ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް ނޭކުރެންދޫގައި ސޯލާ ޕެނަލް ހަރުކުރަނީ
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީއާއެކު ސަރުކާރުން ކުރިއަށްގެންދާ “އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބިލިޓީ އެނާޖީ ޑިވެލޮޕްމެންޓް” (ޕޮއިސްޑް) ގެދަށުން ހދ. ނޭކުރެންދޫގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެންވަޔަރަމެންޓް މިނިސްޓްރީއާ ގުޅިގެން ހިންގާ މި ޕްރޮޖެކްޓަކީ ސޯލާ އާއި ޑީސަލްގެ ހައިބްރިޑް ޕަވާ ޖެނެރޭޝަން ސިސްޓަމެއް ތައާރަފުކޮށް، ޑީސަލް ބޭނުންކޮށްގެންއުފައްދާ ހަކަތައަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމެވެ. މި ޕްރޮޖެކްޓުގެ ދަށުން ނޭކުރެންދޫގައި 116 ކިލޯވޮޓް ޕީކްގެ ސޯލ...