ބަނޑުން ޖަހާލި ލޯންޗުގައި ތިބި ދެމީހަކަށް އެކި ވަރުގެ އަނިޔާވެ ފަރުވާދޭން ފަށައިފި އެވެ.

މިހާދިސާ ހިނގީ މިއަދު ހަވީރު 4:34 އެހާކަންހާއިރު މާލޭ ރާޅުގަނޑު ސަރަޙައްދުގައެވެ.

Ad
rt

ލޯންޗެއް ބަނޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން މެރިން ޕޮލިސް އާއި އެމްއެންޑީއެފްއިން ވަނީ އެ ސަރަޙައްދަށް ހަރަކާތްތެރިވެފައެވެ.

މި ހާދިސާގައި ލޯންޗުގައި ތިބީ 4 މީހުންނެވެ. އެއީ 2 ދިވެހިންނާއި 2 ބިދޭސީންނެވެ. އޭގެ ތެރެއިން 2 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް މެރިން ޕޮލިސްއިން މަޢުލޫމާތު ދީފައިވެއެވެ.

އަނިޔާ ލިބުނު ދެމީހުންނަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި ހާދިސާއާ ގުޅިގެން މެރިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއްނުވެއެވެ.