މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ނޮޅިވަރަމް ސިއްހީ މަރުކަޒު

10 Stories filed
ނޮޅިވަރަމް ސިއްހީ މަރުކަޒަށް ތިން ވަނަ ސިޔާސީ ވެރިޔަކު ހަމަޖައްސައިފި
Thiladhunmathi News

ނޮޅިވަރަމް ސިއްހީ މަރުކަޒަށް ތިން ވަނަ ސިޔާސީ ވެރިޔަކު ހަމަޖައްސައިފި

ހދ. ނޮޅިވަރަމް ސިއްހީ މަރުކަޒަށް އިތުރު ސިޔާސީ ވެރިޔަކު ހަމަޖައްސައިފިއެވެ. މިއީ ނޮޅިވަރަމް ސިއްހީ މަރުކަޒަށް މި ސަރުކާރުން ޢައްޔަނުކުރި ހަތަރު ވަނަ ސިޔާސީ ވެރިޔާއެވެ. އެ މަރުކަޒުގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް މިފަހަރު ހަމަޖައްސާފައި ވަނީ އަޙްމަދު އާމިރެވެ. އާމިރަކީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދުގެ ކެމްޕޭންގައި ވަރަށް އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. ރަޝީދު މިނިވަން މެމްބަރެއްގެ ގޮތުގައި ގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު ވަނީ ވެރިކަންކުރާ ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ. މި...

ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރަން ނޮޅިވަރަމްގައި ހިނގާލުމެއް
Raajje

ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރަން ނޮޅިވަރަމްގައި ހިނގާލުމެއް

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހދ. ނޮޅިވަރަމްގައި މިއަދު ހިނގާލުމެއް ބާއްވައިފިއެވެ. މި ހިނގާލުން އިންތިޒާމްކޮށް ކުރިއަށް ގެންދިޔައީ ނޮޅިވަރަމް ސިއްހީ މަރުކަޒުންނެވެ. ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އަންގައިދީ، މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ މަޤްޞަދުގައި ބޭއްވުނު މި ހިނގާލުމުގައި ރަށުގެ އެކި މުއައްސަސާތަކާއި، ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވިއެވެ. މީގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް މި ހިނގާލުމުގައި ބައިވެރިވެފައިވެއެވެ. ނޮޅިވަރަމް ސިއ...

ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ވެރިއަކަށް ކުރީ ސަރުކާރުގައި ވެސް އެ މަގާމު ހުރި މަރީ ހަމަޖައްސައިފި
Thiladhunmathi News

ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ވެރިއަކަށް ކުރީ ސަރުކާރުގައި ވެސް އެ މަގާމު ހުރި މަރީ ހަމަޖައްސައިފި

ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ވެރިއެއްގެ ގޮތުގައި، ކުރީ ސަރުކާރުގައި ވެސް އެ މަގާމު ހުންނެވި މަރިޔަމް ހަބީބު (މަރީ) ހަމަޖައްސައިފިއެވެ. މަރީ އަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ވެސް ނޮޅިވަރަމް ސިއްހީ މަރުކަޒަށް ޢައްޔަނުކުރައްވާފައި ހުންނެވި ސިޔާސީ ވެރިޔާއެވެ. ކުރީ ސަރުކާރުގައި މަރީ ހުންނެވީ ސީނިއާ އެޑްމިނިސްޓްރޭޓާ، ހެލްތު ސާވިސްގެ މަގާމުގައެވެ. ރައީސް ޞާލިޙްގެ ސަރުކާރު ނިމުމާއެކު މަރީ ޢައްޔަނުކޮށްފައިވާ މަޤާމުވެސް ނިމުމަކަށް އައިސްފައިވަނިކޮށް، މަރީ އަލުން ނޮޅިވަރަމް ސިއްހީ މަ...

ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި
Thiladhunmathi News

ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި

ހދ. ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް އިއްޔެ އިފްތިތާޙް ކޮށްފިއެވެ. އިއްޔެ ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒު ގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި ޚިދުމަތް އިފްތިތާޙް ކޮށްދެއްވީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލްއެވެ. ހދ. އަތޮޅުގެ ސިއްހީ ޚިދުމަތްދޭ ތަންތައް ހިންގަމުން އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޓަލް (ކޭއާރުއެޗް)ގެ ބަލަދުވެރިކަމުގެ ދަށުންނެވެ. މި ޚިދުމަތް ފެށިގެން ދިޔުމާއި ގުޅިގެން ކޭއާރުއެޗްއިން ވިދާޅުވީ، ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގައި ފެށިގެން ދި...

ނޮޅިވަރަމާއި މަރޮށްޓަށް ވެސް އާ އެންބިއުލާންސް ލިބިއްޖެ
Thiladhunmathi News

ނޮޅިވަރަމާއި މަރޮށްޓަށް ވެސް އާ އެންބިއުލާންސް ލިބިއްޖެ

ހދ. ނޮޅިވަރަމަށާއި، ށ. މަރޮށްޓަށް ވެސް އާ އެމްބިއުލާންސް ލިބިއްޖެއެވެ. ސަރުކާރުން މަރޮށްޓަށް ފޮނުވި އެމްބިއުލާންސް އެރަށަށް ފޯރީ އިއްޔެއެވެ. ނޮޅިވަރަމަށް އެމްބިއުލާންސް ލިބުނީ މިއަދުއެވެ. ކޯވިޑްގެ ހިތްދަތިކަމުގައި ނޮޅިވަރަމް ބަންދުވެފައި އޮތް ދުވަސްވަރު އެރަށުގައި ކުރިން އޮތް އެމްބިއުލާންސް ހަލާކުވެފައި އޮތުމުން ވަނީ ހިތްދަތި ތަޖުރިބާއެއް ކުރަން ޖެހިފައެވެ. މިގޮތުން ބަލިމީހުން އުފުލަން އެދުވަސްވަރު ޕިކަޕް ބޭނުންކޮށްފައިވާއިރު، ސިއްހީ ޚިދުމަތްތެރިން ވެސް ސާމްޕަލް ނެގުމަށާއި، މިނޫންވެސް ރަސްމީކަން...

ކޯވިޑް ޖެހިގެން އިތުރު ފަރުވާއަށް މާލެ ފޮނުވި ނޮޅިވަރަމް މީހާ ނިޔާވެއްޖެ
Thiladhunmathi News

ކޯވިޑް ޖެހިގެން އިތުރު ފަރުވާއަށް މާލެ ފޮނުވި ނޮޅިވަރަމް މީހާ ނިޔާވެއްޖެ

ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ފަރުވާއަށް މާލެ ފޮނުވި މީހާ ނިޔާވެއްޖެއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން” އަށް ވިދާޅުވީ އެ މީހާ ނިޔާވިކަމުގެ މައުލޫމާތު ލިބިފައިވަނީ ދާދި ދެންމެ ކަމަށެވެ. ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ މަރިޔަމް ހަބީބް ވެސް ވަނީ އެކަން މި ނޫހަށް ކަށަވަރުކޮށް ދެއްވާފައެވެ. އޭނާ ވިދާޅުވީ އެމީހާ ނިޔާވީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން […]

ނޮޅިވަރަމުން ޕޮޒިޓިވްވި އަދަދު 216 އަށް އަރައިފި
Raajje

ނޮޅިވަރަމުން ޕޮޒިޓިވްވި އަދަދު 216 އަށް އަރައިފި

ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 216 އަށް އަރައިފިއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، އެރަށުން ކޯވިޑް ބަލި ޖެހުނު މީހުންގެ ޢަދަދު 216 އަށް އަރާފައިވާ ކަމަށެވެ. އެ ބަލިޖެހިފައިވޭތޯ ޓެސްޓް ކުރުމަށް މިހާތަނަށް 855 ސާމްޕަލެއް ނެގިފައިވާ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިހާލަތުގައި ޚިދުމަތްދޭން ތިބި ބައެއް ސިއްހީ ޚިދުމަތްތެރީންނާއި، ފުލުހުންގެ އޮފިސަރެއް ވެސް ހިމެނޭ...

ނޮޅިވަރަން ސިއްހީ މަރުކަޒުގައި ވޮލެންޓިއަރކޮށް މަސައްކަތް ކޮށްދޭނެ މީހުން ހޯދަނީ
Thiladhunmathi News

ނޮޅިވަރަން ސިއްހީ މަރުކަޒުގައި ވޮލެންޓިއަރކޮށް މަސައްކަތް ކޮށްދޭނެ މީހުން ހޯދަނީ

ހދ. ނޮޅިވަރަންގައި ކޯވިޑް-19 ގެ ހާލަތު ގޯސްވެ އެ ރަށު ސިއްހީ މަރުކަޒުގައި ވޮލެންޓިއަރކޮށް މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމުގެ މަސައްކަތް އެ މަރުކަޒުން ފަށައިފިއެވެ. މިކަމާއި ގުޅިގެން އެ މަރުކަޒުން އާންމު ކޮށްފައުވާ ނޯޓްގައި ވިދާޅުވެފައި ވަނީ ނޮޅިވަރަން ސިއްހީ މަރުކަޒުގައި ވޮލެންޓިއަރ ކޮށް މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ބޭނުންވެފައިވާ ކަމަށެވެ. ވުމާއެކު މިކަމަށް ޝައުގު ވެރިވާ ފަރާތްތަކުން 7575566 ނަންބަރަށް ނަމާއި އެޑްރެސް އަދި ގުޅޭނެ ނަމްބަރު ފޮނުވައި ދެއްވުމަށެވެ. ނޮޅިވަރަންގައި ތިންހާހާއ...

ނޭކުރެންދޫ، ނޮޅިވަރަމް، ހަނިމާދޫ، ފިނޭ އަދި މަކުނުދޫން ޕޮޒިޓިވް ކޭސްތަކެއް
Thiladhunmathi News

ނޭކުރެންދޫ، ނޮޅިވަރަމް، ހަނިމާދޫ، ފިނޭ އަދި މަކުނުދޫން ޕޮޒިޓިވް ކޭސްތަކެއް

ހދ. އަތޮޅުގެ ބައެއް ރަށްތަކުން އިތުރު ބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިގޮތުން އެ އަތޮޅު ނޭކުރެންދޫން އަލަށް 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ނޭކުރެންދޫ ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އާދަމް ފިޔާޒް “ތިލަދުން”އަށް ވިދާޅުވީ އެއީ މިފަހަރު ފުރަތަަމަ އެރަށުން ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 9 މީހެއްގެ ތެރެއިން ޕޮޒިޓިވްވި 8 މީހުން ކަމަށެވެ. މި 8 މީހުން ޕޮޒިޓިވްވިކަން އެނގުނީ މިއަދު އެވެ. އެހެންކަމުން ނޭކުރެންދޫގެ މިހާރުގެ އެކްޓިވް […]

މަރްޙޫމް އިމްރާންގެ ނަމުގައި ނޮޅިވަރަމްގެ 2 މުއައްސަސާއަކަށް އެހީތެރިވެއްޖެ
Thiladhunmathi News

މަރްޙޫމް އިމްރާންގެ ނަމުގައި ނޮޅިވަރަމްގެ 2 މުއައްސަސާއަކަށް އެހީތެރިވެއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ސަރަޙައްދުގައި ކެރޭން ބޭނުން ކޮށްގެން ކާޕެޓް ރޯލުތަކެއް ދޯންޏަކަށް އެރުވުމުގެ މަސައްކަތުގެ ތެރެއިން ކާޕެޓްރޯލެއް ގައިމައްޗަށް ވެއްޓި، ލިބުނު އަނިޔާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވި ހދ. ނޮޅިވަރަމް، ނައިޓްޑްރީމް އިމްރާން އަލީ 28، ގެ ނަމުގައި އެ އާއިލާއިން ނޮޅިވަރަމްގެ ދެ މުއައްސަސާއަކަށް އެހީތެރިވެއްޖެއެވެ. މިގޮތުން އިމްރާންގެ ޢާއިލާއިން، އެ މަރްޙޫމްގެ ނަމުގައި 55 އިންޗީގެ 6 ޓީވީ ނޮޅިވަރަން ސްކޫލަށް ވަނީ ހަދިޔާ ކޮށްފައެވެ. ސްކޫލްގެ ފަރާތުން މި ޓީވީތަކާއި [...