ރާއްޖެއަށް ސްކޮލާޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިން، ނައިބު ރައީސް ފައިޞަލް ނަސީމް އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ނައިބު ރައީސް އާއި، ޗައިނާ ސަފީރު ވަނީ ދެ ޤައުމުގެ ދެމެދު އޮންނަ ގާތް ގުޅުމާއި އަދި ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ކުރިމަގުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މި ދެ ބޭފުޅުން މަސްވަރާ ކުރ...