ށ. ކޮމަންޑޫއިން ބަންޑާރަ ގޯއްޗަށް އެދުނު މީހުންނަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓް އެރަށު ކައުންސިލުން މިއަދު އާންމުކޮށްފިއެވެ.

އެ ލިސްޓު އާންމުކޮށް ކޮމަންޑޫ ކައުންސިލުން ބުނީ، ޕޮއިންޓް ލިބިފައިވާ ގޮތާމެދު އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންނަމަ މިއަދުން ފެށިގެން އަންނަ ފެބްރުއަރީ 4 ވާ އާދިއްތަ ދުވަހުގެ 13:30ގެ ނިޔަލަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

ޝަކުވާ ހުށަހަޅަން ޖެހެނީ އެކަމަށް ޚާއްޞަކޮށްފައިވާ ''ޝަކުވާ ފޯމު'' މެދުވެރިކޮށެވެ. އެ ފޯމު އެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ކަމަށް ކޮމަންޑޫ ކައުންސިލުން ބުނެއެވެ.

* ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓް

މީގެ އިތުރުން އެކަމަށް ޚާއްޞަކޮށްފައިވާ ގޫގުލް ލިންކް މެދުވެރިކޮށްވެސް ޝަކުވާ ހުށަހެޅުއްވުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ލިންކް: https://forms.office.com/r/tRMYCGYGwb?origin=lprLink

މި މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅާފާ ނުވާނަމަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާން ކުރާނެ ކަމަށް ކޮމަންޑޫ ކައުންސިލުން ބުނެއެވެ.

ކޮމަންޑޫ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ދޫކުރަން އެ ރަށު ކައުންސިލުން ނިންމާފައި ވަނީ 1200 އަކަފޫޓުގެ 103 ގެވަޅެވެ.

ކޮމަންޑޫއަކީ ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައި އޮތް ރަށެކެވެ. އެ ރަށަށް ދިމާވެފައިވާ ބިމުގެ މައްސަލަ ހައްލުކުރުމަށް އެ ރަށާއި އެއްފަޅުގައި އޮތް މަތި ކޮމަންޑޫ ފަޅު ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ކޮށް ނިންމާފައެވެ. އެ މަޝްރޫއުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅުވާލަން ވަނީ ހަމަޖެހިފައެވެ.