އުތުރުގެ ލޯންޗް ފެރީގެ ޚިދުމަތަށް ފްލައިން ފިޝް، 19 އަހަރުގެ ތަޖުރިބާއާއި އެކު
2000 ވަނަ އަހަރު ވަރަށް އާދައިގެ ގޮތަކަށް ށ. ކަނޑިތީމުގައި ސްޕީޑް ލޯންޗުގެ ޚިދުމަތްދޭން ފެށި ފްލައިންގް ފިޝް އަކީ މިއަދު ށ އަތޮޅުގައި އެންމެ ކާމިޔާބުކަމާއި ޔަޤީން ކަމާއިއެކު ސްޕީޑް ފެރީގެ ޚިދުމަތްދޭ ފަރާތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ސްޕީޑް ފެރީގެ ޚިދުމަތް މާލޭއާއި ރ، ށ އަދި ހދ އަތޮޅުގެ ރަށްތަކަށް ފްލައިން ފިޝްއިން އަންނަނީ ދެމުންނެވެ. އެގޮތުން ރ އަލިފުށި، ށ އަތޮޅުން ކަނޑިތީމު، ގޮއިދޫ، ބިލެއްފަހި، ފޭދޫ، މަރޮށި ކޮމަންޑޫ […]