ޓްރެވެލް އެޖެންސީތަކެއް ހިންގާ އިނަ މޯލްޑިވްސް އޮފީހަށް ގެއްލުންދީ ވައްކަންކުރި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި އޮފީހަށް ގެއްލުންދީ ވައްކަންކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާގެ ވަނަވަރު ވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 40 އަހަރުގެ، އަޒްމީލް މުހައްމަދު، ބުލްބުލާގެ/ރ.މީދޫ އެވެ.
ކޯޓު އަމުރެއްގެ ދަށުން މީނާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.
އިނަ މޯލްޑިވްސް އޮފީހުގައި އޭސް ޓްރެވަލްސް އަދި ގަތަރު ކާކޯ އޮފީސް ވެސް އަންނަނީ ހިންގަމުންނެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!