ހދ. ނޭކުރެންދޫގައި ކޮމިއުނިޓީ ސްޕްރެޑްއެއް އޮތްކަމަށާއި އެކްޓިވް ކޭސްގެ ގޮތުގައި މިހާރު 31 މީހަކު އެރަށުގައި ތިބިކަމަށް ނޭކުރެންދޫ ޓާސްކްފޯސް އިން ބުނެފި އެވެ.
އެރަށު ސިއްހީމަރުކަޒުން އެންމެފަހުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށްބަލާއިރު، އެރަށުން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްއާއި ގުޅިގެން ނެގުނު 156 ސާމްޕަލްގެ ތެރެއިން މިހާތަނައް ނަތީޖާ ލިބުނު 130 ސާމްޕަލްގެ
ތެރެއިން އިތުރު 17 ސާމްޕަލްއެއް ޕޮޒިޓިވެފައިވާކަމަށް ވަނީ ބުނެފައެވެ.
"މިހާރު މިރަށުގެ ކޮވިޑް-19 ގެ އެކްޓިވް ކޭސްގެ އަދަދަކީ 31 ނަތީޖާ ނުލިބިވާ ސާމްޕަލްގެ އަދަދީ 26"
ނޭކުރެންދޫ ޓާސްކްފޯރސް އިން އާންމުކުރި މަޢުލޫމާތުގައި ބުނެފައިވެއެވެ.
މިކޭސްތަކާއި ގުޅިގެން 14 ގެއެއްގައި މިބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުން މިހާރު ތިބިކަމަށްވެއެވެ.
ނޭކުރެންދޫ ޓާސްކްފޯސް އިން ވިދާޅުވެފައިވަނީ އެރަށުން ކޮވިޑް-19 ގެ ކޭސް ތަކެއް ފެނިފައިވާ މި ދަނޑިވަޅުގައި މިހާލަތުން ސަލާމަތްވުމަށްޓަކައި އެއްވެސް ފަރާތަކުން އެއްގެއިން އަނެއްގެއަށް ޒިޔާރަތް ކުރުމަކީ
ޒިޔާރަތް ކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތި މިދަނޑިވަޅުގައި އެފަދަ ކަންތައްތައް ނުކުރުމަށް އިލްތިމާސް ކުރާކަމަށެވެ. މިހާލަތުން އަވަހަށް އަރައިގަތުމަށް އެންމެހާ ރައްޔިތުންގެ އެއްބާރުލެއްވުން ދެއްވުމަކީ މުހިންމު ކަމެއް ކަމުގައި ދަންނަވާފައިވެއެވެ.
މީގެ އިތުރުން ޓާސްކް ފޯރސް އިން ބުނެފައިވަނީ، އެއްވެސް ބޭނުމެއްގައި ހޯމްކަރަންޓީންއަށް ލެވިފައިވާ ގޭގެ ކައިރިޔަށް ހުއްދަ ދެވިފައިވާ ފަރާތްތައް ފިޔަވާ އެހެން ފަރާތްތަކުން ދިޔުމަކީ އެޗް.ޕީ.އޭގެ ގައިޑްލައިންއާއި ހިލާފު ކަމަކަށްވާތީ ހޯމްކަރަންޓިންއަށް ލެވިފައިވާ ގޭގެ ކައިރިއަށް ހުއްދަ ނުހޯދާ ދާފަރާތްތަކާއި މެދު ޤަވައިދުން ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.
ކުޅުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މިއަދު ބުނީ އެރަށުގައި ބަލި ފެތުރުން ހުޓުވުމަށް ސިއްޙީ އެހީތެރިންގެ އެހީއާއިއެކު ކޮންޓެކް ޓްރޭސިންގެ މަސައްކަތް ކުރެވެމުން އަންނަކަމަށެވެ.
އެރަށުން އެންމެ ފުރަތަމަ ކޯވިޑް19 އަށް މީހަކު ޕޮޒިޓިވްވެފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެއީ ހޯމްކަރަންޓީނުގައި ތިބި 5 ފަރާތެއްގެ ކިބައިން ކޯވިޑަށް ޝައްކުކުރެވޭ އަލާމަތްތައް ފެނުމާ ގުޅިގެން ނެގި ސާމްޕަލްތަކާއި ކޯވިޑުގެ އަލާމަތްތައް ފެނިގެން ޑޮކްޓަރަށް ދެއްކި ފަރާތެއްވަނީ ޕޮޒިޓިވްވެފައެވެ. އެމީހާއާއި ކޮންޓެކްޓްވި 9 މީހެއްގެ ތެރެއިން 8 މީހަކު ވަނީ މީގެ ދެދުވަސް ކުރިން އެރަށުން ޕޮޒިޓިވްވެފައެވެ.
މިކޭސްތަކާއި ގުޅިގެން އެރަށް މިހާރު އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެ ވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!