ރައީސް އޮފީހުން 2021 ވަނަ އަހަރު ޚަރަދުކޮށްފައިވަނީ ރަނގަޅަށް: އޮޑިޓް އޮފީސް
ރައީސް އޮފީހުން 2021 ވަނަ އަހަރު ޚަރަދުކޮށްފައިވަނީ ރަނގަޅަށް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ. ރައީސް އޮފީހުގެ 2021 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުގައިވާގޮތުން އެ އޮފީހުން 2021 ވަނަ އަހަރު ޚަރަދުކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ މަޤްޞަދު ޙާސިލުވާގޮތަށެވެ. އަދި މާލިއްޔަތު ޤާނޫނާ ޤަވާއިދާ އެއްގޮތަށް ކަމަށް ވެސް ބުނެފައިވެއެވެ. އޮޑިޓް ރިޕޯޓުގައި ވާގޮތުން ރައީސް އޮފީހުން 2021 ވަނަ އަހަރުގެ މާލީ އަހަރުގެ ފައިސާ ލިބުނުގޮތާއި ހޭދަކުރެވު...