ސޮނެވާ ޖާނީ ރިސޯޓުގެ ރެސްޓޯރަންޓެއްގައި އަލިފާން ރޯވެއްޖެ
ނ. އަތޮޅުގައި އޮންނަ ސޮނެވާ ޖާނީ ރިސޯޓުގެ ރެސްޓޯރަންޓެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން މިއަދު 16:03 ގައި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސޮނެވާ ޖާނީ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ. ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އެއިގެ ކުރިން ފުލުހުން ވެސް ވަނީ މި ހާދިސާ ހިނގައިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފައެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 202...