މިއަހަރު ނިމޭއިރު މުޅި ދެކުނު އާރުޓީއެލުން ގުޅާލެވޭނެ: އާޒިމް
މިއަހަރު ނިމޭއިރު ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު އާރުޓީއެލް އިން ގުޅާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަން އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ގއ. ގދ. ފުވައުލައް ސިޓީ އަދި އައްޑޫ ސިޓީ އާރުޓީއެލް ފެރީ ނިޒާމުގެ ދަށުން ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ. އާޒިމް މިފަދައިން ވިދާޅުވެފައިވާއިރު އާރުޓީއެލް ފެރީގެ ދަތުރުތައް ހުވަދު އަތޮޅުގައި ފެށުމަށް ބޭނުންވާ ފުރަތަމަ ފެރީ ނިންމުމަށް ފަހު […]