މާލެ، ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ހަބަރު ހުސްވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް މިއަދު ހެނދުނު 06:35 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ހަބަރު ހުސްވެފައިވަނިކޮށް ފެނިފައިވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެކެވެ. މި އެންމެންނަކީ ވެސް ފިރިހެނުންނެވެ.
އެ މީހުންނަށް ފަރުވާދެމުން އަންނަނީ އައި.ޖީ.އެމް ހޮސްޕިޓަލުގައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގައި ފަރުވާ ދެމުން އަންނަނީ ހއ. އަތޮޅުގެ ބައެއް ރަށްރަށާއި ހދ. ހަނިމާދޫ އާއި އަދި މާލެ އާއި ދެމެދު ކުރިން ދަތުރުކުރި ޑީއެމްއޭ އެކްސްޕްރެސް (ކުރީގެ ފިއްލަދޫ ބޯޓު)ގައި ތިބި ބަޔަކަށެވެ.
މި ބޯޓު މިހާރު ވެސް އަންނަނީ ހއ.އަތޮޅާއި ހދ.ގެ ބައެއް ރަށްތަކާއި މާލެ އާއި ދެމެދު ދަތުރުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!