މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
ފޭސް 2 ޕޮލިހުން ހިންގާ ވައްކަމުގެ ތަހުގީގަކަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
Raajje

ފޭސް 2 ޕޮލިހުން ހިންގާ ވައްކަމުގެ ތަހުގީގަކަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި

ހުޅުމާލެ ފޭސް 2 ޕޮލިހުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ ދެ މީހަކު ދެނެގަތުމަށްޓަކައި، އެ ދެ މީހުން ފެންނަ ވީޑިއޯއެއް ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން ބުނީ ވީޑިއޯ އާންމުކޮށްފައިވަނީ، އޭގައި ފެންނަ ދެ މީހުންނަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާތީއާއި، އެ ދެ މީހުން ހޯދުމަށް ކުރި މަސައްކަތުން ފެނިފައި ނުވާތީ ކަމަށެވެ. އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، އެ މައުލޫމާތެއް […]

ފޭސް ދޭއްގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް، ދެ މީހަކަށް އަނިޔާވެގެން ފަރުވާދެނީ
Raajje

ފޭސް ދޭއްގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް، ދެ މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅުމަގު، ކޭޕީއެސް ކައިރީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހެނދުނު 08:54 އެހައިކަންހާއިރުއެވެ. އެކްސިޑެންޓް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންނެވެ. މި ހާދިސާގައި އެ ދެ ސައިކަލުގައި ތިބި ދެ މީހުންނަށް ވެސް ވަނީ އަނިޔާވެފައެވެ. އެހެންވެ، އެ ދެ މީހުންނަށް އަނިޔާވެގެން މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައެވެ. މި އެކ...

ނޮޅިވަރަންފަރު ޕޮލިހުން އެރަށު ކަބް ސްކައުޓުންނަށް މޫދުގެ ސަލާމަތްތެރިކަން އުނގަންނައިދީފި
Thiladhunmathi News

ނޮޅިވަރަންފަރު ޕޮލިހުން އެރަށު ކަބް ސްކައުޓުންނަށް މޫދުގެ ސަލާމަތްތެރިކަން އުނގަންނައިދީފި

ހދ. ނޮޅިވަރަންފަރު ސްކޫލުގެ ކަބް ސްކައުޓް ދަރިވަރުންނަށް އަމާޒުކޮށްގެން، މޫދުގެ ރައްކާތެރިކަމާއި ގެނބޭ މީހުން ސަލާމަތްކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ ހޭލުންތެރިކުރުމުގެ ސެޝަނެއް ނޮޅިވަރަންފަރު ޕޮލިހުން ބާއްވައިފިއެވެ. މި ސެޝަން ކުރިއަށްގެންގޮސްފައިވަނީ 2 ސެޕްޓެންބަރު 2026 ވަނަ ދުވަހުއެވެ. ނޮޅިވަރަންފަރު ޕޮލިހުގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ހޭލުންތެރިކުރުމުގެ ސެޝަންގައި އެ ސްކޫލުގެ ކަބް ސްކައުޓްގެ ޖުމުލަ 7 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. ހދ. ޕޮލިހުން ބުނިގޮތުގައި މި ސެޝަންގ...

ބޮލުގައިލާ 4 ފުޅި ތެޔޮ ވަގަށް ނެގި "ތަލަ" މީހެއްގެ ވީޑިއޯ އާންމުކޮށްފި
Raajje

ބޮލުގައިލާ 4 ފުޅި ތެޔޮ ވަގަށް ނެގި "ތަލަ" މީހެއްގެ ވީޑިއޯ އާންމުކޮށްފި

އެގުރޯ މާޓު ފިހާރައިން ބޮލުގައިލާ ސާމާނު ބަހައްޓާފައި ހުރި ހަރަކުން ހަތަރު ފުޅި ތެޔޮ ވަގަށް ނެގި މީހެއްގެ ވީޑިއޯ އެ ފިހާރައިން އާންމުކޮށްފި އެވެ. އާންމުކޮށްފައިވާ ސީސީޓީވީ ވީޑިއޯއިން ފެންނަ ގޮތުގައި، ކަޅު ކުލައިގެ ކޮތަޅެއް ހިފައިގެން އެ ފިހާރައަށް ވަން މީހަކު ވަނީ އެކި ވައްތަރުގެ ތެޔޮތައް ބަހައްޓާފައި ހުރި ހަރެއްގެ ކައިރިއަށް ގޮސް، ވަރަށް ސިއްރުން ހަތަރު ފުޅި ތެޔޮ ނަގައި ކޮތަޅަށް ލާފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާ މި […]

ގެއްލިގެން ހޯދަމުންދިޔަ މާއީ އަމިއްލައަށް ފުލުހުންގެ މަރުކަޒަށް ހާޒިރުވެއްޖެ
Raajje

