ހިތާއި ސިކުޑިއަށް ލިބޭ ވޭނަކީ، ތަހައްމަލު ކުރަން އުނދަގޫ ބޮޑު ވޭނެއް: ނައިބު ރައީސް
ހިތާއި ސިކުޑިއަށް ލިބޭ ވޭނަކީ ހަށިގަޑަށް ލިބޭ ފުން ޒަޙަމަކަށް ވުރެ ތަހައްމަލު ކުރަން އުނދަގޫ ބޮޑު ވޭނެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުން ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައެއެވެ. ދުނިޔޭގެ މެންޓަލް ހެލްތް އެވެއާރނެސްޑޭ އާއި ގުޅޭގޮތުން ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވީ ކޯވިޑް-19 ގެ މި ހާލަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގ...