ކޮމަންޑޫ ކައުންސިލަށް ނަފާ ހޯދައިދިނުމަށް ގައްލައިދޫ ދީފި
ކައުންސިލްތަކުގެ މާލީ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، ށ. ކޮމަންޑޫ ކައުންސިލާ އެ އަތޮޅު ގައްލައިދޫ މިއަދު ހަވާލުކޮށްފިއެވެ. ގައްލައިދޫ ކޮމަންޑޫ ކައުންސިލާ ހަވާލުކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫގައި ބޭއްވި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އ...