބޭފުޅަކު ޢައްޔަނު ކުރައްވައިފި
Raajje

ނައިބު ވަޒީރުކަމުގެ މަގާމަށް 26 ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރުގެ އެކި ވުޒާރާތަކުގެ ނައިބު ވަޒީރުންގެ މަގާމަށް 26 ބޭފުޅަކު ޢައްޔަނުކުރައްވައިފިއެވެ. އެ ބޭފުޅުން އައްޔަނު ކުރެއްވި ވުޒާރާތައް ރައީސް އޮފީހުން މިއަދު ވަނީ ހާމަކުރައްވާފައެވެ. މިގޮތުން ޢައްޔަނުކުރެއްވި ބޭފުޅުންނާއި، އެ ބޭފުޅުން ޢައްޔަނުކުރެއްވި ވުޒާރާތަކަކީ، 1. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ނައިބުގެ މަގާމަށް، ޞާލިޙް ޙުސައިން 2. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގެ ނައިބުގެ މަގާމަށް، ޢާއިޝަތު ޝަހުދާ ޢަބްދުﷲ 3. މ...

ރާއްޖެ-ތުރުކީ: ދެ ރައީސުންގެ ބައްދަލުވުމުގައި އިސްރާއީލުގެ އުދުވާނު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
Raajje

ރާއްޖެ-ތުރުކީ: ދެ ރައީސުންގެ ބައްދަލުވުމުގައި އިސްރާއީލުގެ އުދުވާނު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ރައީސް ޑރ. މުޢިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންއާ، ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. އަންކާރާގެ ޕްރެޒިޑެންޝަލް ޕެލަސްގައި ރޭ ކުރިއަށް ގެންދިޔަ ދެ ޤައުމުގެ ރަސްމީ ވާހަކަފުޅުތަކުގައި، ދެ ރައީސުން ވަނީ، ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މިހާރު ހިނގަމުންދާ ހަމަނުޖެހުން...

ތުރުކީން ދިވެހިރާއްޖެއަށް ޚާއްޞަކޮށް 30 ސްކޮލާޝިޕް ފުރުޞަތު ދެނީ
Raajje

ތުރުކީން ދިވެހިރާއްޖެއަށް ޚާއްޞަކޮށް 30 ސްކޮލާޝިޕް ފުރުޞަތު ދެނީ

ތުރުކީވިލާތު ވިލާތުން ދިވެހިރާއްޖެއަށް ޚާއްޞަކޮށް 30 ސްކޮލާޝިޕްގެ ފުރުޞަތު ދެއްވާނެކަން ޔަޤީން ދެއްވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރައީސް ދެކަނބަލުން ތުރުކީވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްޞަ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ތުރުކީވިލާތުގެ އިސްބޭފުޅުންނާއެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމަށް...

ސްޓޭޓް ވަޒީރުކަމުން ފަހުމީ ވަކިކޮށްފި
Raajje

ސްޓޭޓް ވަޒީރުކަމުން ފަހުމީ ވަކިކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޚާރިޖީ ވުޒާރާގެ ސްޓޭޓް ވަޒީރުކަމަށް ޢައްޔަނު ކުރައްވާފައިވާ  މުހައްމަދު ފަހުމީ ހަސަން އެ މަގާމުން ވަކިކޮށްފިއެވެ. ފަހުމީ އެ މަގާމަށް އައްޔަނުކުރައްވައި، މަގާމުގެ ލިޔުން ހަވާލުކުރައްވާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މަގާމަށް ޢައްޔަނުކުރިތާ ފަސް ވަނަ ދުވަހު އޭނާ މަގާމުން ވަކިކޮށްފައި ވަނީ އޭނާ މަގާމަށް ޢައްޔަނުކުރުމުން ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި ވަނިކޮށެވެ. މިކަމަށް ފާޑުކިޔުން އަމާޒުވީ އޭނާ އަކީ އަންހެނަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތު ކުރެވިފަ...

އިކްރާމް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީއެއްގެ މަގާމަށް
Raajje

އިކްރާމް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީއެއްގެ މަގާމަށް

އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންގެ މަގާމަށް ދައުލަތުގެ މީޑިއާ. ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ހަމަޖައްސައިފިއެވެ. ވީޓީވީގެ އިސް މަގާމެއް ވެސް ކުރިން ފުރުއްވި އިކްރާމް މި މަގާމަށް ހަމަޖައްސާފައި ވަނީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ. އިކްރާމްގެ އިތުރުން މިނިސްޓަރުގެ ނައިބުގެ ފެންވަރުގެ ފަސް ބޭފުޅެއް ރައީސް އޮފީހަށް ވަނީ ހަމަޖައްސާފައެވެ. އެ ބޭފުޅުންނަކީ، އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ، މުޙަ...

ސްޕެޝަލް އެންވޯއީ އެއްގެ އިތުރުން 11 ސްޓޭޓް މިނިސްޓަރުން ޢައްޔަނުކޮށްފި
Raajje

ސްޕެޝަލް އެންވޯއީ އެއްގެ އިތުރުން 11 ސްޓޭޓް މިނިސްޓަރުން ޢައްޔަނުކޮށްފި

ރައީސް ޑރ. މުހައްމަދު މުޢިއްޒު، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަގާމަށާއި، ސްޓޭޓް މިނިސްޓަރުންގެ މަގާމަށް 11 ބޭފުޅަކު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފައި ވަނީ މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ރައީސް، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަގާމަށް، ޢައްޔަނު ކުރައްވާފައި ވަނީ، ޢަލީ ޝަރީފް އެވެ. މިއަދު ސްޓޭޓް މިނިސްޓަރުކަމަށް ޢައްޔަނުކުރެއްވި ބޭފުޅުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެ...

ރާއްޖެއާއެކު ވިޔަފާރި އެއްބަސްވުމެއް ގާއިމުކުރަން ސައުދީން ނިންމައިފި
Raajje

ރާއްޖެއާއެކު ވިޔަފާރި އެއްބަސްވުމެއް ގާއިމުކުރަން ސައުދީން ނިންމައިފި

ރާއްޖެ އާއި ސައުދީ އަރަބިއްޔާ އާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސައުދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލިހުން ނިންމައިފިއެވެ. ރާއްޖެ އާއި ސައުދީއާ ދެމެދު އެފަދަ އެއްބަސްވުމެއް ގާއިމު ކުރަން ނިންމީ ސައުދީގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒް ބައިވެރިވެވަޑައިގެންނެވި ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ސައުދީގެ އުމީ ނިއުސް އޭޖެންސީ “ވާސް” އިން މިއަދު ބުނީ ވިޔަފާރީގެ މި އެއްބަސްވ...