ހިތާއި ސިކުޑިއަށް ލިބޭ ވޭނަކީ ހަށިގަޑަށް ލިބޭ ފުން ޒަޙަމަކަށް ވުރެ ތަހައްމަލު ކުރަން އުނދަގޫ ބޮޑު ވޭނެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުން ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައެއެވެ. ދުނިޔޭގެ މެންޓަލް ހެލްތް އެވެއާރނެސްޑޭ އާއި ގުޅޭގޮތުން ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވީ ކޯވިޑް-19 ގެ މި ހާލަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ގިނަ ފަރާތްތަކަކަށް ނަފްސާނީގޮތުން ދުވަހަކުވެސް ނުލިބޭފަދަ ހިތްދަތިކަން ލިބިފައިވާކަމަށެވެ.
“ވަޒީފާތަށް ވަގުތީ ގޮތުންނާއި އަދި ދާއިމީކޮށް ގެއްލި ސްކޫލްތަށް ބަންދުވެ ދަރިވަރުންގެ ކިޔެވުމުގެ ފަރުސަތު ހަނިވެ، ވިޔަފާރިތަށް ހީނަރުވެ، ރިސޯޓްތަށް ބަންދުކުރަން ޖެހި، އިޖްތިމާއީ ގުޅުމާއި އާއިލީ ގުޅުންތަކަށް ބުރޫ އަރައިގެން ދާދިއުން ވެގެން މިދަނީ ކެތްކުރަން ދަތިކަމެއްގެ، ގޮތުގައި"
ނައިބު ރައީސް ފައިސަލް ނަސީމްގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.
އެކަކު އަނެކަކަށް އަޅާލައި އޯގާތެރި ވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ އުމުރުން ދުވަސްވީ މީހުންނަށް އެމީހުންގެ ހަޔާތުގައި އެންމެ ބޮޑަށް އަޅާލުމާއި އެހިތެރިކަން ބޭނުންވާ ވަގުތު އަޅާލުމަށް ނަސޭހަތްތެރިވެފައެވެ. މީގެ އިތުރުން ކުޑަ ކުދިންނަށް އޯގާތެރިވެ އާއިލާގެފަރާތުން އެކުދިންނަށް ދޭންވާ ލޯތްބާއި އަޅާލުން ދިނުމަށް ގޮވާލެއްވިއެވެ. އަންހެން ބޭފުޅުންނަށް ގަދަރުކޮށް އެމީހުންނާއި ދޭތެރޭވެސް ތަފާތުކުރުން ނުގެންގުޅުމަށް އަދުގެ ޖީލަށް ނައިބު ރައީސް ނަސޭހަތްތެރިވިއެވެ.
ހަމަ އެހެންމެ މަސައްކަތުގެ މާހައުލުގައި ދިމާވާ ކުޑަކުޑަ ކަންތަކުގައި ހިތްބުރަ ނުކުރައްވައި، އެކަކު އަނެކަކަށް ސުލްހަވެރި ކަމާއިއެކު މުޚާތަބުކޮށް މިކަންކަން ހައްލުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮންމެ މީހަކީވެސް ތަފާތު ފިކުރުތަކާއި ވިސްނުތަކެއް ހުންނާނެ ބައެއްކަން ފާހަގަކުރަށްވާ، އެ ފަރާތްތަކުގެ ފިކުރުތަކާއި ވިސްނުތަކުގެ އަޑު އެހުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް މި ބައްދަލުވުމުގައި އެމަނިކުފާނި ވަނީ އަލި އަޅުވާލަށްވާފައެވެ.
މީގެ އިތުރުންވެސް ނައިބް ރައިސް ވަނީ މިވަގުތު ސަރުކާރުން އައިޖީއެމްއެޗް ގައި ތަރައްޤީ ކޮށްފައިވާ ސެންޓަރ ފޮރ މެންޓަލް ހެލްތުގެ ނަމުގައި ޤާއިމްކޮށްފައިވާ ސެންޓަރާ ގުޅޭގޮތުންވެސް އަލިއަޅުވާލައްވާފައެވެ. އަޖީއެމްއެޗް ގައި ތަރައްޤީ ކުރެވިގެންދިޔަ މި ސެންޓަރުގެ މައިގަނގު މަގުސަދަކަށް ނައިބު ރައީސް ފާހަގަކުރަށްވާފައިވަނީ ނަފްސާނީ ދާއިރާ ކުރިއަރުވައި ،ގިނަބަޔަކަށް ފަރުވާ ފޯރުކޮށްދިނުމަށާއި، ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖްތަމައެއް ބިނާކުރެއްވުމެވެ.
ނައިބް ރައިސް ފައިސަލް ނަސީމްގެ ވާހަކަފުޅު ނިންމަވާ ލައްވަމުން އެމަނިކުފާނު ވަނީ އަޅުގަޑުމެންނަކީ، ކުޑަ ގައުމަކަށް ނިސްބަތްވާ މުސްލިމު އެކުވެރި ބަޔަކަށްވީ އިރު، އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. އަދި ކުރާ ކޮންމެ ހެޔޮކަމެއްގެ ފައިދާ ދުނިޔޭއާއި އާޚިރަތުގައި ކުރާނެކަން ވާހަކަފުޅުގައި ވަނީ ފާހަގަކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!