ގެއްލިގެން ހޯދަމުންދިޔަ މާއީ އަމިއްލައަށް ފުލުހުންގެ މަރުކަޒަށް ހާޒިރުވެއްޖެ

ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ މަރްޔަމް މާއީ ޖަމީލް މިއަދު އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ. ލ. މުންޑޫ، ގުލްޒާރުގެ، މަރްޔަމް މާއީ ޖަމީލް (25އ) ވީނުވީއެއް ނޭނގި ގެއްލިގެން ޢާއިލާ އިން ކުރި ރިޕޯޓަކާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައި އާންމުންގެ އެހީތެރިކަމަށް އެދުނީ މިއަދު މެންދުރު 12:30 ހާއިރުއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މާއީ ވަނީ މިއަދު އަމިއްލައަށް ހެންވޭރު ޕޮލިސް ސްޓޭޝަނަށް ގުޅުމަށްފަހު […]

ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް: ވަޒީރު އިހްސާން
Raajje

ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް: ވަޒީރު އިހްސާން

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ މި ދައުރު ނިމިގެންދާއިރު ފުލުހުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރތައް ގާއިމްވެގެންދާނެ ކަމުގެ ޔަގީންކަން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ދެއްވައިފިއެވެ. ވަޒީރު މިހެން ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި އެކުވެރިކަމުގެ ހިނގާލުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ. މީޑިއާތަކާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ނިމިގެނ...

މުރައިދޫގައި ކުރިއަށް ގެންދެވުނު "ފަތަމާ ހިނގާ" ޕްރޮގްރާމް ފެތުމުގެ މުބާރާތަކާއެކު ނިންމާލައިފި
Thiladhunmathi News

މުރައިދޫގައި ކުރިއަށް ގެންދެވުނު "ފަތަމާ ހިނގާ" ޕްރޮގްރާމް ފެތުމުގެ މުބާރާތަކާއެކު ނިންމާލައިފި

ހއ. މުރައިދޫގައި ކުރިއަށް ގެންދިޔަ “ފަތަމާ ހިނގާ” ޕްރޮގްރާމް ފެތުމުގެ މުބާރާތަކާއެކު ނިންމާލައިފިއެވެ. މިއީ މުރައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ) ގުޅިގެން މުރައިދޫ ސްކޫލްގެ ގްރޭޑް 3ން 10ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. ހއ.ދިއްދޫ ޕޮލިސް އަދި މުރައިދޫ ޕޮލިސް ޕޯސްޓްގެ އެހީތެރިކަމާއެކު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ  23 އޯގަސްޓުން 2 ސެޕްޓެމްބަރގެ ނިޔަލަށެވެ. މި މުބާރާތް ނިންމާލައިފައިވަނީ، ގްރޭޑްތަކުގެ މެދުގައި ބޭއްވު...

މާލެއިން 25 އަހަރުގެ އަންހެނަކު ގެއްލިގެން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ
Raajje

މާލެއިން 25 އަހަރުގެ އަންހެނަކު ގެއްލިގެން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ

މާލޭގައި ދިރިއުޅެމުންދާ 25 އަހަރުގެ އަންހެނަކު ވީނުވީއެއް ނޭނގި ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައި، އެ އަންހެން މީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ހޯދަމުންދަނީ ލ. މުންޑޫ، ގުލްޒާރުގެ، މަރްޔަމް މާއީ ޖަމީލް (25އ) އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މަރްޔަމް މާއީ ޖަމީލަކީ މިހާރު މާލޭގައި ދިރިއުޅެމުންދާ މީހެއް ކަމަށެވެ. އޭނާ ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުންނަށް އާއިލާގެ ފަރާތުން ރިޕޯޓުކޮށްފައިވަނީ 2026 […...

މަދަނީ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ފުލުހުންގެ އެކުވެރިކަމުގެ ބޮޑު ހިނގާލުމެއް
Raajje

މަދަނީ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ފުލުހުންގެ އެކުވެރިކަމުގެ ބޮޑު ހިނގާލުމެއް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެކުވެރިކަމުގެ ހާއްސަ ހިނގާލުމެއް މާލެއާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި ބާއްވައިފިއެވެ. މާލެ އޭރިއާގެ ފުލުހުން ބައިވެރިވި މި ހިނގާލުން މިއަދު ހެނދުނު 6:00 އިން ފެށިގެން ކުރިއަށް ގެންގޮސްފައިވަނީ ޖުމްހޫރީ މައިދާނުން ފެށިގެން މާލެ ވަށައިގެންނެވެ. މާލޭގައި ކުރިއަށްދިޔަ މި ހިނގާލުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައ...

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގެ ތުހުމަތުގައި ބިދޭސީ މީހާ ހައްޔަރުކޮށްފައިވަނީ 2026 ސެޕްޓެމްބަރު 4 ވަނަ ދުވަހުއެވެ. ހައްޔަރުކުރެވުނު މީހާއަކީ 42 އަހަރުގެ ފިރިހެނެކެވެ. މި ހާދިސާ ހިންގާފައިވަނީ ސައުތު ޕޮލިސްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ރަށެއްގައެވެ. މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހާއާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ....

މާލޭގެ ގެސްޓްހައުސްއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި ބަންގްލަދޭޝްގެ ނެޓްވޯކެއް އަތުލައިގަނެފި
Raajje

މާލޭގެ ގެސްޓްހައުސްއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި ބަންގްލަދޭޝްގެ ނެޓްވޯކެއް އަތުލައިގަނެފި

މާލޭގެ ގެސްޓްހައުސްއެއްގައި މަސްތުވާތަކެތި ވިއްކައި، އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ނުވަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި މި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު މާލޭގެ ގެސްޓުހައުސްއެއް ވަނީ ބަލައިފާސްކޮށްފައެވެ. އެ ގެސްޓުހައުސް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ...

ޕޮލިސް ފެމިލީ ނައިޓުގައި ބާރަށު ޝިޔާމްގެ ފޯރިގަދަ ހުށަހެޅުންތަކެއް!
Raajje

ޕޮލިސް ފެމިލީ ނައިޓުގައި ބާރަށު ޝިޔާމްގެ ފޯރިގަދަ ހުށަހެޅުންތަކެއް!

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްސަ “ޕޮލިސް ފެމިލީ ނައިޓް” ގައި، މަގުބޫލު ސަގާފީ ނެށުންތެރިޔާ ބާރަށު ޝިޔާމްގެ ފޯރިގަދަ ހުށަހެޅުންތަކެއް ދައްކުވައިދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. ބޮޑުޢީދުގައި ބޮޑު މަގުބޫލްކަމެއް ހޯދި ހއ. ބާރަށަށް އުފަން ޝިޔާމަކީ ގިނަ ބަޔެއްގެ އިހްތިރާމާއި ލޯބި ލިބިފައިވާ ބޭފުޅެކެވެ. ނެށުމަކީ އޭނާ ހޮބީއެއްގެ ގޮތުން ކުރަށްވާކަމަކަށްވާއިރު، ޝިޔާމްގެ އަނބިކަނބަލުންގެ ރަށް ރ. އުނގޫފާރުގައި މިއަހަރު ބޮޑު އީ...

މާމެންދޫން 17.7 ކިލޯގެ ޑްރަގާއެކު ދެ މީހަކު ހައްޔަރުކޮށްފި
Raajje

މާމެންދޫން 17.7 ކިލޯގެ ޑްރަގާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ގއ. މާމެންދޫގެ ދެ ގެއެއް ބަލައިފާސްކޮށް، 17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުން ހުއްޓުވުމަށް 2026 ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި އޮޕަރޭޝަން ހިންގާފައިވަނީ 2026 ސެޕްޓެމްބަރު 2 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނަކީ އަޕަރ ސައުތު ޕޮލިސްގެ ގއ. އަތޮޅު ޕޮލިސް އާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަ...

ގަވާއިދަށް ދުއްވީތީ ހެލްމެޓް، ރީތިކޮށް ޕާކުކުރީތީ ސްޓިކާ، މާލޭ ޕޮލިހުންގެ ތަފާތު ހަރަކާތެއް
Raajje

ގަވާއިދަށް ދުއްވީތީ ހެލްމެޓް، ރީތިކޮށް ޕާކުކުރީތީ ސްޓިކާ، މާލޭ ޕޮލިހުންގެ ތަފާތު ހަރަކާތެއް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށާއި، އާންމު އިޖުތިމާއީ މިންގަނޑުތަކަށް އަހުލުވެރިކުރުވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ މަގުސަދުގައި މާލޭ ޕޮލިހުން މިއަދު ހަވީރު މާލޭގެ އެކި ސަރަހައްދުތަކުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތުގެ ތެރެއިން، އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތައި، ޒިންމާދާރުކަމާއެކު އުޅަނދު ދުއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ފަރާތްތަކަށް ވަނީ ހެލްމެޓް ހަދިޔާކޮށްފައެވެ. އަދ...

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ ޒުވާނުން ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ ޒުވާނުން ހައްޔަރުކޮށްފި

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / ރަންތަރި، މުޙައްމަދު ނަޖީޙް (31އ) އާއި، ބ. ކިހާދޫ / ޒުވާރިމާގެ، އާމިނަތު ޝަހާމާ ޙަމީދު (18އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މި ސެޕްޓެމްބަރު މަހުގ...