ކ. ގުޅީ ބިންހިއްކުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ.
އެމްޓީސީސީން ބުނީ ގުޅީ ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން، 10.15 ހެކްޓަރުގެ ބިންހިއްކުމާއި، 940 މީޓަރުގެ ހިލަ ރިވެޓްމެންޓެއް ޖެހުން ހިމެނޭ ކަމަށެވެ.
އަދި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓްއެއް ޖެހުމާއި، 88 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް މި މަޝްރޫއުގައި ހިމެނެއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް ފަހު ކަމަށެވެ.
އެމްޓީސީސީއާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަސް ތެރޭގައި ނިންމުމަށް 82.99 މިލިއަން ރުފިޔާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!