ށ. އަތޮޅު ފޭދޫ ކައުންސިލުން މި އަހަރުގެ ރަމަޟާން މަހާއި ދިމާކޮށް، އެރަށުގެ މީހުން ދިރިއުޅޭ ކޮންމެ ގޭބީސީ އަކުން ކުނި މެނޭޖް ކުރުމުގެ ޚިދުމަތުގެ ފީ މާފުކޮށްދީފިއެވެ.

ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިޝަމް ‘’ތިލަދުން’’ އަށް ވިދާޅުވީ، މި ނިންމުން ނިންމާފައި ވަނީ ރަމަޟާން މަހުގެ ބަރަކާތާއި ރަޙްމަތުގެ ތެރެއިން ރައްޔިތުންގެ މަންފާ އަށްޓަކައި ލުޔެއް ހޯދައި ދިނުމަށް ކަމަށެވެ.

Ad
rt

މިގޮތަށް ނިންމާފައި ވަނީ ފޭދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 211 ވަނަ ޖަލްސާގައެވެ.

އާންމު ގޮތެއްގައި ރޯދަ މަހަކީ ބިލް ތަކުގެ ފީ ބޮޑުވާ މަހެއް ކަމުން، ރައްޔިތުންނަށް ކަައުންސިލުން ދިން ލުއި ބަލައިގަނެ، ކައުންސިލްގެ ރައީސް އަށާއި ކައުންސިލް މެމްބަރުންނަށް ރައްޔިތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ފޭދޫގައި ކައުންސިލުން ކުނި އުކާލަދިނުމުގެ ޚިދުމަތް ފެށީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅުއެވެ.