ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ނިންމާލައިފި
ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލު ކުރި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ވަނީ ރަނގަޅު ފެންވަރަށް ތަރައްގީކޮށް ނިމިފައި ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 44,296.90 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، 18,871.16 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމާ...