މަސްބައި އަޅާ ބަހާ އުސޫލުން ސިޔާސީ ބޮޑުންގެ މެދުގައި މިހާރު ވޯޓު ބަހައިނުލެވޭނެ: ނަޒީރު

Ali Nazeer

މަސްބައިއަޅާ ބަހާ އުސޫލުން މިހާރު ސިޔާސީ ބޮޑުންގެ މެދުގައި ވޯޓު ބަހައި ނުލެވޭނެ ކަމަށް އަދާލަތު ޕާޓީގެ ތަރުޖަމާނު، ހޯމު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިހާރު ހުންނަނީ؛ އަޑުގަދަ ގެނދަބުޅި އިންޖީނުގެ އާވެ ރީތިވީމާ ދޭ ވޯޓާއި، ނަޖިސްފެނުން ސާފުފެނަށް ބަދަލުވީމާ ދޭ ވޯޓު ކަމަށެވެ. އަދި ޗަކަމަގު ތާރުމަގަށް ބަދަލުވީމާ ދޭ ވޯޓާއި ބޯހިޔާވަހިކަމަށް ދޭ ވޯޓު ކަމަށެވެ.

ސަރުކާރުން ތަރައްގީކުރި، ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސާލިހު ވާހަކަފުޅު ދައްކަަވަން ހުންނެވި ފޮޓޯއަކާއެކު އަލީ ނަޒީރު ކުރެއްވި ޓްވީޓުގައި ވަނީ މިހާރު ހުންނަނީ ބަނދަރަށާއި އެއަރޕޯޓަށް ދޭ ވޯޓު ކަމަށް ވެސް ވިދާޅުވެފައެވެ.

ނަޒީރު މިމޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ އަންނަ ރިޔާސީ އިންތި ޚާބުގައި މިހާރު ރައީސް ޞާލިޙްއަށް ތާއީދުކޮށް އެމްޑީޕީއާއި އެކު ކޯލިޝަން ހެދުމަށް އަދާލަތާއި އެމްޑީއޭއިން ނިންމާފައިވާއިރު، މިހާރު ވެރިކަން ކުރާ ކޯލިޝަނުގެ ބައެއް ޕާޓީތަކުން ރައީސް ޞާލިޙާއެކު ކުރިއަށްދާން މިހާތަނަށް ނިންމާފައި ނުވާ ވަގުތެއްގައެވެ.

ނަޒީރު ނިސްބަތްވާ އަދާލަތުން ބުނަމުން އަންނަނީ މިހާރުގެ ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީގެ ތާއީދު ނެތިވެސް ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ހޯއްދެވޭނެ ކަމަށެވެ. އެކަމަށް ވަކާލާތު ކުރައްވާ އެއް ބޭފުޅަކީ ވެސް އަލީ ނަޒީރެވެ.

އަންނަ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްމަހުގެ 9 ވަނަ ދުވަހުއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި