ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ބަޔަކު ނެރުނު މައްސަލައިގެ ތަހުގީގީ ރިޕޯޓްކަމަށް ބުނެ މީސްމީޑިއާގެ މަންސަތަކުގައި ދައުރުވަނީ ސައްހަނޫން ލިޔުމެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ކުރީގެ ރައީސް ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ބަޔަކު ނެރުނު މައްސަލައިގެ ތަހުގީގީ ރިޕޯޓްކަމަށް ބުނެ ލިޔުމެއް މީސްމީޑިއާގެ މަންސަތަކުގައި ދައުރުކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި އެއީ ސައްހަ ނޫން ލިޔުމެއްކަމަށް ވަނީ ބުނެފައެވެ.
އެ ލިޔުން ހަދާފައިވާ ލެޓަރހެޑަކީ ވެސް ސައްހަ އެއްޗެއް ނޫން ކަމަށާއި، ލިޔުމުގައި ބޭނުންކޮށްފައިވާ ސޮޔަކީ ވެސް ފޯޖުކޮށްގެން ބޭނުންކޮށްފައިވާ ސޮޔެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންކަމުން އާއްމުންގެ މެދުގައި އެކިއެކި ފަރާތްތަކާމެދު ނުބައި ތަސައްވުރެއް އުފެދޭގޮތަށް އެކި ފަރާތްތަކުން ފަތުރާ ހަބަރުތައް ފެތުރުމުގައި ބައިވެރިނުވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!