ހދ. ހަނިމާދޫ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ސަންސެޓް ބީޗް ރެސްޓޯރަންޓް 20 އަހަރު ދުވަހަށް ކުއްޔަށް ދީފިއެވެ.
ހަނިމާދޫ ކައުންސިލުން މައުލޫމާތުދިން ގޮތުގައި, މި ރެސްޓޯރެންޓް ކުއްޔަށް ހަވާލުކޮށްފައިވަނީ ކުޅުދުއްފުށި ސިޓީގައި ހަރަކާތްތެރިވަމުން އަންނަ"ފަންއަރި" އަށެވެ. މިގޮތުން މި ރެސްޓޯރަންޓް ކުއްޔަށް ދިނުމަށްޓަކައި ހުޅުވާލި އިޢުލާނަށް އެންމެ ރަނގަޅު އަގެއް ހުށައެޅީ އެ ފަރާތުންކަމަށް ހަނިމާދޫ ކައުންސިލުން ބުނެފައިވެއެވެ.
މިގޮތުން ރަށުގެ ރައްޔިތުންނަށާއި، ހަނިމާދޫއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚިދުމަތް ދިނުމުގެ ގޮތުން ތަރައްޤީކޮށްފައިވާ މި ސަންސެޓް ބީޗް ރެސްޓޯރަންޓް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ދަށުން ކުއްޔަށް ދީފައިވަނީ މުޅި ޖުމްލަ، މަހަކު -/28,244ރ (އަށާވީސްހާސް ދުއިސައްތަ ސާޅީސް ހަތަރު ރުފިޔާ) އަށެވެ.
ހަނިމާދޫ ސަންސެޓް ބީޗް ރެސްޓޯރެންޓް 20 އަހަރު ދުވަހަށް ކުއްޔަށް ދޫކުރަނީ
ހަނިމާދޫ ދެކުނު ފަރާތު ގޮނޑުދޮށު ކައިރީގައި، މާހައުލާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ މި ޒަމާނީ ރެސްޓޯރެންޓަކީ ރަށުގެ ރައްޔިތުންނަށާއި، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ލިބޭނެ ގޮތައް ހިންގުމަށް ފަރުމާ ކޮށްފައިވާ ރެސްޓޯރެންޓެކެވެ.
މީގެ އިތުރުން ހަނިމާދޫ ކައުންސިލުން މި ރެސްޓޯރެންޓް ތަރައްޤީކުރި މައިގަނޑު މަޤުސަދަކީ، ހަނިމާދޫގެ ރީތިކަން ބަލަން އަންނަ ފަތުރުވެރިންނަށްވެސް ކެއުންބުއިމުގެ ޚިދުމަތް މި ރެސްޓޯރަަންޓުން ފޯރުކޮށްދިނުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!