ހަނިމާދޫ ކައުންސިލުން ތަރައްގީކުރި ރެސްޓޯރަންޓް 20 އަހަރު ދުވަހަށް ކުއްޔަށް ދީފި
ހދ. ހަނިމާދޫ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ސަންސެޓް ބީޗް ރެސްޓޯރަންޓް 20 އަހަރު ދުވަހަށް ކުއްޔަށް ދީފިއެވެ. ހަނިމާދޫ ކައުންސިލުން މައުލޫމާތުދިން ގޮތުގައި, މި ރެސްޓޯރެންޓް ކުއްޔަށް ހަވާލުކޮށްފައިވަނީ ކުޅުދުއްފުށި ސިޓީގައި ހަރަކާތްތެރިވަމުން އަންނަ”ފަންއަރި” އަށެވެ. މިގޮތުން މި ރެސްޓޯރަންޓް ކުއްޔަށް ދިނުމަށްޓަކައި ހުޅުވާލި އިޢުލާނަށް އެންމެ ރަނގަޅު އަގެއް ހުށައެޅީ އެ ފަރާތުންކަމަށް ހަނިމާދޫ ކައުންސިލުން ބުނެފައިވެއެވެ. މިގޮތުން ރަށުގެ ރައްޔިތުންނަށާއި، ހަނިމާދޫއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚިދ...